އެފްއޭއެމްގައި ބައްސާމްގެ ލީޑަޝިޕްގެ ދައުރު ހަމަވެއްޖެ

Jul 2, 2024, 6:35 AM
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް.--- ފޮޓޯ: އަދަދު

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް.--- ފޮޓޯ: އަދަދު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސަކަށް ހުންނެވި ބައްސާމް އަދީލް ޖަލީލްގެ ލީޑަޝިޕްގެ އިންތިހާބީ ދައުރުގެ މުއްދަތު މިއަދަށް ހަަމަވެއްޖެ އެވެ.

ބައްސާމް، ދެ ވަނަ ދައުރަކަށް އެފްއޭއެމްގެ ރައީސްކަމަށް އިންތިހާބުވީ، 2020 ވަނަ އަހަރުގެ ޖުލައި ދެ ވަނަ ދުވަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ. އެއީ، ފީފާ އާއި އޭއެފްސީން އޮބްޒާވްކުރި އިންތިހާބީ ކޮންގްރެސްއެކެވެ.

އެކަމަކު، އެ އިންތިހާބު ބަލައިގަންނަން، ކޮމިޝަނާ އޮފް ސްޕޯޓްސް އިން ނިންމީ، 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު ތިން ވަނަ ދުވަހު އެވެ.

އެފްއޭއެމްގެ އިންތިހާބު، 2020 ވަނަ އަހަރު، އެފްއޭއެމް ހައުސްގެ ޓެރަސްގައި ބޭއްވިއިރު، އެކަން ކުރީ ކުޅިވަރު ގާނޫނާއި އެފްއޭއެމްގެ އަސާސީ ގަވާއިދުގެ ވެސް ވަކި މާއްދާތަކަކާ ހިލާފަށް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަނީ އެ އިންތިހާބުގެ ސައްހަކަމާ މެދު އޭރު ސުވާލު އުފައްދައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން އެފްއޭއެމާ ގުޅޭ މައްސަލައެއް އޭރު ބަލަމުންދާތީ އެ އެސޯސިއޭޝަނުގެ އިންތިހާބު ފަސްކުރަން ސްޕޯޓްސް މިނިސްޓްރީ މެދުވެރިކޮށް އެދުނު ނަމަވެސް އެފްއޭއެމުން ވަނީ ފީފާ އާއި އޭއެފްސީގެ އެންގުމާ އެއްގޮތަށް ކަމަށް ބުނެ، ބާއްވަން ކަނޑައެޅި ތާރީހު، 2020 ވަނަ އަހަރުގެ ޖުލައި ދެ ވަނަ ދުވަހުގައި އިންތިހާބު ބާއްވައިފަ އެވެ.

އޭގެ ފަހުން، ކުރީ ސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރު، އަހުމަދު މަހުލޫފް، 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މަޖިލީހަށް ހާޒިރުވެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވިއިރު، ވަނީ އެފްއޭއެމްގެ އިންތިހާބު އަމިއްލަ ހައިސިއްޔަތުން ބަލައިގަންނަ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ފަހުން، ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވެސް އެ އިންތިހާބު ބަލައިގަންނަން ނިންމީ އެވެ.

އެފްއޭއެމް އިން އާ ހިންގާ ބޯޑެއް އިންތިހާބުކުރަން، އިންތިހާބެއް ބާއްވަން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މަަސައްކަތްކުރަމުން އައި ނަމަވެސް ބޭއްވިފައިނުވަނީ އޭއެފްސީ/ފީފާގެ އެންގުންތަކާ ހެދި އެވެ.

އެއީ، ބައްސާމް އާއި އޭނާގެ ގާތް ފަރާތްތަކާ ގުޅޭ އެފްއޭއެމްގެ ހިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލަތަކެއްގެ ތަހުގީގާއި އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ހުރި މައްސަލަތަކެއްގެ ސަބަބުން، އޭއެފްސީ/ފީފާ އިން އައި އެންގުމެކެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު، ފީފާ އިން ވަނީ ބައްސާމް، ނުވަ މަސް ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ.

ފީފާ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ އޮފީސް) އިން ކުރަމުން އަންނަ ތަހުގީގުގެ ކަންކަމަށް ބަލައި، ފީފާގެ އިންވެސްޓިގޭޓަރީ ޗެމްބަރުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އެ ގޮތުން، ޕީޖީ އޮފީހުގެ މި ތަހުގީގުގެ ތެރެއިން، 22 އޮކްޓޫބަރު 2023 ގައި އެފްއޭއެމް ހައުސް ބަލައި ފާސްކޮށްފައިވާއިރު، މަނީ ލޯންޑަރިންނާއި ކޮރަޕްޝަންގެ އިތުރުން އެފްއޭއެމަށް ލިބޭ ފައިސާގެ ބޭނުން ނަހަމަ ގޮތުގައި ކޮށްފައިވާ ކަމުގެ ހެކި ފެނިފައިވާ ކަމަށެވެ.

ފީފާގެ އިންވެސްޓިގޭޓަރީ ޗެމްބަރުން ހޯދި ހޯދުމުން، ބައްސާމް ވަނީ އެފްއޭއެމްގެ އެންމެ އިސްވެރިއެއްގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ހަދިޔާ ހޯދުމާއި ރާއްޖެ އަށް ލިބޭ ފަންޑް/ފައިސާ ނަަހަަމަ ގޮތުގައި ބޭނުންކުރުމުގެ ކަންތައްތަކެއް ކޮށްފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވެ އެވެ. އަދި މި ކަންކަމުގެ ތަހުގީގު އިތުރަށް ކުރިއަށްގެންދަން ފީފާ އިން ވަނީ ނިންމައިފަ އެވެ.

އެފްއޭއެމްގެ ހުރި މައްސަލަތައް ބަލަން، އޭއެފްސީ އާއި ފީފާގެ ޓީމެއް ވަނީ ރާއްޖެ އައިސް ފުޓްބޯޅައާ ގުޅޭ އެންމެހާ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކޮށްފަ އެވެ. އެ ގޮތުން، ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވަނީ ބައްދަލުވުމަކަށް އިޝާރާތްކުރައްވައި، އެފްއޭއެމާ ގުޅޭގޮތުން، ފީފާ/އޭއެފްސީގެ ނިންމުމެއް އަންނާނެ ކަމަށް ވިދާޅުވެފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ފީފާ އިން މި މަހު އެފްއޭއެމް އިންޓަރިމް ހާލަތަކަށް ގެންނަން ވަނީ ނިންމައިފަ އެވެ. އެއީ އަސާސީ ގަވާއިދުގައި ހުރި މައްސަލަތައް ހައްލުކޮށް، އިންތިހާބަކާ ހަމައަށް ގެންދިއުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox