ޒާތީ މައްސަލަތައް އެއްފަރާތްކޮށް އެކުގައި މަސައްކަތް ކުރަން ރައީސް ސޯލިހުއާއި ރައީސް ނަޝީދު ވެސް އެއްބަސްވެއްޖެ!

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު -- ފޮޓޯ: އެމްޑީޕީ

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު -- ފޮޓޯ: އެމްޑީޕީ

ޕާޓީ ތެރޭގައި ޖެހުނު މައްސަލަތައް އެއްފަރާތްކޮށް ޕާޓީން ވަކިވެގެންދިޔަ ބޭފުޅުން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމުން، އެއީ ތެދުފުޅެއް ކަމަށާއި އެ މިސްރާބު ހޯދޭނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ރައީސް ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ސޯލިހު ވިދާޅުވި ވާހަކައަކީ ތެދުފުޅެއް ކަމަށެވެ. އަދި ސޯލިހު އެ ވިދާޅުވި މިސްރާބު "އަޅުގަނޑުމެން އެންމެންނަށް ވެސް ހޯދޭނެ ކަމުގެ އުއްމީދު" އެމަނިކުފާނު ވެސް ކުރައްވާ ކަމަށެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް، ސޯލިހު މިއަދު ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލިގެންދިޔަ މައިގަނޑު ސަބަބަކީ އެ ޕާޓީން ބަޔަކު ވަކިވެގެން ދިޔުން ކަމަށެވެ. އަދި މިއީ ޖެހުނު މައްސަލަތައް އެއްފަރާތްކޮށް އެކުގައި މަސައްކަތް ފަށަންވީ ވަގުތު ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.

"އަޅުގަނޑު ހިތުން މިއަދު މިއީ އެކަމާ ދޭތެރޭގައި އަލުން އެ ބޭފުޅުން ވެސް ވިސްނަވަންވީ ވަގުތު، މިއީ ހަމަ އަޅުގަނޑުމެން އެންމެންގެ ޕާޓީ، އަޅުގަނޑުމެން އެންމެން އެކީގައި އުފެއްދި ޕާޓީއެއް، އެކީގައި ވަޑައިގަންނަވަންވީ ހަމަ، އެ ޒާތީ އޭރު އެހުރި މައްސަލަތައް، އެކަން ކުރެވޭނެ އެނގޭތޯ، އަދި އަޅުގަނޑާ ދޭތެރޭގައި ހުރި މައްސަލައެއްވިޔަސް އިނގޭތޯ އެއްފަޅީގައި ބަހައްޓާފައި އަޅުގަނޑުމެން މިކުރި މަސައްކަތް އަދި ނިމުމަކަށް ނުދެޔޭ އަޅުގަނޑުމެން އެދުވަހު ފެށި އެމްޑީޕީގެ މަސައްކަތެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޖެހުނު މައްސަލަތައް ހައްލު ކުރަން ކޮންމެވެސް ތަނަކަށް އެއްވެ ކުރިއަށް ދެވޭނެ ގޮތެއް ދެބައި މީހުން ވެސް ހޯދަންޖެހޭ ކަމަށެވެ. ދެ ފަޅީގައި ވެސް ތިބީ އެކުގައި އަދިވެސް މަސައްކަތް ކުރެވޭނެ ބޭފުޅުން ކަމަށް ވެސް ވިދާޅުވި އެވެ.

"ކޮންމެވެސް ތަނަކަށް އަޅުގަނޑު ހިތުން އެއްވެ މިކަން ކުރަން އެބަޖެހޭ، އެބަތިބި އެކީގައި މަސައްކަތް ކުރެވޭނެ ބޭފުޅުން، ހަމަ އެކީގައި ކުރިއަށް ވަޑައިގަންނަވީ އިނގޭތޯ، އެއީ އެހެންނޫނިއްޔާ އެއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ދެރައެއް، އެމްޑީޕީއާ ދޭތެރޭގައި ރައްޔިތުންގެ ވަރަށް ބޮޑެތި އުއްމީދުތަކެއް އޮވޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީ ދެފަޅިވެ ޑިމޮކްރެޓްސްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދީ މިދިޔަ އަހަރުގެ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި އުފެދުނު ވާދަވެރިކަމުގެ ތެރެއިން ފަޅައިގެންދިޔަ ހުޅުގަނޑުގެ ސަބަބުންނެވެ. އެމްޑީޕީ ޕްރައިމަރީއަށް ފަހު ކުރީގެ ރައީސް ނަޝީދު އިސްވެ ހުންނަވައި ފުރަތަމަ އުފަން ކުރުވީ "ފިކުރެއްގެ ދިރުން" ނަމުގައި ޕާޓީގެ އެތެރޭގައި ގޮތްޕެކެވެ.

ނަމަވެސް އެ މައްސަލަ އިތުރަށް ހޫނުވެ އެމްޑީޕީގެ އިސްފަޑީގައި ފެށުނީއްސުރެ މަސައްކަތް ކުރައްވަމުން ގެންދެވި 13 ބޭފުޅަކު އެ ޕާޓީއާ ވަކިވެވަޑައިގެން އައު ޕާޓީއެއް އުފެއްދެވީ އެވެ. ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ އޭގެފަހުންނެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި މިހާރު ވެރިކަން ކުރާ ޕީޕީއެމް ޕީއެންސީއަށް ވުރެ ބޮޑަށް އެމްޑީޕީއަށް ބަހުގެ ހަމަލާތައް ދެމުންދިޔައީ ޑިމޮކްރެޓުންނެވެ. މަޖިލީހުގެ ތަޅުމުގައި ވެސް ޕީޕީއެމް ޕީއެންސީއާއި އެމްޑީޕީއާ އޮތް ވާދަވެރިކަމަށް ވުރެ ޑިމޮކްރެޓްސްގެ ވާދަވެރިކަން ފެނުނީ މާބޮޑު ކޮށެވެ.

މިއީ އެ ހިޔާލުތަފާތުވުމަށްފަހު އެކުގައި މަސައްކަތް ކުރުމަށް ރައީސް ސޯލިހުއާއި ރައީސް ނަޝީދު އާނ ބަސް ބުނި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox