ފަލަސްތީނުގެ ހާން ޔޫނިސްއިން މީހުން ހުސްކުރަން އިޒްރޭލުން އަމުރުކޮށްފި

ފަލަސްތީނުގެ ހާން ޔޫނިސް: އެ ތަނުގައި ތިބި މީހުން އެތަން ދޫކޮށް ދާން އިޒްރޭލުން ވަނީ އުމުރުކޮށްފައި -- ފޮޓޯ: އޭޕީ

ފަލަސްތީނުގެ ހާން ޔޫނިސް: އެ ތަނުގައި ތިބި މީހުން އެތަން ދޫކޮށް ދާން އިޒްރޭލުން ވަނީ އުމުރުކޮށްފައި -- ފޮޓޯ: އޭޕީ

ހޮސްޕިޓަލާއި، ވަގުތީ ހިޔާވެހިކަން ގާއިމުކޮށްފައިވާ ފަލަސްތީނުގެ ހާން ޔޫނިސްގައި ތިބި ފަލަސްތީނުގެ މީހުން، އެތަން ދޫކޮށް ދިޔުމަށް އިޒްރޭލުން އަމަރުކޮށްފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހާން ޔޫނިސްގައި ތިބީ މީހުން ކުއްލިއަކަށް ހުސްކުރަން އިޒްރޭލުން އަމުރުކުރީ އަނެއްކާ ވެސް ގާޒާގައި ގްރައުންޑް އޮޕަރޭޝަނެއް ހިންގުމަށެވެ.

"އަހަރުމެންގެ ފޯނުތަކަށް އިންޒާރުގެ މެސެޖުތައް ވަނީ ލިބިފައި. އޭގައި އޮތީ ވީހާވެސް އަވަހަށް ހާން ޔޫނިސް ދޫކޮށް ދިޔުމަށް. ކިހިނެއް އަހަރުމެން މިތަނުން ދާނީ ވެސް. ކާރެއް ވެސް ނުލިބޭ،" ހާން ޔޫނިސްގައި ހުރި މީހަކު އޭޕީއަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

އިޒްރޭލުގެ އަމުރާއެކު ހާން ޔޫނިސްގައި ތިބި މީހުން އެހެން ސަރަހައްދުތަކަށް ދާން ފަށާފައިވާއިރު، އެމީހުންނަށް ރައްކާތެރިކަން ލިބޭނެ އެއްވެސް ސަރަހައްދެއް ފަލަސްތީނުގައި ނެތެވެ.

މި އަހަރު ކުރީކޮޅު ވެސް އިޒްރޭލުން ހާން ޔޫނިސްގައި އޮޕަރޭޝަނެއް ހިންގި އެވެ. ނަމަވެސް ހަތަރު ހަފުތާ ފަހުން ވަނީ އޮޕަރޭޝަން ނިންމާލައި، އެތަނުން ފައިބާފަ އެވެ.

އިޒްރޭލުން އަންނަނީ ގާޒާގައި ހިމެނޭ އެކި ސަރަހައްދުތަކުން މީހުން ހުސްކުރަން އެކި އުކުޅުތައް ބޭނުންކޮށް، ބިރު ދައްކައި ގަދަ ބާރުން މީހުން ފޮނުވާލަން މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން އިޒްރޭލުން ގާޒާގައި ހިންގަމުންދާ ގަތުލްއާންމުގައި މިހާތަނަށް 38,000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ ކަމާ ނުވެސް ބެހޭ އަންހެނުންނާއި ކުޑަކުދިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހަނދަށް ކުރި ދަތުރުގެ ސޮފްޓްވެއާ އިންޖިނިއަރު މަރުވެއްޖެ

ނާސާގެ އެޕޯލޯ މިޝަންތަކުގެ ސޮފްޓްވެއާ އިންޖިނިއަރިން ޓީމު އިސްވެ ބަލަހައްޓަވައި، ހަނދަށް އިންސާނުން ފޮނުވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި މާގްރެޓް ހެމިލްޓަން އުމުރުން 90 އަހަރުގައި މަރުވެއްޖެއެވެ. އޭނާއަކީ "ސޮފްޓްވެއާ އިންޖިނިއަރިން" މި ލަފުޒު އުފެއްދެވި، އަދި އެޕޯލޯ 11 ހަނދަށް ތިރިކުރި ވަގުތު ދިމާވި ކޮމްޕިއުޓަރު މައްސަލަ ހައްލުކުރުމުގައި އެންމެ އިސްކޮށް ހުންނެވި ސައިންޓިސްޓެވެ. އޭނާގެ މި ތާރީޚީ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެމެރިކާގެ އެންމެ މަތީ މަދަނީ ޝަރަފު ކަމަށްވާ "ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް" ވެސް ވަނީ ލިބިވަޑައިގެންފައެވެ.

އިންސާނިއްޔަތާ ހިލާފު ޖަރީމާ ހިންގި މީހަކަށް އެމެރިކާގެ އެހީ

އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ހިންގާފައިވާ ސީރިޔާގެ ކުރީގެ ޖެނެރަލް ބައްސާމް އަލް ހަސަންއަށް، އެމެރިކާ އާއި ލުބުނާނުން ޚަރަދުކޮށް ހިމާޔަތް ދެމުންދާކަން ތަހުގީގަކުން ވަނީ ފަޅާއަރާފައެވެ. އޭނާއަށް މި ހިމާޔަތް ދެނީ ވަގަށް ނަގާފައިވާ އެމެރިކާގެ ނޫސްވެރިޔާ އޮސްޓިން ޓައިސްއާ ގުޅޭ ޖާސޫސީ މައުލޫމާތު ފޯރުކޮށްދިނުމަށް އެއްބަސްވުމުން ކަމަށްވާއިރު، ސީރިޔާގެ އާ ސަރުކާރުން ދަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ބޯހިޔާވަހިކަމުގެ މައްސަލައިގެ ރަމްޒަކަށްވި މީހާ މަރުވެއްޖެ

ސްޕެއިންގެ ބޯހިޔާވަހިކަމުގެ މައްސަލައިގެ ރަމްޒަކަށްވި އުމުރުން 87 އަހަރުގެ މަރީކާމެން އަބަސްކަލް، އޭނާ 70 އަހަރު އުޅުނު ގެއިން މަޖުބޫރުން ބޭރުކޮށްލާފައި ވަނިކޮށް މަރުވެއްޖެއެވެ. އޭނާގެ މަރާ ގުޅިގެން ގައުމުގެ ބޯހިޔާވަހިކަމުގެ ނިޒާމަށް ފާޑުކިޔުންތައް އަމާޒުވެ، ގިނަ ބަޔަކު ދަނީ އޭނާގެ ހަނދާނުގައި މުޒާހަރާކޮށް އިހުތިރާމް އަދާކުރަމުންނެވެ.

ކެންޔާގެ ފުރަތަމަ އެބޯލާ ކޭސްއާ އެކު މީހުން އެކަހެރިކުރަނީ

ކެންޔާއިން ފުރަތަމަ ފަހަރަށް އެބޯލާ ޖެހިފައިވާ މީހަކު ފެނި، އެ ބަލީގައި އޭނާ މަރުވުމާ ގުޅިގެން އެ ގައުމުގައި ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ. ޑީއާރު ކޮންގޯއިން ދަތުރުކުރި މި މީހާއާ ބައްދަލުވި 10 މީހަކު މިހާރު އެކަހެރިކޮށްފައިވާއިރު، އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ގައުމުތަކުގެ ބޯޑަރުތަކުގައި ބަލި ދެނެގަތުމަށް ގާއިމުކޮށްފައިވާ ނިޒާމުގެ ފެންވަރާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

އެންމެ ގިނަ ޕެންގުއިން އުޅޭ ރަށުން އާބާދީގެ ބޮޑުބައެއް ނެތިގޮސްފި

ދުނިޔޭގައި އެންމެ ގިނައިން ޕެންގުއިން އުޅޭ ޒަވޮޑޮވްސްކީ އައިލެންޑުގެ "ޗިންސްޓްރެޕް" ޕެންގުއިންގެ އާބާދީ 63 އިންސައްތަ މަދުވެފައިވާކަން އާ ދިރާސާއަކުން ދައްކައިފިއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކާނާ ލިބުން ދަތިވެ، މި ބާވަތުގެ ޕެންގުއިން ނެތިދިއުމުގެ ބިރު އޮތްއިރު، އެ ރަށުގައި އުޅޭ "މެކަރޯނީ" ޕެންގުއިންގެ އާބާދީ ދަނީ އިތުރުވަމުންނެވެ.

އިންޑިއާ މުޒާހަރާ ހޫނުވެ ރާހުލް ގާންދީ ގަދަކަމުން ގެންދަން އުޅެފި

އިންޑިއާގެ އިލެކްޝަން ކޮމިޝަނުން ވޯޓުލާ މީހުންގެ ދަފުތަރަށް ބަދަލު ގެންނަ ކަމަށް ބުނެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ އިސްވެ ހުންނަވައި ކުރި މުޒާހަރާ ފުލުހުން ހުއްޓުވައި، އޭނާ ގަދަކަމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ނިއު ދިއްލީގެ މަސްލަހަތު ގޯސްވެފައިވާއިރު، އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ އިލެކްޝަން ކޮމިޝަނުން އަމަލުކުރަނީ ވެރިކަންކުރާ ބީޖޭޕީއަށް ފައިދާވާ ގޮތަށް ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox