ޑޯޓްމަންޑް ބަލިކޮށް ބަޔާންގެ މޮޅުވުމުގެ ރެކޯޑް ސިލްސިލާ ކުރިއަށް

Oct 19, 2025, 5:40 AM
ޑޯޓްމަންޑް ބަލިކޮށް ބަޔާންގެ މޮޅުވުމުގެ ރެކޯޑް ސިލްސިލާ ކުރިއަށް

މިއުނިކް (އޮކްޓޫބަރު 19) - ޖަރުމަނު ލީގުގައި ރޭ ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑް 2-1 އިން ބަލިކޮށް، ބަޔާން މިއުނިކުން ސީޒަން ފަށައިގެން ހުރިހާ މެޗަކުން މޮޅުވުމުގެ ސިލްސިލާ އިތުރަށް ދަންމާލައިފި އެވެ.

ބަޔާނުން ވަނީ ޖަރުމަނު ލީގުގައި ކުޅުނު ހަތް މެޗުގެ އިތުރުން ޗެމްޕިއަންސް ލީގުގެ ދެ މެޗާއި ޖަރުމަނު ކަޕާއި ސުޕަ ކަޕް މެޗުން މޮޅުވެފަ އެވެ. ބަޔާންގެ ކޯޗު، ވިންސެންޓް ކޮމްޕެނީ އަކީ، 21 ވަަނަ ގަރުނުގައި ޔޫރަޕްގެ ވަރުގަދަ ފަސް ލީގަށް ބަލާއިރު، ހުރިހާ މުބާރާތެއްގައި އެއްކޮށް ބަލާނަމަ، 10 މެޗުން މޮޅުވެގެން ސީޒަން ފެށި ފުރަތަމަ ކޯޗެވެ. ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ގޮތުގައި ކިޔަނީ، ޖަރުމަނު ލީގާއި އިނގިރޭސި ޕްރިމިއާ ލީގާއި ސްޕެނިޝް ލީގާއި އިޓާލިއަން ލީގު އަދި ފްރެންޗް ލީގެވެ.

ޖަރުމަނު ފުޓްބޯޅައިގެ ވަރުގަދަ ކުރިމަތިލުން "ޑާ ކްލާސިކާ" ގައި ރޭ ކުރިއަށްދިޔައީ ތާރީހަށް ބަލާނަމަ، 138 ވަނަ މެެޗެވެ. ރޭގެ މޮޅަކީ ޑޯޓްމަންޑް އަތުން ބަޔާނަށް ކުރިހޯދުނު 68 ވަނަ ފަހަރެވެ.

Advertisement

އަމިއްލަ ދަނޑުގައި ކުޅުނު ބަޔާނުން ރޭގެ މެޗުގެ 21 ވަނަ މިނިޓްގައި ލީޑުނެގީ ހެރީ ކޭން ޖެހި ގޯލުންނެވެ. މިއީ، ޔޯސުއާ ކިމިކް ނެގި ކޯނަރަކަށް ފުންމައިގެން އަރައި ކޭން ބޮލުން ޖެހި ގޯލެކެވެ. އަދި، މެޗުގެ 35 ވަނަ މިނިޓްގައި ބަޔާންގެ މަައިކަލް އޮލީސޭ އޭރިއާބޭރުން ތިރިތިރިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ބަޔާނުން ދެ ވަނަ ގޯލު ޖެހީ މެޗުގެ 78 ވަނަ މިނިޓްގައި އޮލީސޭ އެވެ. އޭނާ މި ލަނޑު ޖެހީ ބަޔާންގެ ލުއިސް ޑިއާޒް ގޯލު ކުރިމައްޗަށް ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޑޯޓްމަންޑްގެ ކުޅުންތެރިން ލަސްކޮށްލުމުގެ ފައިދާނަގަ އެވެ.

ބަދަލަކަށް ކުޅެން އަރައި މެޗުގެ 84 ވަނަ މިނިޓްގައި ޑޯޓްމަންޑްގެ ހަމައެކަނި ލަނޑު ޖެހީ ހޫލިއަން ބްރަންޑްޓް އެވެ. މިއީ، ގޯލު ކުރިމައްޗަށް ރަފައެލް ގަރޭރޯ ހުރަސްކޮށްދިން ބޯޅައަށް އަރައި، ހަމަޖެހިލައިފައި ބްރަންޑްޓް ޖެހި ލަނޑެކެވެ.

ބަޔާނުން ލީގުގައި ބަލިނުވެ، 16 މެޗު ހަމަކޮށްފައިވާއިރު، ރޭގެ މޮޅާ އެކު ލީގުގެ އެއް ވަނައިގައި މި ފަހަރު މި ވަނީ ލީޑެއް ލިބިފަ އެވެ. ބަޔާނަށް ހަތް މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އާރްބީ ލައިޕްޒިގަށް ވަނީ ހަތް މެޗުން 16 ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox