މާލޭގެ މިސްކިތެއްގައި އޮތް ހަތިމަކަށް ގެއްލުން ދޭން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައިވާ ގޮތުން، އެ މައްސަލާގައި މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކުރީ 36 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.














