ޑޯޓްމަންޑް ބަލިކޮށް ރެއާލް ކްލަބް ވޯލްޑް ކަޕްގެ ސެމީގައި ޕީއެސްޖީއާ ދެކޮޅަށް

Jul 6, 2025, 3:09 AM
ޑޯޓްމަންޑް ބަލިކޮށް ރެއާލް ކްލަބް ވޯލްޑް ކަޕްގެ ސެމީގައި ޕީއެސްޖީއާ ދެކޮޅަށް

ނިއު ޖާޒީ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 6) - ބޮރޫޝިއާ ޑޯޓްމަންޑް 3-2 އިން ބަލިކޮށް، ރެއާލް މެޑްރިޑުން ފީފާ ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަަލުގައި ޔޫރަޕްގެ ޗެމްޕިއަން، ޕީއެސްޖީއާ ބައްދަލުކުރަން ޖެހިއްޖެ އެވެ.

ޕީއެސްޖީން ވަނީ ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި، 2-0 އިން ބަޔާން މިއުނިކް ބަލިކޮށްފަ އެވެ. މިއީ، ކީލިއަން އެމްބާޕޭ، ޕީއެސްޖީ ދޫކޮށް ރެއާލާ ގުޅުނު ފަހުން، މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ.

މެޓްލައިފް ސްޓޭޑިއަމްގައި ރޭ 75،000 އަށް ވުރެން ގިނަ ސަޕޯޓަރުން ކުރިމަތީގައި ރޭ ކުޅުނު މެޗުން ރެއާލް ވަނީ ފުރަތަމަ 20 މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ. އެ ޓީމުން ފުރަތަމަ ގޯލު ޖެހީ 10 ވަނަ މިނިޓްގަ އެވެ. މިއީ، އާޑާ ގުލާ ނަގައިދިން ހުރަހަކުން ގޮންޒާލޯ ގާސިއާ ޖެހި ގޯލެކެވެ. މި ލަނޑާ އެކު، ގާސިއާ ވަނީ މި ފަހަރުގެ މުބާރާތުގެ ލަނޑު ލިސްޓުގެ ކުރީގައި އޮތް ބެންފީކާގެ އެންހެލް ޑި މާރިއާ އާއި އަލް ހިލާލްގެ މާކޯސް ލެއޮނާޑޮއާ އެއްވަރުކޮށްފަ އެވެ. ތިން ކުޅުންތެރިން ވެސް ހަތަރު ގޯލު ޖަހާފައިވާއިރު، މުބާރާތުގައި ދެން ވެސް ގޯލެއް ޖެހުމުގެ ފުރުސަތު އޮތީ ގާސިއާ އަށެވެ. އެއީ، ބެންފީކާ އާއި އަލް ހިލާލް ކަޓާފައިވާތީ އެވެ.

Advertisement

އޭގެ 10 މިނިޓް ފަހުން، ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ނެގި ހުރަހަކުން ރެއާލްގެ ލީޑުފުޅާކޮށްދިން ގޯލު ޖެހީ، ފްރާން ގާސިއާ އެވެ.

ރެއާލުން ދެ ގޯލުގެ ލީޑެއްގައި އޮއްވައި މެޗުގައި ގިނަ ކަންތައްތަކެއް ހިނގައިދިޔައީ ފަހު ވަގުތުގަ އެވެ. އެ ގޮތުން، އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި، ޑޯޓްމަންޑްގެ މެކްސިމިލިއަން ބައިއާ ގޯލެއް ޖަހައި ފަރަގު ކުޑަކުރިތާ އިރުކޮޅެއްގެ ތެރޭގައި، ރެއާލުން ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި އެމްބާޕޭ ވަނީ އެކްރަބެޓިކް ކިކުން ގޯލު ޖަަހައި، އަލުން ލީޑުފުޅާކޮށްދީފަ އެވެ.

އޭގެ ފަހުން، ޑޯޓްމަންޑްގެ ސޭހޫ ގިރާސީ އަށް ރެއާލްގެ އޭރިއާތެރެއިން އެ ޓީމުގެ ޑިފެންޑަރު، ޑީން ހައުސަން ފައުލެއް ކުރުމުން އޭނާ އަށް ރަތް ކާޑެއް ދައްކައި، ޑޯޓްމަންޑަށް ޕެނަލްޓީއެއް ދިނެވެ. ގިރާސީ ވަނީ އެ ޕެނަލްޓީ ކާމިޔާބުކޮށް އަނެއްކާ ވެސް ރެއާލުގެ ފަރަގު ކުޑަކޮށްފަ އެވެ.

ރެއާލާއި ޕީއެސްޖީ ކުޅޭ ސެމީ ފައިނަލް މެޗު މި މަހުގެ ނުވަ ވަނަ ދުވަހު ކުޅޭއިރު، ޗެލްސީ އާއި ފްލުމިނެންސޭ ކުޅޭ އަނެއް ސެމީ ފައިނަލް އޭގެ އެއް ދުވަސް ކުރިން ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox