އުރުގުއޭ ކަޓުވާލައި ކޮލަމްބިއާ ކޮޕަ އެމެރިކާގެ ފައިނަލަށް

Jul 11, 2024, 6:02 AM
އުރުގުއޭ ކަޓުވާލައި ކޮލަމްބިއާ ކޮޕަ އެމެރިކާގެ ފައިނަލަށް

ޝާލޮޓް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 11) - ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ރޭ އުރުގުއޭ 1-0 އިން ބަލިކޮށް އެ ޓީމު ކަޓުވާލުމަށް ފަހު ކޮލަމްބިއާ އިން ފައިނަލަށް ދަތުރުކޮށްފި އެވެ.

ފައިނަލުގައި އަންނަ އާދިއްތަ ދުވަހު، ކޮލަމްބިއާ ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާއާ ދެކޮޅަށެވެ.

ކޮލަމްބިއާ އިން ރޭގެ މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ މެޗުގެ 39 ވަަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ ހަމޭސް ރޮޑްރިގޭޒް ނެގި ކޯނަރަކުން ޖެފަަސަން ލޭމާ އެވެ. މިއީ, މި ފަހަރުގެ މުބާރާުތުގައި ހަމޭސް ރޮޑްރިގޭޒް ތަަނަވަަސްކޮށްދިން ފުރުސަތަކުން ކޮލަމްބިއާ އިން ޖެހި ހަ ވަނަ ލަނޑެެވެ.

މެޗުގެ ނަތީޖާ ނެރެން ކޮލަމްބިއާ އިން ކުރަން ޖެހުނީ އުނދަގޫ މަސައްކަތެކެވެ. އެއީ, ފުރަތަަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމުގެ ޑަނިއަލް މުނޯޒް އަށް ރަތެއް ދެއްކުމުންނެވެ. މުނޯޒް އަށް ރަތެއް ދެއްކީ އުރުގުއޭގެ މެނުއަލް އުގާޓޭ އަށް އުޅަބޮށިން ހަމަލާ ދިނުމުންނެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ކޮލަމްބިއާ ކޮޅަށް ލަނޑު ޖަހަން ދެ ވަނަ ހާފުގައި އުރުގުއޭ އިން ގިނަ ފުރުސަތުތަކެއް ތަނަަވަސްކުރި އެވެ. އެކަމަކު، ކޮލަމްބިއާ އިން ވަނީ ރަނގަޅަށް ޑިފެންސްކޮށް މެޗުގެ ނަތީޖާ އެ ގޮތުގައި ނިންމާލައި، ފައިނަލުން ޖާގަ ހޯދައިފަ އެވެ.

މިއީ 2001 ވަނަ އަހަރު ކޮޕަ އެމެރިކާގެ ޗެމްޕިއަންކަން ހޯދި ފަހުން، ކޮލަމްބިއާ އިން ކުޅޭ ފުރަަތަމަ ފައިނަލެވެ. މި ފަހަރުގެ ފައިނަލަށް ނުކުންނައިރު، ކޮލަމްބިއާ އަށް ބޮޑު ހިތްހަަމަޖެހުމެއް އެބައޮތެވެ. އެއީ އެ ޓީމު އެންމެ ފަހުން ކުޅުނު، 28 މެޗުން ވެސް ބަލިވެފައިނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox