ސައުދީ އެމްބަސީ އާއި ޓީޓީ އެސޯސިއޭޝަން ގުޅިގެން ރަށްރަށުގައި ޑިވެލޮޕްމަންޓްގެ މަސައްކަތްތަކެއް

Jun 10, 2024, 4:23 AM
ސައުދީ އެމްބަސީ އާއި ޓީޓީ އެސޯސިއޭޝަން ގުޅިގެން ރަށްރަށުގައި ޑިވެލޮޕްމަންޓްގެ މަސައްކަތްތަކެއް

ސައުދީ އެމްބަސީ އާއި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ޓީޓީގެ ޑިވެލޮޕްމަންޓް މަސައްކަތްތަކެއް ކުރަން ނިންމައިފި އެވެ.

ޓީޓީ އެސޯސިއޭޝަނުން ހާމަކުރި ގޮތުގައި، ޑިވެލޮޕްމަންޓް މަސައްކަތުގެ ފުރަތަމަ ޕްރޮޖެކްޓް/އިވެންޓްތައް ފެށިގެންދާނީ، ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީގައި ކަމަށެވެ.

މި ފެށޭ މަސައްކަތުގެ ތެރެއިން ކުރިއަށް އޮތްތަނުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓީޓީގެ ޑިވެލޮޕްމަންޓް ހަރަކާތްތައް ކުރިއަށްދާނެ ކަމަށާއި ބޭނުމަކީ، މުޅި ރާއްޖޭގެ ބައިވެރިވުން އޮންނަ ގޮތަށް ޓީޓީގެ މުސްތަގުބަލު ބައްޓަން ކުރުން ކަމަށް ޓީޓީ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ޓީޓީގެ ކަންކަން ފުޅާކުރަން އެންމެ ބޮޑު އެއްބާރުލުމެއް ދޭ އެއް ފަރާތަކީ ސައުދީ އެމްބަސީ ކަމަށް މީގެ ކުރިން، "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ޓީީޓީ އެސޯސިއޭޝަންގެ ރައީސް، އަލީ ރަޝީދު (އައްޔަ) ވަނީ ވިދާޅުވެފަ އެވެ.

ސައުދީ އެމްބަސަޑަރު، މަތުރެކް އަބްދުﷲ އަލް އަޖާލީން އަލްދުސާރީ ވަނީ ރާއްޖޭގެ އެއް ވަނަ އަންހެން ޓީޓީ ކުޅުންތެރިޔާ، ފާތިމަތު ދީމާ އަލީއާ ބައްދަލުކޮށް ހިތްވަރު ދެއްވައިފަ އެވެ. އެއީ، އަންނަ މަހު ފްރާންސްގެ ޕެރިހުގައި ފަށާ އޮލިމްޕިކްސް އަށް ދީމާ ކޮލިފައިވެފައިވާއިރު، އޭނާ އަކީ މިހާތަނަށް ކޮލިފިކޭޝަނެއް ފަހަނައަޅައި އޮލިމްޕިކްސްގައި ވާދަކުރާ ފުރަތަމަ ދިވެހި އެތުލީޓު ކަމަށްވާތީ އެވެ.

ޓީޓީ އެސޯސިއޭޝަނުން ބުނީ، ސައުދީ އެމްބަސީން ވަނީ ދީމާ އަށް ވެސް ކުރިއަށްދިއުމަށް އެހީތެރިވެދޭނެ ކަމުގެ ފެހި ސިގްނަލް ދީފައި ކަމަށެވެ. އެ ގޮތުން، ސައުދީގެ ކުޅިވަރު ސްކޮލަޝިޕްތަކުގެ ތެރެއިން ފުރުސަތެއް ދިނުމުގެ މަޝްވަރާތަކެއް ވެސް ދިޔަ ކަމަށް ޓީޓީ އެސޯސިއޭޝަންގެ ރައީސް، އައްޔައާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox