އީގަލްސް އާއި ގްރީން ސްޓްރީޓްސް އިން ޕޮއިންޓަކުން ފުއްދާލައިފި

Jan 29, 2026, 7:39 PM
އީގަލްސްގެ ކޮކީ (ކ) ލަނޑު ޖެހުމަށް ފަހު އެ ޓީމުގެ ސަމިއްޓެއާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

އީގަލްސްގެ ކޮކީ (ކ) ލަނޑު ޖެހުމަށް ފަހު އެ ޓީމުގެ ސަމިއްޓެއާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ކްލަބް އީގަލްސް އާއި ކްލަބް ގްރީން ސްޓްރީޓްސް ކުޅުނު މެޗު 1-1 އިން އެއްވަރުވެ، ދެ ޓީމުން ވެސް ޕޮއިންޓަކުން ފުއްދާލައިފި އެވެ.

މެޗުގައި ދެ ޓީމުން ވެސް ލަނޑު ޖެހީ އިތުރު ވަގުތުގެ ތެރޭގަ އެެވެ. ގްރީން ސްޓްރީޓްސް އިން ލީޑުނެގި ނަމަވެސް އެ ޓީމަށް ހިފަަހައްޓައިނުލެވި އެއްވަރުވީ އެވެ.

މި މެޗުން ލިބުނު ޕޮއިންޓާ އެކު، ލީގުގެ އަށް ވަަނައިގައި އޮތް ގްރީން ސްޓްރީޓްސް އިން ރެލިގޭޝަނާ ދުރަށް ދިއުމަށްޓަކައި، މުހިންމު ޕޮއިންޓެއް ވަނީ ހޯދައިފަ އެވެ. އެ ގޮތުން، ގްރީން ސްޓްރީޓްސް އިން އަށް ވަނައިގައި އޮތީ 17 މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ނުވަ ވަނައިގައި އޮތް ވެލެންސިއާ އާއި ފުލުގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން މާދަމާ މުހިންމު މެޗަކަށް ނުކުންނާނެ އެވެ. ވެލެންސިއާ އަށް 16 މެޗުން އަށް ޕޮއިންޓް ލިބިފައިވާއިރު، ޔޫވީ އަށް ވަނީ 16 މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ.

މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ފޯމެޓް ރޭވިފައި އޮތް ގޮތުން، ލީގުގެ ފުލަށް ދާ ދެ ޓީމެއް ރެލިގޭޓްވާނެ އެވެ. އެހެންކަމުން، ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ ތެރެއިން ބަލިވާ ޓީމެއް ރެލިގޭޓްވާނެ އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ ބޮޑުބައިގައި ދެ ޓީމުން ކުރެން އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދިޔައިރު، މެޗުގެ 90 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އިން ލީޑުނެގީ، އުޒްބެކިސްތާން ޑިފެންޑަރު، ޝުކްރާލީ ޕުލާޓޯވް ޖެހި ގޯލުންނެވެ. މިއީ، ގްރީން ސްޓްރީޓްސްގެ ކެޕްޓަން، ރިލްވާން ވަހީދު (ރިލޭ) ނަގައިިދިން ބޯޅައަކުން އީގަލްސް އޭރިއާތެރެއިން ބޮލުން ގޯލަށް ބޯޅަ ވައްދާލައިގެން ޝުކްރާލީ ޖެހި ގޯލެކެވެ.

އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތް މިނިޓްގެ ތެެރެއިން ވެސް ފަހު މިނިޓްގައި، އީގަލްސް އިން އެއްވަރުކުރީ، އޭރިއާތެެރެއިން ހިޝާމް ސަލީމް (ކޮކީ) ޖެހި ގޯލުންނެވެ. އިސްމާއިލް އީސާ (މެސީ) ހުސްކޮށްލާފައި އޭރިއާތެރެއިން ދިން ބޯޅަ ކޮކީ ވަނީ ގްރީން ސްޓްރީޓްސްގެ ނައިޖީރިއާ ކީޕަރު، އޯޖޯ އަތްމަތިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

މި މެޗުން ލިބުނު ޕޮއިންޓާ އެކު، އީގަލްސް އިން ލީގުގެ ފަސް ވަނައިގައި އޮތީ 17 މެޗުން 23 ޕޮއިންޓާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox