"ނަސޭހަތާއި އިރުޝާދު ދޭ ދުލުގެ ތެދުވެރިކަން އަމަލުން ދެއްކުން"

"ނަސޭހަތާއި އިރުޝާދު ދޭ ދުލުގެ ތެދުވެރިކަން އަމަލުން ދެއްކުން"

ވެލާ މަސް ކެއުމަކީ އިސްލާމް ދީނުގައި ހަރާން ކަމެކޯލަ އެވެ. ރާއްޖޭގައި މި ފަތުވާއެއް ދީގެން ވެލަޔާއި އެއާ ގުޅުންހުރި ހުރިހައި އެއްޗެއް ހަރާންވެއްޖެ އެވެ. އޭރު މި ފަތުވާ ދިނުމުގައި އިސްކޮށް އުޅެނީ ދީނީ އަދި ސިޔާސީ އިސްލީޑަރުންނެވެ. ޒަމާނަކީ ވެރިންނާއި ދަންނަ މީހުންގެ އަމުރަށް އެންމެން ތަބާވެ އުޅުނު ޒަމާނެވެ.

މި ފަތުވާއެއް ނެރެވިފައި އޮއްވައި މާލޭގެ މުސްކުޅި ބޭބެއަކު 'ވެލާބިސް ގަންނާނޭބާ' އޭ ގޮވަމުން މާލެތެރޭގައި އެބަ ހިނގަ އެވެ. އެ ޒަމާނުގެ މާ ވަރުގަދަ ދީނީ ދަންނަބޭކަލެއްގެ ގެއާ އަރާ ހަމަވިއިރުވެސް ދިޔައީ މިފަތިވަރެއް ގޮވަމުންނެވެ. އެ ދަންނަބޭކަލަކު މި ބޭބެއަށް ގޮވައި ގެނެސް ބުނެ އެވެ. ބަލަ ވެލާބިސް ކެއުމަކީ ހަރާން ކަމެއްކަން ކަލެއަށް ނޭނގެނީ ހެއްޔެވެ؟ ތިޔަ ކެއި ބަޔަކާއި ތިޔައިން އާމްދަނީ ހޯދި ބަޔަކަށްވެސް އެ ކެވެނީ ނަރަކައިގެ ހޫނު އަލިފާނެވެ. މި ބޭބެ ގަންނާކުރައްވާ ބިރުން މައާފަށް އެދި އަދި އެތަނުން އެތަނަށް ތައުބާވެސް ވެފައި ވެލާބިސްކޮޅު އެތަނަށް ދޫކޮށްލާފައި ގެއަށް ދިޔައީ އެވެ. ބޭބެ ދިއުމުން މި ދަންނަ ބޭކަލަކު އޭނާގެ އަނބިކަނބުލޭގެއަށް ގޮވައި ބުނެ އެވެ. މި ވެލާބިސްކޮޅު ގެންގޮސް ނިކަން މީރުކޮށް ފޮޅިއަޅައި ދޭށެވެ. އޭނާ ބުންޏެވެ. ބައްލަވާ ވެލާބިސް ހަރާމޭ ދެންމެ ވިދާޅުވީމެއް ނޫންތޯ އެވެ. ޖަވާބުގައި 'ތިޔަށް ކުޑަ ތެޔޮ ކޮޅަކާ ލޮނުކޮޅެއް އަޅާލަނިކޮށް ހަމަ ރަނގަޅުވާނެ' އޭ މި ދަންނަ ބޭކަލަކު ބުނި ކަމަށް ވެ އެވެ. އެ ދުވަހު މި ދަންނަބޭކަލަކު ކެއި ކަމަށް ވަނީ ވެލާބިހު ފޮޅި އެވެ.

ކޮވިޑުގެ އާލަމީ ވަބާގެ ދުވަސްވަރު މުޅި ދުނިޔެއަށް ދިން އެންމެ ބޮޑު އިރުޝާދަކީ ގައިދުރުކުރުމާއި އެއްވުންތައް މަނާކުރުމެވެ. މުޅި ދުނިޔެ އޮތީ ފުރަބަންދެއްގަ އެވެ. މިކަން ތަންފީޒުކުރަމުން ގެންދިޔައީ ކޮންމެ ގައުމެއްގައިވެސް އެ ގައުމުގެ ސަރުކާރުންނެވެ. ސަރުކާރުގެ އަމުރަށް ތަބާވެ، ކޮވިޑްގެ ބިރުވެރިކަން ހިތަށް ގެނެސް މީހުން ތިބީ ގޭ ބަންދުގަ އެވެ. ސަރުކާރުތަކަށާއި، އާންމުންނަށްވެސް އިރުޝާދު ދެމުން ގެންދިޔައީ ކޮންމެ ގައުމެއްގެވެސް ސިއްހީ އިދާރާގެ އެންމެ އިސްވެރިޔާ އެވެ.

ސްކޮޓްލޭންޑްގެ ޗީފް މެޑިކަލް އޮފިސަރު ޑރ. ކެތަރިން ކާލްޑަވުޑްގެ ބަހަށް އެ ގައުމުގެ ރައްޔިތުންވެސް ތިބީ ފުރަބަންދުގަ އެވެ. އެކަމަކު ލޮކްޑައުންގައި އެކަމަނާ އުޅުއްވީ ދެއްވި އިރުޝާދުތަކާ އެއްގޮތަކަށް ނޫނެވެ. މާ ދުރު ރަށެއްގައި ހުރި އެކަމަނާގެ ދެވަނަ ގޭގައި ޕާޓީކުރުމާއި، ބައްދަލުވުންތައް ބޭއްވުމުގެ ދެ ތުހުމަތެއް ކުރެވި، ރައްޔިތުން ކެކި އަރައިގަތުމުން އިސްތިއުފާ ދެއްވީ އެވެ.

ނިއުޒިލޭންޑްގެ ހެލްތު މިނިސްޓަރު ޑރ. ޑޭވިޑް ކްލާކް ވެސް ހިމެނުނީ އަމިއްލަފުޅަށް ދެއްވި އިރުޝާދަށް ތަބާ ނުވެވުނު ލީޑަރުންގެ ތެރޭގަ އެވެ. އާއިލާއިން އެދޭ ވަރުން މުޅި އާއިލާއާއެކު ބީޗަށް ވަޑައިގެންނެވީ އެވެ. ބަންޑާރަ ހަސަނަށް މޫދު ހިތަކަށް ލިބުނުހެން، ފުރަބަންދުގެ ދުވަސްވަރަށް ވީތީ މުޅި ބީޗު ލިބިފައި އޮތީ ހެލްތު މިނިސްޓަރުގެ އާއިލާއަށެވެ. ދެއްވި އިރުޝާދަށް ތަބާނުވިކަން ސާބިތުވެ މަގާމު ދަށްކުރެވުމުގެ އަދަބާ ކުރިމަތިލާންޖެހުނެވެ.

މެކްޑޮނަލްޑްގައި މުވައްޒަފުންނާ ގުޅޭގޮތުން ވަރަށް ވަރުގަދަ ސިޔާސަތެއް އޮވެ އެވެ. އެއީ އެއްވެސް މުވައްޒަފަކަށް އެހެން މުވައްޒަފަކާ ލޯބީގެ ގުޅުމެއް ނުބޭއްވޭނެ އެވެ. އެކަން ތަންފީޒުކުރަން އެންމެ އިސްފަރާތެއްގެ ގޮތުގައި ކުންފުނީގައި ހުރީ ޗީފްއެގްޒެކެޓިވް، ސްޓީވް އީސްޓަބްރުކް އެވެ. ދެހާސް ނަވާރަ ވަނަ އަހަރު އޭނާ މަގާމުން ސަސްޕެންޑު ކުރެވުނީ މުވައްޒަފަކާއެކު ލޯބީގެ ގުޅުމެއް ބާއްވަމުން ގެންދާކަން ސާބިތުވެގެންނެވެ.

ލީޑަރެއްގެ ހައިބަތާއި، އޭނާގެ ބަހުގެ ބާރު ހިނގާ މިންވަރު ބިނާ ވަނީ އޭނާގެ ނަފުސުގެ ނަޒާހަތްތެރިކަމުގެ މައްޗަށެވެ. އޭނާއަކީ އޭނާގެ ދުލުން ބުނާ ބަހުގައި ތެދުވެރި މީހެއްނަމަ އޭނާގެ އަމުރު ހިނގާ މީހުންނަށް ލިބޭނީ އެ ނަމޫނާ އެވެ. އޭނާ ހަދާ ގަވާއިދުތަކުން އަމިއްލަ ނަފުސު ބަރީއަ ކުރާނަމަ އެ ގަވައިދުތަކުގެ ތަންފީޒީ ބާރު ދޯހަޅިވެގެން ދާނެ އެވެ. އެ ގަވާއިދުތަކުގެ އަރިއަރިމަތިން ގޮސް ޗާޓުން ބޭރުން ދަތުރުކުރުން އާދައަކަށް ހަދާނަމަ އޭނާގެ ދަށަށް ތިބޭ އެންމެންނަކީވެސް އެފުރުސަތަށް އެދިއެދި ތިބޭނޭ ބައެކެވެ.

ހެޔޮބަސް އިއްވައި، މުޖުތަމައު އިސްލާހުކުރުމަށް މަސައްކަތްކުރާ އިޖުތިމާއީ ހިދުމަތްތެރިންނާއި ސިޔާސީ ލީޑަރުން އަޅުގަނޑުމެންގެ ދުނިޔޭގައި ވަރަށް ގިނަ އެވެ. ހެޔޮކަންތައްތަކަށް ގޮވާލައި މުންކަރާތްތައް ނަހީކުރާ މިފަދަ މީހުން އެހައި ގިނައިރު، މުންކަރާތްތަކާއި ނޭދެވޭ އަމަލުތައް ނުހުއްޓިގެން އުޅޭ ސަބަބަކީ ބަހާއި އަމަލުގައި ހުރި މުނާފިގުކަން ނޫން ކަމެއް ނޫނެވެ.

ބަހާއި އަމަލުގައި ދެފުށް ދެގޮތް ވުމަކީ އާންމުންގެ ނަފުރަތު ލިބޭނޭ ކަމެއްކަން ގައިމުވާއިރުވެސް ސިޔާސީ މީހުން މިކަމުގައި ފަސްޖެހުމެއް ނޯންނަނީ ކީއްވެގެންތޯ އެއީ އުފެދޭނޭ ސުވާލެކެވެ. ސޯޝަލް ސައިކޮލޮޖިސްޓް، ޑރ. ޑެނިއަލް އެފްރޯން ދެކޭ ގޮތުގައި ސިޔާސީ މީހުންނަށް އެ ކެރުންތެރިކަން އަންނަ ފުރަތަމަ ސަބަބަކީ، އެއީ ފަހުން ރެކެވިދާނޭ ކަމެއް ކަމަށް އެމީހުންނަށް އޮންނަ ކަށަވަރު ކަމެވެ. އަދި އެ މުނާފިގުކަން އެއީ ދެ އޯޑިއަންސަކަށް ދައްކާ ދެ މަންޒަރަކަށް ވުމަކީވެސް ސިޔާސީންގެ މި އަމަލުގެ ސަބަބެއްކަމަށް ޑރ. ޑެނިއަލް އެފްރޯން ދެކެ އެވެ. މިސާލަކަށް، ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ރައްޔިތުންނަށް އިރުޝާދު ދިނުމަށްފަހު އޭނާއާ ގުޅިފައި ތިބި އެހެން ބަޔަކާއެކު ހަމަ އެމަލު ކޮށްފާނެ އެވެ. އިރުޝާދު ރައްދުވި އޯޑިއަންސުގައި މަގުބޫލުވެވެނީ އެ އިރުޝާދު އެގޮތަށް ދިނީމަ އެވެ. އަމަލު ރައްދުވި އޯޑިއަންސްގެ ތާއީދު ލިބެނީ އިރުޝާދާ ހިލާފަށް އަމަލުކުރީމަ އެވެ.

މިއީ ސިޔާސީންނަށް ބައެއް ހާލަތްތަކުގައި ވަރަށް ކާމިޔާބު ގޮތަކަށް ވެ އެވެ. އެކަމަކު މިކަމުން ނުކުންނަ އާހިރު ނަތީޖާއަކީ، ސަރުކާރުތަކުން ވަރަށް ހައްސާސް ކަންކަމުގައި ދޭ އިރުޝާދުތަކަށް ބޯލެނބުމަށް އާންމުން ފަސްޖެހުމެވެ. ގައުމުގެ ހާލަތާއި، އަންނާންއުޅޭ ތޫފާނެއްގެ ދިފާއީ ފިޔަވަޅު ކަމަށް ބުނެ ދޭ އިރުޝާދުތަކާ ސަރުކާރުން ހިލާފުވާތަން ފެނުމަކީ އެ ތޫފާނުގެ ބިރުވެރިކަމުގެ މައްޗަށް އެޅޭ ފަރުދާއަކަށް މެނުވީ ނުވާނެ އެވެ.

ތަރުބަވީ އިލްމުތަކުގެ މާހިރުން ބުނާ ގޮތުން، ތުއްތު ކުދިންނާއި ފުރާވަރުގެ ކުދިންގެ ދިރިއުޅުމުގައި ނަކަލު ކުރަނީ ބޮޑެތި މީހުން ދޭ އިރުޝާދާއި ނަސޭހަތެއް ނޫނެވެ. ދައްކާ އަމަލުގެ ނަމޫނާ އެވެ. ސަރުކާރާއި ރައްޔިތުންނާ ދެމެދުގައިވެސް ހިނގާނީ މިއުސޫލެވެ. އިރުޝާދު ދޭ ދުލުގެ އަގު ވަޒަންކުރެވޭނީ އަމަލުން ދައްކާ ނަމޫނާގެ މައްޗަށެވެ. އަމަލުގައި އިހުލާސްތެރިކަން ނުފެންނަ ނަމަ، ދޭ އިރުޝާދާއި ނަސޭހަތުގެ އަގެއް ނޯންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox