ތޮއްޑޫގެ އުންމީދީ ކުޅުންތެރިޔާ މަހީން ރިވައިވަލް އަށް

Jun 29, 2024, 3:37 AM
ތޮއްޑޫގެ އުންމީދީ ކުޅުންތެރިޔާ މަހީން ރިވައިވަލް އަށް

އއ. ތޮއްޑޫ އަށް އުފަން އުންމީދީ ބެޑްމިންޓަން ކުޅުންތެރިޔާ، އާދަމް މަހީން މުހައްމަދު، ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ރިވައިވަލް ސްޕޯޓްސް ކްލަބާ ގުޅިއްޖެ އެވެ.

އެ ގޮތުން، 16 އަހަރުގެ މަހީން އަށް ރިވައިވަލް އިން ދިނީ ޑިވެލޮޕްމަންޓް ސްކޮލަޝިޕްގެ ފުރުސަތެކެވެ.

މީގެ ކުރިން ވެސް ރިވައިވަލް އިން ވަނީ ޑިވެލޮޕްމަންޓް ސްކޮލަޝިޕެއްގެ ފުރުސަތު، ވ. ކެޔޮދޫ ހައިޝަމް އިބްރާހިމް އަލީ އަށް ދީފަ އެވެ. އޭނާ ވަނީ، އެ ފުރުސަތުގައި ބޭރުން ތަމްރީން ހަދައި، މުބާރާތްތަކުގައި ވެސް ވާދަކޮށްފަ އެެވެ. އަދި 2022 ވަނަ އަހަރުގެ އަތޮޅު ލީގުގެ ޗެމްޕިއަންކަން ވެސް ހޯދި އެވެ.

މަހީން އަށް ރިވައިވަލް އިން މި ދިން ޑިވެލޮޕްމަންޓް ސްކޮލަޝިޕްގެ މުއްދަތަކީ ހަތަރު އަހަރެވެ. އޭނާ އަށް މި ފުރުސަތު ދޭން ރިވައިވަލް އިން ނިންމި އެންމެ ބޮޑު ސަބަބަކީ، ރާއްޖޭގެ ލެވަލުން އެންމެ މައްޗަށް ތަމްރީންވެ، އިންޓަނޭޝަނަލީ ވާދަކުރެވޭ ލެވަލަށް މަހީން ގައިގައި ހުނަރު ހުރުމާ އެކު އޭނާ ރަނގަޅަށް ޑިވެލޮޕް ކުރުމަށެވެ.

ރިވައިވަލް އިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހުނަރުވެރި ކުޅުންތެރިން ހޯދައި، ޑިވެލޮޕްކުރުމަކީ އެ ކްލަބްގެ އެއް އަމާޒު ކަމަށެވެ. ރިވައިވަލް ސްޕޯޓްސް ކްލަބުން ވަނީ ޑިވެލޮޕްމަންޓް މަސައްކަތުގެ ތެރެއިން، ބ. އަތޮޅު އޭދަފުށީގައި އެކެޑަމީއެއް ވެސް ފަށައިފަ އެވެ. އަދި ޒުވާން ކުޅުންތެރިންނަށް ފުރުސަތު އިތުރުކޮށްދިނުމުުގެ ގޮތުން، ދެ މުބާރާތް ވެސް މި އަހަރު ވަނީ ބާއްވައިފަ އެވެ.

ދާދި ފަހުން، ގައުމީ ބެޑްމިންޓަން ޓީމުގެ ނިބާލް އަހުމަދު އާއި ހަސަން ޒަޔާން ވަނީ ރިވައިވަލް ސްޕޯޓްސް ކްލަބާ ގުޅިފަ އެވެ. އަދި ރިވައިވަލް އިން ވަނީ އެ ދެ ކުޅުންތެރންނަށް މެލޭޝިއާ ޓްރެއިނިން ކޭމްޕެއް ވެސް ހަމަޖައްސައިދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox