ރިވައިވަލްގެ ދެ ޒަޔާން މޮރިޝަސް މުބާރާތުގައި ވާދަކުރަނީ

Jul 11, 2024, 4:50 AM
ރިވައިވަލްގެ ދެ ޒަޔާން މޮރިޝަސް މުބާރާތުގައި ވާދަކުރަނީ

މޮރިޝަސްގައި މިއަދު ފަށާ ފެލޭޓް މޮރިޝަސް އިންޓަނޭޝަނަލް މުބާރާތުގައި ރިވައިވަލް ސްޕޯޓްސް ކްލަބްގެ ޒަޔާން ޒަކީ އާއި ހަސަން ޒަޔާން ވާދަކުރާ ގޮތަށް ހަަމަޖެހިއްޖެ އެވެ.

މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މޮރިޝަސްގެ މި މުބާރާތުގައި ޒަޔާން ޒަކީ އާއި ހަސަން ޒަޔާން ސިންގަލްސް ބަޔާއި ޑަބަލްސް ބައިގައި ވާދަކުރާނެ އެވެ. އެ ގޮތުން، ހަސަން ޒަޔާން ވާދަކުރާނީ ސިންގަލްސްގެ ކޮލިފައިން ރައުންޑުގަ އެވެ. އަދި ޒަޔާން ޒަކީ ސިންގަލްސްގެ މެއިން ޑްރޯގައި ވާދަކުރާނެ އެވެ.

ފިރިހެން ޑަބަލްސް އިވެންޓްގައި ދެ ޒަޔާންގެ ޕެއާ، ވާދަކުރާނީ މެއިން ޑްރޯގަ އެވެ.

މޮރިޝަސް މުބާރާތުގައި ރިވައިވަލްގެ ކޯޗު، ނަޝްފާން މުހައްމަދު ވެސް ކުޅުންތެރިންނާ އެކު މަސައްކަތްކުރާނެ އެވެ.

މިއީ ރިވައިވަލްއާ އެކު، ހަތަރު އަަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރި ފަހުން، ހަސަން ޒަޔާން ވާދަކުރާ ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގައި ވާދަކުރުމުގެ ކުރިން، ހަސަން ޒަޔާން ވަނީ ރިވައިވަލް އިން ހަމަޖައްސައިދިން ފުރުސަތެއްގައި، މެލޭޝިއާގައި ޓްރެއިނިން ކޭމްޕެއް ވެސް ފުރިހަމަކޮށްފަ އެވެ.

ހަސަން ޒަޔާންގެ އިތުރުން، ގައުމީ ޗެމްޕިއަނެއް ކަމަށްވާ، ނިބާލް އަހުމަދު ވެސް ވަނީ ރިވައިވަލްއާ ގުޅިފަ އެވެ. ނިބާލް، މޮރިޝަސް މުބާރާތުގައި ނުކުޅެނީ، މި ވަގުތު ކުޑަ ބްރޭކެއްގައި ހުރުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox