ޔޫރޯގައި ކުޅޭތީ ރެއާލުން އެމްބާޕޭ އޮލިމްޕިކްސްގައި ކުޅެން ފުރުސަތު ނުދޭނެ

Jun 17, 2024, 5:27 AM
ޔޫރޯގައި ކުޅޭތީ ރެއާލުން އެމްބާޕޭ އޮލިމްޕިކްސްގައި ކުޅެން ފުރުސަތު ނުދޭނެ

މިއުނިކް (ޖޫން 17) - ދާދި ފަހުން ރެއާލް މެޑްރިޑަށް ބަދަލުވި ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ, އަންނަ މަހު ފްރާންސްގައި ފަށާ އޮލިމްޕިކްސްގައި ކުޅުމަށް އޭނާގެ ކުލަބުން ފުރުސަތު ނުދޭނެކަން އެނގޭ ކަމަށް ބުނެފި އެވެ.

އެމްބާޕޭ ވަނީ މީގެ ކުރިން އޮލިމްޕިކްސްގައި ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެކަމަކު ރެއާލުން ވަނީ އެ ޓީމުގެ ކުޅުންތެރިންނަށް އޮލިމްޕިކްސްގައި ނުކުޅެވޭނެ ކަމަށް ބުނެފަ އެވެ. އަދި މި ގޮތައް ރެއާލުން ނިންމީ ޔޫރޯ ފުޓުބޯޅަ މުބާރާތާއި ކޮޕަ އެމެރިކާ މުބާރާތައް ފަހު އަންނަ ސީޒަން ފެށުމާއި ހަމައަށް ކުޅުންތެރިންނަށް އަރާމު ކުރުމަށް އެކަށޭނެ ވަގުތު ނުލިބޭނެ ކަމަށް ބުނެ އެވެ.

"އަހަރެންގެ ކުލަބްގެ ސްޓޭންޑް ވަރަށް ސާފު. އަހަރެން އެ އަށް އަމަލު ކުރަން ޖެހޭނެ. އެހެންވެ, އަހަރެންއަށް ހިޔެއް ނުވޭ އަހަރެން މި ފަހަރުގެ އޮލިމްޕިކްސް މުބާރާތުގައި ކުޅެވޭނެ ހެން." އެމްބާޕޭ ބުންޏެވެ.

Advertisement

އެމްބާޕޭ ބުނީ ކުލަބުގެ ބަސް އަހަން ޖެހޭނެ ކަމަށާއި, އެހެންވެ، މި ފަހަރުގެ އޮލިމްޕިކްސްގައި އޭނާ ސަޕޯޓަރެއްގެ ގޮތުގައި ޒުވާން ޓީމަށް ސަޕޯޓުކުރާނެ ކަމަށެވެ. އަދި އެ ޓީމަށް ކާމިޔާބީ އަށް އެދޭ ކަމަށްވެސް އެމްބާޕޭ ބުންޏެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތް އޮތީ މި މަހު 14 އިން އަންނަ މަހުގެ 14 އަށެވެ.

ފްރާންސްގައި ކުރިއަށްދާ އޮލިމްޕިކްސް މުބާރާތް ފެށޭނީ އަންނަ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ. އަދި މުބާރާތް ނިމޭނީ 9 އޮގަސްޓްގަ އެވެ. އަދި އޭގެ ހަފުތާ އެއް ފަހުން ސްޕެނިޝް ލީގު ފަށާނެ އެވެ.

އެމްބާޕޭގެ ކެޕްޓަންކަމުގައި ފްރާންސުން މި ފަހަރުގެ ޔޫރޯ އަށް ނުކުންނައިރު، އެ ޓީމު ކުޅޭ ފުރަތަމަ މެޗުގައި މިރޭ އޮސްޓްރިއާއާ ބައްދަލުކުރާނެ އެވެ. އެމްބާޕޭ ބުނީ، ކެޕްޓަނެއްގެ ގޮތުގައި ޔޫރޯ އަށް ނުކުންނައިރު، ކުރެވެނީ ތަފާތު އިހުސާސެއް ކަމަށާއި މި މުބާރާތް ކާމިޔާބު ކުރަން ބޭނުންވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox