ޑެލައުނޭ ދިނީ ހިޔާލެއް، ޔޫރޯ ފެށިއިރު އޭނާ ދުނިޔޭގައި ނެތް

Jun 24, 2024, 6:03 AM
ފްރާންސާއި ޔޫރަޕް ފުޓްބޯޅައިގެ ލެޖެންޑް ޑެލައުނޭ.

ފްރާންސާއި ޔޫރަޕް ފުޓްބޯޅައިގެ ލެޖެންޑް ޑެލައުނޭ.

ޔޫރަޕްގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރޯ އަކީ ފްރާންސްގެ ފުޓްބޯލް ފެޑަރޭޝަންގެ ކުރީގެ ސެކްރެޓަރީ އޮންރީ ޑެލައުނޭގެ ހިޔާލަކަށް އުފެދުނު މުބާރާތެވެ. ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ސަރަހައްދީ މުބާރާތެއް ބޭއްވުމުގެ ހިޔާލު އޭނާ އެންމެ ފުރަތަމަ ހުށަހެޅީ 1927 ވަނަ އަހަރެވެ. އެކަމަކު، އޭރު އެ ހިޔާލަށް ލިބުނީ ފިނި ތަރުހީބެކެވެ.

ޑެލައުނޭގެ ހިޔާލާ އެއްގޮތަށް ޔޫރަޕްގެ ސަރަހައްދީ މުބާރާތެއް ފެށުނީ 1960 ވަނަ އަހަރެވެ. އެކަމަކު، އޭގެ ތިން އަހަރު ކުރިން ޑެލައުނޭ ވަނީ މަރުވެފަ އެވެ.

ފުޓްބޯޅަ ކުޅުމުގެ އިތުރުން ރެފްރީކަން ވެސް ކުރި ޑެލައުނޭ، ރެފްރީކަމުގެ ކެރިއަރު ހުއްޓުމަކަށް އައި ދަނޑުމަތީގައި ހިނގި ހާދިސާ އަކަށް ފަހު އެވެ. އެއީ މޫނުގައި ބޯޅަ ޖެހިގެން ލިބުނު އަނިޔާއަކާ ހެދި އެވެ. އެ ފަހުން، ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައި މަސައްކަތްކުރަން ފަށައި، ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނެއް ގެންނަން، އިސް މަސައްކަތްތަކެއް ކުރެއްވި އެއް ފަރާތަކީ، ޑެލައުނޭ އެވެ.

ޑެލައުނޭގެ މުއްސަނދި ހިޔާލާއި ޔޫރޯގެ އުފެއްދުމަށް ކުރި މަސައްކަތުގެ ހަނދާނުގައި ޔޫރޯގެ ޗެމްޕިއަނުންނަށް ދޭ ޓްރޮފީއަށް ދީފައިވަނީ އޭނާގެ ނަމެވެ.

ޔޫރޯ އެންމެ ފުރަތަމަ ބޭއްވީ ޔޫރަޕިއަން ނޭޝަންސް ކަޕްގެ ނަމުގަ އެވެ. އެ ނަން ބަދަލުކޮށް މިހާރު ބޭނުން ކުރަމުންދާ ޔޫރަޕިއަން ޗެމްޕިއަންޝިޕް (ނުރަސްމީކޮށް، ޔޫރޯ) އަށް ނަން ބަދަލުކުރީ 1968 ވަނަ އަހަރުގަ އެވެ.

ޔޫރޯގެ ފުރަތަމަ މުބާރާތް 1960 ވަނަ އަހަރު ބޭއްވީ ފްރާންްސްގަ އެވެ. އެ އަހަރުގެ މުބާރާތުގައި ހަތަރު ޓީމު ބައިވެރިވިއިރު، މުބާރާތް ކާމިޔާބުކުރީ ސޯވިއެޓް ޔޫނިއަން އިންނެވެ.

ޔޫރޯގެ މުބާރާޓް 1980 ވަނަ އަހަރާ ހަމައަށް ކުރިއަށް ގެންދިޔައީ ހަތަރު ޓީމާއެކު އެވެ. ފްރާންސްގައި 1984 ވަނަ އަހަރުގައި އޮތް މުބާރާތުގައި ޓީމުގެ އަދަދު 8 އަށް އިތުރުކުރި އެވެ. އަދި އެ ފޯމެޓްގައި 1992 ވަނަ އަހަރާ ހަމައަށް ޔޫރޯ ކުރިއަށް ގެންދިޔައެވެ.

ޔޫރަޕްގެ އިތުރު ގައުމުތަކަށް ޔޫރޯ އިން ފުރުސަތު ދިނުމުގެ ގޮތުން، 1996 ވަނަ އަހަރު އިންގްލެންޑްގައި އޮތް މުބާރާތުން ފެށިގެން މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ އަދަދު 16 އަށް އިތުރުކުރި އެވެ. އަދި 2016 ވަނަ އަހަރު ފްރާންސްގައި އޮތް މުބާރާތުން ފެށިގެން ޓީމުގެ އަދަދު 24އަށް ބަދަލުކުރި އެވެ.

ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވާ ޔޫރޯ އެއް މުއްދަތުގެ ތެރޭގައި ނުބޭއްވުނީ އެންމެ ފަހަރެވެ. އެއީ ކޮވިޑް-19އާ ގުޅިގެން ފަސްކުރަންޖެހުނު 2020 ވަނަ އަަހަރުގެ ޔޫރޯއެވެ. އެ މުބަރާތް ބޭއްވީ 2021 ވަނަ އަހަރެެވެ.

މި އަަހަރު ޖަރުމަންގައި މި ކުރިއަށްދަނީ ޔޫރޯގެ 17 ވަނަ މުބާރާތެވެ. ޖަރުމަނަކީ ޔޫރޯގެ އެންމެ ކާމިޔާބު އެއް ގައުމެވެ. ޖަރުމަނުން ވަނީ ޖުމްލަ ތިން ފަހަރު ޔޫރޯ ކާމިޔާބުކޮށްފަ އެވެ. އެއީ 1972، 1980 އަދި 1996 ވަނަ އަހަރެވެ.

ޖަރުމަނާ އެއްވަރަށް ސްޕެއިން ވެސް ވަނީ ޔޫރޯގެ ތިން ތަށި ހޯދައިފަ އެވެ. އެއީ 1964، 2008 އަދި 2012 ގަ އެވެ. ސްޕެއިން އަކީ މުބާރާތުގެ ތާރީހުގައި ޖެހިޖެހިގެން ދެ ފަހަރު ޔޫރޯ ކާމިޔާބުކުރި ހަމައެކަނި ގައުމެވެ.

މި ދެ ޓީމުގެ ފަހަތުން، ދެ ތަށި ހޯދާފައިވަނީ އިޓަލީ އާއި ފްރާންސް އެވެ. ޔޫރޯގެ ތަށި އެއް ފަހަރު ކާމިޔާބުކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ރަޝިއާ، ޗެކް ރިޕަބްލިކް، ޕޯޗުގަލް، ސްލޮވާކިއާ، ނެދަލޭންޑްސް، ޑެންމާކް، އަދި ގްރީސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox