ހޭންޑްބޯލްގެ ތާރީހީ މެޗުން ސިފައިން އަތުން އަންސަރު މޮޅުވެއްޖެ

Jun 27, 2024, 6:27 AM
އަންސަރު އާއި ދިވެހި ސިފައިންގެ ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް/ މާއުގްރަފީ

އަންސަރު އާއި ދިވެހި ސިފައިންގެ ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް/ މާއުގްރަފީ

ރާއްޖޭގެ ގައުމީ ހޭންޑްބޯލް ކޯޓުގައި ކުޅުނު ބައިނަލްއަގުވާމީ ފުރަތަމަ މެޗުން، ބަންގްލަދޭޝްގެ ޗެމްޕިިއަން ކްލަބް، އަންސަރުން ދިވެހި ސިފައިންގެ ކްލަބް އަތުން ކުރިހޯދައިފި އެވެ.

މިއީ، ރާއްޖެ އާއި ބަންގްލަދޭޝްގެ އަންސަރާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ ފްރެންޑްލީ މެޗު ސީީރީސްގެ ފުރަތަމަ މެޗެވެ. ހޭންޑްބޯޅަ މޯލްޑިވްސް ރައީސް، އަހުމަދު މުޖުތަބާ (މުޖޭ) ގެ ދައުވަތަކަށް އައި އަންސަރުން އިތުރު ދެ މެޗެއް ކުޅޭނެ އެވެ.

ރޭގެ މެޗުން، ދިވެހި ސިފައިންގެ ކްލަބްގެ މައްޗަށް އަންސަރު ކުރިހޯދީ 41-27 އިންނެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 19-20 އިން އަންސަރު ކުރީގައި އޮވެގެންނެވެ. ޖުމްލަކޮށް ބަލާއިރު، ފޯރިގަދަ މެޗެއް ފެނިގެންދިޔައިރު، މި މެޗުގައި އަންސަރުގެ އެމްޑީ ރޮބިއުލް އަވާލް ވަނީ 15 ލަނޑު ކާމިޔާބު ކޮށްފަ އެވެ.

މެޗުގައި ސިފައިންގެ ޓީމުގެ، އަބްދުﷲ ޒިޔާއު ހަތް ލަނޑު ކާމިޔާބުކުރިއިރު، އަހުމަދު ނަޖީބު ހަ ލަނޑު ޖެހި އެވެ. އަދި އެ ޓީމުގެ، މުހައްމަދު ޝަމާލް ފަސް ލަނޑު ކާމިޔާބުކުރި އެވެ.

ރޭގެ މެޗުގައި އިންސާފުކުރީ ދިވެހި އަންހެން ރެފްރީންނެވެ.

އަންސަރާ ދެކޮޅަށް ދެން ނުކުންނާނީ 2023 ވަނަ އަހަރުގެ ގައުމީ ޗެންޕިއަން ވެލިދޫ ޔުނައިޓެޑް އެވެ. އެ މެޗު އޮންނާނީ މާދަމާރޭ އެވެ. އަދި ފަހު މެޗުގައި އަންނަ އާދިއްތަަ ދުވަހުގެރޭ، އަންސަރާ ބައްދަލުކުރާނީ، ގައުުމީ 19 އަހަރުން ދަށުގެ ޓީމެވެ.

ރޭގެ މެޗު ޝަރަފްވެރިކޮށްދެއްވުމަށް، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ވަޑައިގެންނެވި އެވެ. އަދި ބަންގްލަދޭޝް ހައި ކޮމިޝަންގެ އިސް ފަރާތްތައް ވެސް ބައިވެރިވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox