ީވީއޭއެމް ކަޕް: ދަރަނބޫދޫ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ޕޮލިހަށް

Jul 13, 2024, 2:25 AM
ޕޮލިހުގެ ޝަހާ ރޭގެ މެޗުގެ ތެރެއިން ޝޮޓެއް ފޮނުވާލަނީ.-- ފޮޓޯ: އަތޫފް އާތިފް / އަދަދު

ޕޮލިހުގެ ޝަހާ ރޭގެ މެޗުގެ ތެރެއިން ޝޮޓެއް ފޮނުވާލަނީ.-- ފޮޓޯ: އަތޫފް އާތިފް / އަދަދު

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ވީއޭއެމް ކަޕްގެ ފައިނަލްގެ ފަހު ޖާގަ ޕޮލިސް ކުލަބުން ހޯދައިފި އެވެ.

ޕޮލިހުން މި މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ރޭ ކުޅުނު ސެމީ ފައިނަލް ދެ ވަނަ މެޗުގައި އެސޯސިއޭޝަން ފޯ ދަރަނބޫދޫ ޑިވެލޮޕްމަންޓްގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިގެންނެވެ.

މުޅި މެޗުގައި ވެސް ޕޮލިހުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓުގައި ޕޮލިސް ކުލަބްގެ ޝަހާ ޝާމިން އާއި ހައްވާ ރާޝިދާ (ހައްވަ) ގެ ފަރާތުން މޮޅު އެޓޭކުތަކެއް ފެނިގެންދިޔަ އެވެ. އެއާ އެކު މި ސެޓު ޕޮލިހުން ކާމިޔާބުކުރީ 25-11 އިންނެވެ.

މި މެޗުގެ ދެ ވަނަ ސެޓު ފަށައިގެން ދަރަނބޫދޫ ޑިވެލޮޕްމަންޓްގެ ކުޅުން ރަނގަޅުކޮށް ސެޓުގެ ކުރީކޮޅުގައި ތިން ޕޮއިންޓްގެ ލީޑަކާ އެކު ކުޅުނެވެ. އެކަމަކު, ސެޓުގެ ފުރަތަމަ ދިހަ ޕޮއިންޓް ދަރަނބޫދޫ ޑިވެލޮޕްމަންޓް އިން ހޯދިނަމަވެސް, ޕޮލިހުން ކުޅުން ރަނގަޅު ކޮށް ފުލުފުލުގައި ޕޮއިންޓް ހޯދާ 25-14 އިން ސެޓު ކާމިޔާބުކުރީ އެވެ.

ފަހު ސެޓުގައި ދަރަނބޫދޫ ޑިވެލޮޕްމަންޓްގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. އަމިއްލަ ގިނަ ގޯސްތަކެއް އެ ޓީމުގެ ފަރާތުން ފެނިގެންދިޔަ މި ސެޓު ޕޮލިހުން ވަނީ ފަސޭހަކަމާ އެކު 25-08 އިން ކާމިޔާބު ކޮށްފަ އެވެ.

މި މޮޅާއެކު, މިރޭ ކުޅޭ މުބާރާތުގެ ފައިނަލުގައި ޕޮލިހުން ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ވެމްކޯ އާ ދެކޮޅަށެވެ. އަދި ތިން ވަނަ ހޮވާ މެޗުގައި މާދަމާ ހަވީރު ދަރަނބޫދޫ ޑިވެލޮޕްމަންޓް ނުކުންނާނީ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވެމްކޯ އަތުން ބަލިވި، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންއާ ދެކޮޅަށެވެ.

ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރި ތިން ފަހަރު ވެސް ފައިނަލުގައި މޮޅުވީ ޕޮލިސް އަތުންނެވެ. އެހެންކަމުން، މިރޭގެ ފައިނަަލަކީ ޕޮލިހަށް އެކަން ބަދަލުކުރަން ލިބޭ ފުރުސަތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox