މާޓީނޭޒްގެ ނަޒަރުގައި ޕޯޗުގަލް ނޮކައުޓް ބުރަށް ތައްޔާރު

Jul 1, 2024, 7:04 AM
މާޓީނޭޒްގެ ނަޒަރުގައި ޕޯޗުގަލް ނޮކައުޓް ބުރަށް ތައްޔާރު

ފްރޭންކްފާޓް (ޖުލައި 1) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16ގެ ބުރުގައި ސްލޮވީނިއާއާ ދެކޮޅަށް ޕޯޗުގަލް މިރޭ ނުކުންނައިރު، ޕޯޗުގަލް އޮތީ މުބާރާތުގެ ނޮކްއައުޓް މެޗުތަކަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް އެ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފި އެވެ.

ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވެސް މޮޅުވެ، ގުރޫޕްގައި ބާކީ އެއް މެޗު އޮއްވައި ޕޯޗުގަލް ވަނީ ގުރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ގަދަ 16ގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.

އެކަމަކު، ގުރޫޕްގައި ކުޅުނު ފަހު މެޗުގައި ޖޯޖިއާ އަތުން ޕޯޗުގަލް ވަނީ ބަލިވެފައެވެ. އެ މެޗުގައި ޕޯޗުގަލްގެ ފުރަތަމަ 11 އަށް މާޓިނޭޒް ގިނަ ބަދަލުތަކެއް ކުރި އެވެ.

މާޓިނޭޒް ބުނީ ގުރޫޕްގެ ފަހު މެޗުން ބަލިވުމަށް ފަހު، ޕޯޗުގަލްގެ ޓީމުން ނޮކްއައުޓް ބުރަށް ތައްޔާރުވާން ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި މިހާރު އޮތީ ނޮކްއައުޓް ބުރަށް ތައްޔާރުވެފައި ކަމަށެވެ.

"އަހަރެން ބުނާނީ (ގުރޫޕް ސްޓޭޖުގެ) ތިން މެޗަށް ފަހު ޓީމު އޮތީ (ނޮކްއައުޓް) ބުރަށް ތައްޔާރުވެފައޭ. މި ހިސާބުން މި ފެށެނީ މުޅިން އާ މުބާރާތެއް. މޮޅުވުން ނޫނީ ކެޓުން އޮތީ،" މާޓިނޭޒް ބުންޏެވެ.

"ޔޫރޯގައި ކުޅުމަކީ ފަސޭހަކަމެއް ނޫން. އެކަމަކު، ޓީމެއްގެ ގޮތުގައި އަހަރަމެން މިތިބީ ނޮކްއައުޓް ބުރަށް ތައްޔާރުވެގެން."

މާޓިނޭޒް ބުނީ ސްލޮވީނިއާ އަތުން މޮޅުވެވޭނީ "ޕޯޗުގަލްގެ އެންމެ ރަނގަޅު ކުޅުން ދައްކައިގެން" ކަމަށެވެ.

"ސްލޮވީނިއާ އަކީ އަކީ ވަރަށް އޯގަނައިޒް، އަދި ވަރަށް މަސައްކަތްކުރާ ޓީމެއް. ޕޯޗުގަލް ޖެހޭނީ އެންމެ ރަނގަޅު ކުޅުން ދައްކަން،" މާޓިނޭޒް ބުންޏެވެ.

"މިއީ، ސްލޮވީނިއާގެ ފުޓްބޯޅަައިގައި ތާރީހީ މެޗެއް. އެ ޓީމުން ކުރަމުންދާ މަސައްކަތަށް ތައުރީފް ހައްގު."

ޕޯޗުގަލާއި ސްލޮވީނިއާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox