ރާއްޖޭގެ ފުޓްބޯޅަ ފީފާގެ ޖަވާބުތަކެއްގެ އިންތިޒާރުގައި

Jun 19, 2024, 11:07 AM
އެފްއޭއެމް އިން އެންމެ ފަހުން ބޭއްވި ކޮންގްރެސްގެ ތެރެއިން އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް (ކ) އާއި ޖެނެރަލް ސެކްރެޓަރީ، ޖައުޝަން.--- ފޮޓޯ: އަދަދު

އެފްއޭއެމް އިން އެންމެ ފަހުން ބޭއްވި ކޮންގްރެސްގެ ތެރެއިން އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް (ކ) އާއި ޖެނެރަލް ސެކްރެޓަރީ، ޖައުޝަން.--- ފޮޓޯ: އަދަދު

އަންނަ މަހުގެ ދެ ވަނަ ދުވަހަށް ބައްސާމް އަދީލް ޖަލީލް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްގެ މަގާމުގައި ދެ ވަނަ ދައުރު ހަމަވާއިރު، ފީފާ އާއި އޭއެފްސީން އަންގައިގެން، އޮތީ އެފްއޭއެމްގެ އިންތިހާބުގެ މަސައްކަތް ހުއްޓިފަ އެވެ. ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން ކަނޑައެޅި ތާރީހު ވެސް ފަހަަނައަޅައި ގޮސްފައިވާއިރު، ސީޒަން ފަށަން ވެސް ހުރި އިދާރީ ކަންތައްތަކާ ގުޅޭގޮތުން އަންނަނީ ފީފާއާ މަޝްވަރާކުރަމުންނެވެ.

އެފްއޭއެމް އިން ކްލަބްތަކަށް ދިން ކަލަންޑަރުގައި، ފުޓްބޯޅަ ސީޒަން ފަށާ ޗެރިޓީ ޝީލްޑް މެޗު މި މަހު 15 އަށް ތާވަލުކޮށްފައިވެ އެވެ. އެކަމަކު، އެ މުއްދަތު ފަހަނައަޅައިދިޔައިރު، ފުރަތަމަ ޑިވިޝަންގެ އެއްވެސް ޓީމަކުން އަދި ޕްރެކްޓިސް ނުފަށަ އެވެ. ކަނޑައެޅި މުއްދަތުގެ ތެރޭގައި، ކްލަބް ލައިސަންސިން ފުރިހަމަ ކުރި ހަމައެކަނި ކްލަބަކީ ލީގުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެކަންޏެވެ.

ފުޓްބޯޅަ ސީޒަން ފަށާނެ ދުވަހެއް ފައިނަލްވެއްޖެތޯ "އަދަދު" އިން ސުވާލުކުރުމުން، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ، ޖައުޝަން ޝަރީފް (ޖައު) ވިދާޅުވީ، އަދި ތާރީހެއް ސީދާ ފައިނަލް ނުވާ ކަމަށެވެ.

"މިހާރުގެ ހާލަތު އޮތް ގޮތުން، އެޑްމިނިސްޓްރޭޓިވް ކަންކަން ހަމަޖައްސަން ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ވެސް ފީފާ/އޭއެފްސީ އާއި އޭއެފްސީއާ މި ދަނީ މަޝްވަރާކުރަމުން، މަޝްވަރާތައް ކުރިއަށްދަނީ،" ޖައު ވިދާޅުވި އެވެ.

ސީޒަން ފެށޭ ދުވަހެއް ފައިނަލް ކުރެވޭނީ ފީފާ/އޭއެފްސީއާ އެކު ކުރިއަށްދާ މަޝްވަރާތަކަށް ފަހުތޯ ސުވާލުކުރުމުން ޖައު ވިދާޅުވީ، މުޅިއަކުން އެހެނެއް ނޫން ކަމަށާއި އެކަމަކު، މި މަޝްވަރާތަކުގެ ސަބަބުން އެ ކަންކަމަށް ވެސް ފަސޭހަވެގެންދާނެ ކަމަށެެވެ.

"ތި ކޮޅަށް ވެސް އެނގޭނެ ފަދައިން، އެފްއޭއެމްގެ މިހާރުގެ ހިންގާ ކޮމިޓީގެ ދައުރު މި އަންނަނީ ނިމެން ގާތްވަމުން، އާ އިންތިހާބެއް ބޭއްވުން ވެސް މި އޮތީ ހުއްޓިފައި. އެހެންވުމުން، އެބަޖެހޭ މި އެޑްމިނިސްޓްރޭޝަންގެ ކުރިއަށްދިއުމާ ގުޅޭގޮތުން ނިންމަން ޖެހޭ ކަންތައްތަކެއް. އެހެންވެ، އެ މަޝްވަރާތައް މި ދަނީ،" ޖައުޝަން ވިދާޅުވި އެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި މި ވަގުތު އެފްއޭއެމް އިން މުބާރާތެއްގެ ސިފައިގައި ކުރަމުން އަންނަ މަސައްކަތަކީ، މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް އެވެ. މި މުބާރާތަކީ، މި އަހަރުގެ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އާއި 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން އަށް ގައުމީ ޓީމު އެކުލަވާލުމަށް މުހިންމު މުބާރާތެކެވެ.

ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތާ ގުޅޭ ފައިސާތަކުގެ ކަންކަން އެފްއޭއެމް އިން ހަމަޖައްސާފައިނުވާތީ، އެ މައްސަލައިގައި ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ފިޔަވަޅުތަކެއް އަޅަން ވަނީ މަޝްވަރާކޮށްފަ އެވެ.

އެންމެ ފަހުން ބޭއްވި ސާފްގެ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމާއި ކޮންގްރެސްގައި އެންމެ ބޮޑަށް ދެކެވުނު ވާހަކަ އަކީ، ރާއްޖޭން 2021 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕާ ގުޅޭ ފައިސާތައް އަދާކޮށްފައިނުވާ މައްސަލަ އެވެ.

އެ ގޮތުން، 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި އިންޑިއާ އަށް ދޭން ޖެހޭ ފައިސާގެ އިނާމާއި ޓީމުތަކުން ބައިވެރިވި ފީ އާއި ސާފް އަށް ދައްކަން ޖެހޭ ފީ އެފްއޭއެމް އިން ދީފައިނުވެ އެވެ. ތަކުރާރުކޮށް، މި ފައިސާ ދައްކަން އެފްއޭއެމަށް ސާފުން ދިން މުހުލަތުތަކުގައި ވެސް އެކަން ކޮށްފައިނުވާތީ، ސާފްގެ މެމްބަރުން އަންނަނީ އެ ކަމާ ނުރުހުން ފާޅުކުރަމުންނެވެ. ފައިސާތައް އަދާނުކުރާ މައްސަލައިގައި އެފްއޭއެމް އިން އެކަށީގެންވާ ޖަވާބުތަކެއް ވެސް ނުލިބޭތީ، ސާފުން މި މައްސަލަ ވަނީ އޭއެފްސީ އަށް ވެސް ހުށަހަޅައިފަ އެވެ.

އެފްއޭއެމް އިން ސާފް އަށް ދައްކަން ޖެހޭ ފައިސާ ނުދޭތީ، ރާއްޖޭގެ ގައުމީ ޓީމުތައް ސާފްގެ މުބާރާތްތަކުގައި ކުޅެން ފުރުސަތު ދިނުމާ މެދު ވެސް ވަނީ މަޝްވަރާކޮށްފަ އެވެ. އެކަމާ މެދު ސީދާ ގޮތެއް ނިންމިފައިނުވާއިރު، ދެން މި ކަމާ މެދު ސާފުން ސީދާ ގޮތެއް ކަނޑައަޅައި، އެ ފެޑެރޭޝަންގެ އެއްބާރުލުން އެފްއޭއެމަށް ދިނުމާ މެދު ގޮތެއް ނިންމާނީ އެފްއޭއެމްގެ ކުރިއަށް އޮތް އިންތިހާބަށް ފަހު، ދެން އަންނަ ހިންގާ ކޮމިޓީ އަކާ މަޝްވަރާ ކުރުމަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox