ގަމު ހޮސްޕިޓަލުގައި ބަންގްލަދޭޝް މީހަކު ނިޔާވީ ހަވާލުވާނެ މީހެއް، ކާންދޭނެ މީހެއް ނެތި: މެންބަރު

ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަނީ.

ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަނީ.

ލ. ގަމުގައި ހުންނަ ގަމު ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓްކުރި ބަންގްލަދޭޝް މީހަކު ނިޔާވީ އޭނާއާ ހަވާލުވާނެ މީހެއް އަދި ކާންދޭނެ މީހަކު ވެސް ނެތި ކަމަށާއި އޭނާ ނިޔާވުމުން ވަޅުލަން ހަވާލުވާނެ މީހަކު ވެސް ނުވި ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ ޕީއެންސީ މެންބަރު ޔޫސުފު ނަޝީދު މިއަދު ވިދާޅުވެއްޖެ އެެވެ.

ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް ބަދަލުތަކެއް ގެންނަން ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން އިމްރާން ލަތީފު ހުށަހެޅުއްވި ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި މެންބަރު ނަޝީދު ވިދާޅުވީ ބެލެނިވެރިއަކު ނެތި ހޮސްޕިޓަލްތަކަށް ދާ މީހުންނާ ހަވާލުވާނެ ފަރާތެއް ގާނޫނުގައި ކަނޑައަަޅަން ޖެހޭ ކަަމަށެެވެ. ގަމު ރީޖަނަލް ހޮސްޕިޓަލްގައި މަރުވި މީހާގެ ވާހަކަ އޭނާ ގެންނެވީ ގާނޫނުގައި އެކަން ކަނޑައަޅާފައި ނެތުމުން ކުރިމަތިވާ ހާލަތްތަކުގެ މިސާލެއްގެ ގޮތުގަ އެވެ.

"އިއްޒަތްތެރި ރައީސް، މި ފަހުން ވެސް ގަމު ރީޖަނަލް ހޮސްޕިޓަލުގައި ބަންގްލަދޭޝް މީހަކު އޮވެ، ކާންދޭނެ މީހަކު ނެތި، ކައުންސިލުން ހަވާލުނުވެ، ޕޮލިހުން ހަވާލުނުވެ، ހަވާލުވާނެ ފަރާތެއް ނެތި އެންމެ ފަހުން ނިޔާވެގެން، ގެންގޮަސް ވަޅުލާނެ ފަރާތެއް ވެސް ނެތި ދިޔައީ،" މެންބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނީ ގޮތުން އެފަދަ މީހުންނާ ކޮންމެވެސް ބަޔަކު ހަވާލުވާނެ އުސޫލެއް އޮންނަން ޖެހޭ ކަމަށެވެ.

ގަމު ހޮސްޕިޓަލުގައި ނިޔާވި އެމީހާއަކީ ގަމުގައި ދިރިއުޅުނު މީހެއް ކަން ނުވަތަ އެހެން ރަށަކުން ގެނައި މީހެއްކަން އޭނާ ވިދާޅެއް ނުވެ އެވެ.

މީހުން ދިރިނޫޅޭ ބޮޑު ސަރަހައްދެއް އޮންނަ ލ. ގަމަކީ ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ ރަށެކެވެ. އެރަށުގައި ދަނޑުވެރިކަމުގެ މަސައްކަތުގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީންގެ ތެރޭގައި، އެނގިފައިވާ ގޮތުގައި ސައްހަ ލިޔެކިއުން ނެތި އުޅޭ މީހުން ވެސް ގިނަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox