ދައުލަތުގެ މީޑިއާ ޕީއެސްއެމްއާ ހަވާލުވުމަށްފަހު ވެސް ޒީނާ އަމިއްލަ ނޫސް ހިންގުމުގައި!

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު، ޒީނާ ޒާހިރު، މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި -- ފޮޓޯ: ޕީއެސްއެމް

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު، ޒީނާ ޒާހިރު، މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި -- ފޮޓޯ: ޕީއެސްއެމް

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ފުލްޓައިމް ވަޒީފާގައި އުޅޭ މުވައްޒަފުންނަށް އާންމު އުސޫލުގެ ދަށުން އެހެން މީޑިއާތަކުގައި މަސައްކަތް ކުރުން މަނާ ނަމަވެސް، އެ މީޑިއާގެ މެނޭޖިން ޑިރެކްޓަރު، އަމިއްލަ ނޫސް ހިންގުމުގައި އަވަދިނެތި އުޅުއްވާކަން އެނގިއްޖެ އެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ކަމާ ޒީނާ ނޮވެމްބަރު 14، 2023، ގައި ހަވާލުވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ޒީޓައިމްސްގެ ނަމުގައި ހިންގާ ނޫސް ވެބްސައިޓުގައި ޒީނާގެ ބައިލައިނުގައި އަށް އާޓިކަލެއް ޕަބްލިޝް ކޮށްފައިވެ އެވެ.

މި ނޫހުން ޕީއެސްއެމްގެ ތަރުޖަމާނު، ޒީކް މުހައްމަދު ރިޒާއަށް ގުޅުމުން އޭނާ އެންމެ ފުރަތަމަ ވިދާޅުވީ ޕީއެސްއެމްގެ ފުލްޓައިމް ވަޒީފާގައި އުޅޭ އެއްވެސް މުވައްޒަފަކަށް އިތުރު މީޑިއާއަކަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އަދި އެކަން ކުރާނަމަ ޕީއެސްއެމްގެ ހިއުމަން ރިސޯސަސް ޑިޕާޓުމެންޓުން އެކަން ބަލާނެ ކަމަށް ވެސް ޒީކް ވިދާޅުވި އެވެ.

"މިކޮޅުގައި ފުލްޓައިމް މުވައްޒަފެއްގެ [ގޮތުގައި] އުޅޭ އެއްވެސް ސްޓާފަކަށް އިތުރު އެއްވެސް މީޑިއާއަކަށް މަސައްކަތެއް ނުކުރެވޭނެ އިނގޭތޯ މިކޮޅުގެ އެޗްއާރު ޕޮލިސީ އިންނަ ގޮތުން، މިކޮޅުގެ ފުލްޓައިމް އެއްވެސް މުވައްޒަފަކަށް އެހެން މީޑިއާއެއްގައި ވަޒީފާ އަދައެއް ނުކުރެވޭނެ، އެކަހަލަ އިޝޫއެއް ރެއިޒްވެއްޖެއްޔާ މިކޮޅުން އެޗްއާރުން ދެން އެ މައްސަލަ ބަލާނެ، އެކަމަކު މިކޮޅުގެ މީޑިއާގައި މަސައްކަތް ކުރަމުން އިތުރު އެހެން މީޑިއާއެއްގައި މަސައްކަތެއް ނުކުރެވޭނެ އިނގޭތޯ؟،" ޒީކް ވިދާޅުވި އެވެ.

ޒީނާ ޒާހިރުގެ ނަމުގައި ޒީޓައިމްސްގައި ޝާއިއު ކޮށްފައި ހުރި އަޓިކަލްތައް
ޒީނާ ޒާހިރުގެ ނަމުގައި ޒީޓައިމްސްގައި ޝާއިއު ކޮށްފައި ހުރި އަޓިކަލްތައް

ޒީނާ ޒާހިރުގެ ނަމުގައި ޒީޓައިމްސްގައި ޝާއިއު ކޮށްފައި ހުރި ބައެއް އަޓިކަލްތައް

އެކަން އެހެން އޮއްވައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވައި އެހެން މީޑިއާއެއްގެ މަސައްކަތްތައް ޒީނާ ކުރައްވަނީ ކޮން އުސޫލެއްގެ ދަށުންތޯ ސުވާލު ކުރުމުން ޒީކް ވިދާޅުވީ ޒީޓައިމްސްއަކީ ޒީނާގެ ކުންފުންޏެއް ކަމަށާއި އެތަނުގައި މަސައްކަތްތަކެއް ކުރަނީ މުވައްޒަފެއްގެ ހައިސިއްޔަތުން ހެން ހީނުވާ ކަމަށެވެ.

"އޭތި އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ އެމްޑީގެ، އަނެއް، ކުންފުންޏެއްތާ ދެއްތޯ ޒީޓައިމްސްއަކީ، ބަޓް ޝީ އިޒް ހަމަ ފުލްޓައިމް ޕީއެސްއެމް ވީމާ އަޅުގަނޑަކަށް ހިއެއް ނުވޭ އަނެއްހެން އެކޮޅުގައި މުވައްޒަފެއް ގޮތަށް މަސައްކަތް ކުރަނީހެނެއް،" ޒީކް ވިދާޅުވި އެވެ.

ނަމަވެސް ޒީނާގެ ބައިލައިންގައި ޒީޓައިމްސްގައި އާޓިކަލް ޕަބްލިޝް ކޮށްފައި ހުރިކަން ފާހަގަކޮށް ސުވާލު ކުރުމުން ޒީކް ވިދާޅުވީ "އާދެ، ދެން އަޅުގަނޑު އެމްޑީގެ ވަކި ޖަވާބެއް ހޯދާލާނަން، ބަޓް މިކޮޅު، އިން ޖެނެރަލް ޕީއެސްއެމްގެ ފުލް އަނެއް މުވައްޒަފަކަށް އިތުރު މީޑިއާއެއްގައި މަސައްކަތެއް ނުކުރެވޭނެ އިނގޭތޯ؟" ކަމަށެވެ.

ޕީއެސްއެމްގެ ފުލްޓައިމް މުވައްޒަފެއްގެ ގޮތުގައި ހުރެ، އިތުރު މީޑިއާއެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވުމަށްފަހު، ފަހުން ފޮނުވި ޓެކްސްޓް މެސެޖެއްގައި ޒީކް ވިދާޅުވީ ޕީއެސްއެމްގެ މުވައްޒަފުންނަށް "މެނޭޖުމެންޓުގެ ހުއްދައާއެކު އެހެން މީޑިއާތަކަށް ވެސް މަސައްކަތް ކުރެވޭނެ،" ކަމަށެވެ.

މިކަމާ ގުޅޭގޮތުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރުއަށް ގުޅުމުން ޖަވާބެއް ނުދެއްވަ އެވެ.

ޕީއެސްއެމްގެ ބައެއް އެހެން ސީނިއާ މުވައްޒަފުން ވެސް ބައެއް އަމިއްލަ މީޑިއާތައް ހިންގުމުގައި އިސްކޮށް މަސައްކަތް ކުރާކަން މި ނޫހަށް ވަނީ އެނގިފަ އެވެ. އަދި އެފަދަ މައްސަލައެއްގައި މީގެ ކުރިން ބަޔަކަށް ފިޔަވަޅު އަޅާފައިވާކަން ވެސް އެނގިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox