ޓާޒިޗް އަމިއްލަ އަށް އެދިގެން ޑޯޓްމަންޑްގެ ކޯޗުކަން ދޫކޮށްލައިފި

Jun 13, 2024, 1:36 PM
ޓާޒިޗް އަމިއްލަ އަށް އެދިގެން ޑޯޓްމަންޑްގެ ކޯޗުކަން ދޫކޮށްލައިފި

ބާލިން، ޖަރުމަނު (ޖޫން 13) - ބޮރޫޝިއާ ޑޯޓްމަންޑްގެ ކޯޗަކަށް ހުރި އެޑިން ޓާޒިޗް، އަމިއްލަ އަށް އެދިގެން މަގާމުން ވަކިވެއްޖެ އެވެ.

ޑޯޓްމަންޑް ގޮވައިގެން މި ފަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރި ޓާޒިޗް، 41، އެ ޓީމުގެ ކޯޗުކަމުން ވަކިވަން ބޭނުންވާކަން އެންގީ އެ ކްލަބްގެ ވެރިންނާ އެކުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.

"ވެމްބްލީގައި އޮތް (ޗެމްޕިއަންސް ލީގުގެ) ފައިނަލަށް ފަހު، އަަހަރެން އެދުނީ ޑޯޓްމަންޑްގެ ސީނިއާ މެނޭޖްމަންޓާ އެކުގައި ބައްދަލުވުމަކަށް، ޑޯޓްމަންޑްގައި ހޭދަކުރި ނުވަ އަހަރު، ހަ އަހަރު ކޯޗިން ސްޓާފެއްގެ ގޮތުގައި އަދި ދެ އަހަރާއި ބައި ހެޑްކޯޗަކަށް ހުރުމަށް ފަހު، އަހަންނަށް ފެންނަނީ ދެން މި ޓީމަށް އާ ކޯޗެއް ގެނެސްގެން ކުރިއަށްދާން،" ޑޯޓްމަންޑްގެ ސަޕޯޓަރެއްގެ ގޮތުގައި ފުރަތަމަ ހުރި ޓާޒިޗް ބުންޏެވެ.

ޓާޒިޗް، ކޯޗިން ކެރިއަރު ފެށީ، 2010-2013 އަށް ޑޯޓްމަންޑްގެ އެކެޑަމީންނެވެ. ފަހުން، ސްލަވެން ބިލިޗްގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި އޭނާއާ އެކު، ތުރުކީގެ ބެސިކްޓާސް އާއި އިނގިރޭސި ކްލަބް، ވެސްޓް ހޭމް ޔުނައިޓެޑްގައި މަސައްކަތްކުރި އެވެ.

ލޫޝިއަން ފާވްރޭގެ އެސިސްޓަންޓް ކޯޗެެއްގެ ގޮތުގައި، 2017 ވަނަ އަހަރު ނޮވެމްބަރު މަހު، ޓާޒިޗް ވަނީ ޑޯޓްމަންޑަށް އެނބުރި އަތުވެފަ އެެވެ. ޑިސެމްބަރު، 2020 ގައި ފާވްރޭ ވަކިކުރުމުން، ޑޯޓްމަންޑްގެ ވަގުތީ ކޯޗަކަށް ޓާޒިޗް ހަމަޖެއްސި އެވެ. އެ ފަހަރު އޭނާ ވަނީ ޖަރުމަނު ކަޕް އެ ޓީމަށް ކާމިޔާބުކޮށްދީފަ އެވެ.

ޑޯޓްމަންޑްގެ ޓެކްނިކަލް ޑިރެކްޓަރަކަށް ވެސް މަސައްކަތްކުރުމަށް ފަހު، ޓާޒިޗް ހެޑް ކޯޗުކަމާ ރަސްމީކޮށް ހަވާލުވީ، 2022 ވަނަ އަހަރު އެވެ. ޓާޒިޗްގެ ފުރަތަމަ ސީޒަނުގައި، ޑޯޓްމަންޑް ނިންމާލީ ލީގުގެ ދެ ވަނައިގަ އެވެ. އަދި މިދިޔަ ސީޒަނުގައި ލީގުގެ ފަސް ވަނައިގަ އެވެ.

"މި ކްލަބް ދޫކޮށްލުމަކީ އަހަންނަށް ވަރަށް އުނދަގޫ ނިންމުމެއް، ވަރަށް ވިސްނާފައި މި ގޮތަށް މި ނިންމީ، އަހަރެން އަބަދުވެސް ޑޯޓްމަންޑަށް ކާމިޔާބަށް އެދެން،" ޓާޒިޗް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox