ރޮނާލްޑޯ އަށް މިހާރު އިންޑިވިޖުއަލް ރެކޯޑް މުހިންމެއް ނޫން

Oct 2, 2024, 4:17 AM
ރޮނާލްޑޯ އަށް މިހާރު އިންޑިވިޖުއަލް ރެކޯޑް މުހިންމެއް ނޫން

ރިޔާދު، ސައުދީ އަރަބިއްޔާ (އޮކްޓޫބަރު 2) - ދުނިޔޭގައި އުފެދުނު އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކުޅުންތެރިޔާ، ޕޯޗުގަލްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މިހާރު އިންޑިވިޖުއަލް ރެކޯޑްތައް މުހިންމެއް ނޫން ކަމަށް ބުނެފި އެވެ.

ރޮނާލްޑޯ، 39، މިދިޔަ އަހަރުގެ ޖެނުއަރީ މަހު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ސައުދީ އަރަބިއްޔާގެ އަލް ނަސްރު އެފްސީ އަށް ވަނީ ބަދަލުވެފަ އެވެ.

މިދިޔަ ހޯމަ ދުވަހު، އޭއެފްސީ ޗެމްޕިއަންސް ލީގުގައި ގަތަރުގެ އަލް ރައްޔާން އަތުން އަލް ނަސްރު 2-1 އިން މޮޅުވި މެޗަށް ފަހު ރޮނާލްޑޯ ބުނީ، މިހާރު އޭނާގެ ފޯކަސް އަކީ ދަނޑުމަތީގައި ކުޅެލަން ލިބޭ ކޮންމެ މެޗެއްގައި ހިތްހަމަޖެހިލައިގެން ކުޅުން ކަަމަށެވެ.

Advertisement

"މިހާރު އަހަންނަށް އެހާ މުހިންމެއް ނޫން އަހަންނަކީ އެންމެ މޮޅު މީހާ އަށް ވުމުގެ މި ވާހަކަތައް ދައްކަން. އަހަރެން އެއްވެސް ވަރަކަށް ފިކުރެއް ކުރާ ކަމެއް ނޫން. ކުޅުންތެރިއަކަށް މުހިންމު ވާނެ ގޯލެއް ޖެހުން، އަހަންނަށް މިހާރު އެންމެ މުހިންމީ ޓީމު މޮޅުވުން،" ރޮނާލްޑޯ ބުންޏެވެ.

"އަހަރެން އަބަދުވެސް ވެފައި އޮންނަނީ ރެކޯޑްތަކެއް ހާސިލްކުރާ ކުޅުންތެރިއެއްގެ ގޮތުގައި، އެކަމަކު މިހާރު އަހަރެން އެ އަށް ވެސް ނުވިސްނަން،"

ޕްރޮފެޝަނަލް ކެރިއަރުގައި 904 ގޯލު ޖަހާފައިވާ ރޮނާލްޑޯ، ފަސް ފަހަރު ބެލޮންޑިއޯ އެވޯޑް ހޯދާފައިވާއިރު، މި އަހަރުގެ އެ އެވޯޑްގެ ގަދަ 30 ނޮމިނީސް ތެރޭގައި އޭނާ ނެތެވެ.

މިދިޔަ އޮގަސްޓް މަހު، ރޮނާލްޑޯ ދިން އިންޓަވިއުއެއްގައި ވަނީ އަލް ނަސްރުގައި ހުރެ އޭނާ ރިޓަޔާކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ.

އަލް ނަސްރާ އެކު، ރޮނާލްޑޯ ވަނީ މިދިޔަ އަހަރު އަރަބް ކްލަބް ޗެމްޕިއަންސް ކަޕް ކާމިޔާބުކޮށްފަ އެެވެ. އެކަމަކު، މިހާތަނަށް ރޮނާލްޑޯ އަށް އަލް ނަސްރާ އެކު، ޑޮމެސްޓިކް ނޫނީ ރީޖަނަލް ލެވަލްގެ ރަސްމީ މުބާރާތެއް ކާމިޔާބު ކުރެވިފައިނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox