އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސަކަށް މުންތަގިމް

Jun 25, 2024, 7:30 PM
އޮލިމްޕިކް ކޮމިޓީގެ ރައީސް ސައްތާރު (ކ) އާއި އަލަށް ހޮވުނު ނައިބު ރައީސް މުންތަގިމް ސަލާމްކުރަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އޮލިމްޕިކް ކޮމިޓީގެ ރައީސް ސައްތާރު (ކ) އާއި އަލަށް ހޮވުނު ނައިބު ރައީސް މުންތަގިމް ސަލާމްކުރަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ހުސްވެފައިވާ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ނައިބު ރައީސްގެ މަގާމަށް، އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ، އަހުމަދު މުންތަގިމް (މުންތޭ) އިންތިހާބުކޮށްފި އެވެ.

އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސެއްގެ މަގާމު ހުސްވީ، މިހާރު އޮތް ސަރުކާރުގެ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް، އޮލިމްޕިކް ކޮޮމިޓީގެ ނައިބު ރައީސަކަށް ހުންނެވި، މުހައްމަދު ތޮލާލް އައްޔަނުކުރެއްވުމުންނެވެ.

އެ ގޮތުން، މޯލްޑިވްސް އޮލިމްޕިކް ކޮމީޓީން މިރޭ ބޭއްވި އެކްސްޓްރާއޯޑިނަރީ ޖެނެރަލް އެސެމްބްލީގައި ވަނީ ހުސްވެފައިވާ، އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަގާމަށް މުންތަގިމް ހޮވައިފަ އެވެ. މުންތަގިމް އަކީ މި މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓް ކަމަށް ވެސް އޮލިމްޕިކް ކޮމިޓީން ވަނީ މައުލޫމާތު ދީފަ އެވެ.

ފަސް ވަނަ ދައުރަކަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީއެއްގެ ޒިންމާ އަދާކުރަމުން އަންނަ މުންތަގިމް އަކީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން ޖެހިޖެހިގެން އެންމެ ގިނަ ދައުރު އެ ޒިންމާ އަދާކުރަމުން އަންނަ ފަރާތެވެެ.

އޮލިމްޕިކް ކޮމިޓީގެ އިސްވެރިން މިރޭގެ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް އެސެމްބްލީގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ޖަޕާނުގެ ޖިފޫގައި 2018 ވަނަ އަހަރު ބޭއްވި ޖޫނިއާ އެތުލެޓިކްސް މުބާރާތުގައި ސްޓާޓް ރެފްރީކަންކޮށް މުންތަގިމް ވެފައިވަނީ އޭޝިއާގެ މުބާރާތެއްގައި އެފަދަ ޒިންމާއެއް ނެގި ފުރަތަމަ ދިވެއްސަށެވެ. އަދި ނޭޕާލުގައި 2019 ވަނަ އަހަރު ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގެ އެތުލެޓިކްސް އިވެންޓްތަކުގެ އިންޓަނޭޝަނަލް ޓެކްނިކަލް އޮފިޝަލް (އައިޓީއޯ) އަކަށް މުންތަގިމް މަސައްކަތް ކުރިއިރު، އޭނާ އަކީ ގޭމްސް އެއްގެ އެތުލެޓިކްސްގެ އެ ފަދަ ޒިންމާއެއް އަދާކުރި ރާއްޖެ އަށް ނިސްބަތްވާ ފުރަތަމަ މީހާ އެވެ.

އެންމެ ފަހުން، 2021 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގައި ރާއްޖޭގެ ޝެފް ޑި މިޝަނަރަކަށް މަސައްކަތް ކުރި މުންތަގިމް ވަނީ މިދިޔަ އަހަރު ވިއެޓްނާމްގެ ހަނޯއިގައި ބޭއްވި 31 ވަނަ ސައުތު އީސްޓް އޭޝިއަން ގޭމްސް (ސީގޭމްސް) ގައި ޓެކްނިކަލް އޮފިޝަލުންގެ ތެރޭގައި މަސައްކަތް ކޮށްފަ އެވެ. ޑާކާ މެރަތަން އާއި އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ވެސް ރެފްރީ އަކަށް މަސައްކަތްކުރި މުންތަގިމް، ވަނީ އޭޝިއާގެ 20 އަހަރުން ދަށުގެ އެތުލެޓިކްސް މުބާރާތުގައި ވެސް ޓެކްނިކަލް އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.

ގައުމީ ކުޅިވަރު މަޖިލީހާއި ކޮމިޝަނާ އޮފް ސްޕޯޓްސް އިން އޮބްޒާވް ކުރި އެކްސްޓްރާ އޯޑިނަރީ ޖެނެރަލް އެސެމްބްލީގައި 16 މެމްބަރު އެސޯސިއޭޝަންގެ ތެރެއިން 15 އެސޯސިއޭޝަން ވަނީ ބައިވެރިވެފަ އެވެ.

އޮލިމްޕިކް ކޮމިޓީގެ މިރޭގެ އެކްސްޓްރާއޯޑިނަރީ ޖެނެރަލް އެސެމްބްލީގައި ވަނީ މިއަދު ނިޔާވި، ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން، މުހައްމަދު އާރިފް (ބަކާ)ގެ ހަނދާނުގައި ސުކޫތެއް ގެނެސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox