ބޮޑުފިނޮޅު ދިނުން ހުއްޓުވުމަށް ގޮވާލައި ބޮޑު މުޒާހަރާއެއް ބާއްވަނީ

ބޮޑުފިނޮޅު ދިނުން ހުއްޓުވުމަށް ގޮވާލައި ބޮޑު މުޒާހަރާއެއް ބާއްވަނީ

ވ. ބޮޑުފިނޮޅު ވިއްކާލުމާ ގުޅިގެން، އެތަނުގެ ހިމާޔަތުގައި ބޮޑު މުޒާހަރާއެއް ކުރުމަށް ތައްޔާރުވާން ފަށައިފި އެވެ.

ވ. އަތޮޅު ތިނަދޫއާ އެއް ބިތެއްގައި، އެ ރަށާ 7.7 ކިލޯމީޓަރު ދުރުގައި އޮތް އެ ފިނޮޅު ވިއްކާލީ 729،000 ޑޮލަރަށް (11.2 މިލިއަން ރުފިޔާ) އަށް ރާއްޖޭގައި އެންމެ ފުޅާ ދާއިރާގެ ލޯކަލް ޓޫރިޒަމް ހިންގާ ކާނި ހޮޓެލްސްއަށެވެ.

"ބޮޑުފިނޮޅު މުޒާހަރާ" ނަމުގައި ކުރާ އެ މުޒާހަރާ ކުރުމަށް ހަމަޖެހިފައި ވަނީ ވ. ކޮޅުދިއްފުށި ފަޅުގައި ބުރާސްފަތި ދުވަހު މެންދުރު 2:00 ޖަހާއިރު އެވެ.

ބޮޑުފިނޮޅު ވިއްކާލުމާ ދެކޮޅަށް ވ. އަތޮޅުގެ ހުރިހާ ރަށެއްގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރަމުންދާ ފަރާތްތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ޕެޓިޝަނެއް ހުށަހެޅުމަށް ދަނީ ސޮއި ކުރަމުންނެވެ.

ބޮޑުފިނޮޅު ވިއްކާލުމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު އިބްރާގިމް ފައިސަލްއަށް ސިޓީއެއް ފޮނުވައި ވ. އަތޮޅު ކައުންސިލުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

"އަތޮޅުގެ ފަޅު ރަށްތައް ރިސޯޓް ވިޔަފާރިއަށް ދޫކޮށްފައިވުމުން އެކްސްކާޝަން އަދި ޕިކްނިކް ދިޔުމަށް އެކަށޭނެ ތަނެއް އަތޮޅުގައި ނެތްހިނދު އަދި ތިޔަ މިނިސްޓްރީން ވިއްކާލި ކަމަށް މި ކައުންސިލަށް ނުރަސްމީކޮށް މައުލޫމާތު ލިބިފައިވާ ފިނޮޅަކީ މި ދެންނެވި ވިޔަފާރިތަކުން ކޮންމެ ދުވަހަކު އެކްސްކާޝަން ދިޔުމަށް ބޭނުންކުރަމުންދާ މަދު ތަންތަނުގެ ތެރެއިން އެންމެ ގިނައިން ބޭނުންކުރަމުންދާ ތަން،" އެ ކައުންސިލުން ބުންޏެވެ.

އެ ކައުންސިލުން ވަނީ އަތޮޅުން ފަޅުތައް ދޫކުރުމާއި އެކަމުގެ އެއްވެސް މައުލޫމާތެއް އަތޮޅު ކައުންސިލާއި، މިނިސްޓްރީން ހިއްސާކޮށްފައި ނުވާތީ ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox