ކުޅިވަރު އެސޯސިއޭޝަންގެ ރައީސް މިނިވަނަކަށް ވިޔަސް ޖަވާބުދާރީ ކުރެވޭނެ

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް: އޭނާ ވަނީ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅޭގޮތުން މުހިންމު ލިޔުމެއް އަމިއްލަ ބްލޮގްސްޕޮޓް އެކައުންޓްގައި ލިޔުއްވައިފައި.--- ފޮޓޯ: އަދަދު

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް: އޭނާ ވަނީ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅޭގޮތުން މުހިންމު ލިޔުމެއް އަމިއްލަ ބްލޮގްސްޕޮޓް އެކައުންޓްގައި ލިޔުއްވައިފައި.--- ފޮޓޯ: އަދަދު

ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ރައީސް އަކީ މިނިވަނެއް ކަމުގައި ވިޔަސް، ގާނޫނުގެ ތެރެއިން އޭނާ ޖަވާބުދާރީ ކުރެވޭނެ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަމީމް މި ގޮތަށް ވިދާޅުވީ، އޭނާގެ ބްލޮގްސްޕޮޓްގައި، "ކުޅިވަރު ޖަމްޢިއްޔާތައް ޒިންމާދާރު ކުރުވުން -1" ސުރުހީގެ ދަށުން ޝާއިއުކުރައްވާފައިވާ ލިޔުމެއްގަ އެވެ.

ޝަމީމް މި ގޮތަށް ވިދާޅުވެފައިވަނީ، ދާދި ފަހުން، ބެޑްމިންޓަން އެސޯސިއޭޝަންގެ އެންމެ ފަހުގެ ރައީސަކަށް ހުންނެވި، މޫސާ ނާޝިދު، ހައި ކޯޓުގައި ޕްރޮސެކިއުޓާ ޖެނެރަލްއާ ދެކޮޅަށް ކުރިއަށްގެންދިޔަ މައްސަލަ އަށް އިޝާރާތްކުރައްވަ އެވެ.

ހައި ކޯޓުގައި ކުރިއަށްގެންދިޔަ މައްސަލައިގައި މޫސަ ވަނީ އޭނާއާ މެދުގައި ސަރުކާރު މުވައްޒަފެއްގެ ގޮތުގައި މުހާތަބު ނުކުރެވޭނެ ކަމަށާއި އޭނާ އަކީ އެއްވެސް އުޖޫރައެއް ސަރުކާރުން ލިބޭ މީހެއް ނޫން ކަމަށް ވަނީ ހާމަކޮށްފަ އެވެ.

އެ އަށް އިޝާރާތްކުރައްވައި ޝަމީމް ވަނީ މުހިންމު ކަންތައްތަކެއް ފާހަގަކުރައްވައިފަ އެވެ.

"ކުޅިވަރު ޖަމްޢިއްޔާއަށްދޭ ފައިސާ ބޭނުން ގޮތަކަށް ޚަރަދުކޮށްފައި، ތިމަންނާއަކީ 'މިނިވަން' މީހެއްކަމަށާއި، ތިމަންނާއަކީ "އެއްވެސް މުސާރައެއް ނުވަތަ އުޖޫރައެއް ލިބޭ މީހެއް ނޫންކަމަށް" ބުނެ ދިފާޢެއް ނުނެގޭކަމާއި، އެހެން ބުނެގެން ފަރެއް ނުޖެއްސޭނެކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ 2024/HC-B12/21,22,23 (މޫސާ ނާޝިދު ވ ޕްރޮސިކިއުޓަރ ޖެނެރަލް) ޤަޟިއްޔާއިން ސާފުވެއެވެ. އެހެން ނޫނަސް، ޖަމްޢިއްޔާ ޖަވާބުދާރީ ކުރުވިފައި، ޖަމްޢިއްޔާ ތަމްސީލުކުރާ ރައީސް ޖަވާބުދާރީ ނުކުރުވޭނެކަމަށް ބުނުމަކީ ހެއްވާ ވާހަކައެވެ. ފައިސާ ދިން މީހާ ޖަވާބުދާރީ ކުރުވާފައި، ފައިސާ ލިބުނު މީހާ ޖަވާބުދާރީ ނުކުރުވޭނެކަމަކަށް ނުބުނެވޭނެ އެވެ،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސަރުކާރާއި ރައްޔިތުންގެ ފައިސާ ކުޅިވަރު ޖަމިއްޔާތަކުން ހަރަދުކުރާނަމަ، އެއީ ދައުލަތުގެ ފައިސާ ކަމަށް ވާތީ، ޢަމަލުކުރަންޖެހޭ ޤާނޫނީ ހަމަތަކެއް ހުންނާނެ ކަމަށެވެ. އެ ގޮތުން ބަލާއިރު، މާލިއްޔަތު ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދުތަކާއި، އެ އުޞޫލުތަކަށް ޢަމަލުނުކުރާނަމަ، ފާރަވެރިވާ އިދާރާތައް ހުންނަ ކަމަށާއި. އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި، ފައިނޭންޝަން އިންޓެލިޖެންސް ޔުނިޓާއި، ދިވެހި ފުލުހުންގެ ޚިދުމަތުން އެކަންކަން ކުރާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި ހުންނަވައި މޫސަ، އެސޯސިއޭޝަންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގެ މައްސަލަތަކެއްގައި، އޭނާއާ ގުޅުންހުރި ތަންތަން ވެސް ބަލައިފާސްކޮށްފައިވެ އެވެ. މޫސަ، ދައުލަތާ ދެކޮޅަށް ކުރި ދައުވާގައި ފާހަަގަކޮށްފައިވާ އެއް ކަމަކީ، އޭސީސީީ އަށް ނުލިބޭ ބާރުތަކެއް ބޭނުންކޮށް އޭނާއާ މެދު އަމަލުކޮށްފައިވާ ކަމަށެވެ.

"ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރާނަމަ، އެ އިދާރާތަކުން އެ މައްސަލައެއް ބަލާނެ އެވެ. އެކަން ކުރަނީ ސަރުކާރުގެ މުވައްޒަފެއްތޯ، "މިނިވަން" ޖަމްޢިއްޔާއެއްގެ ރައީސްތޯއެއް އެ ތަނަކުން ނުބަލާނެ އެވެ. ބަލަނީ ކާކުގެ ފައިސާއެއްތޯ އެވެ. ރައްޔިތުންގެ ފައިސާނަމަ، އެ ފައިސާ ޚަރަދުކުރާނެ ހަމަތަކެއް ހުންނާނެ އެވެ. އެ ހަމަތަކާ އެއްގޮތަށް ޢަމަލުކުރާކަން ކަށަވަރުކުރުމަކީ ދައުލަތުގެ ޒިންމާ އެކެވެ،" ޝަމީމް ވިދާޅުވި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އެންމެ ފަހުން އިންތިހާބުކުރި ހިންގާ ބޯޑު އިންތިހާބު ކުރީ 2021 ވަަނަ އަހަރުގެ ފެބްރުއަރީ 24 ގަ އެވެ. އެ ހިންގާ ބޯޑު ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރީ، 2021، މާޗް 11 ގަ އެވެ. އެންމެ ފަހުން އޮތް ހިންގާ ބޯޑުގެ ދައުރުގެ މުއްދަތު ހަމަވެ، ކޮމިޝަނާ އޮފް ސްޕޯޓްސް އިން، އިންތިހާބެއް ބާއްވަން ބެޑްމިންޓަން އެސޯސިއޭޝަނަށް ދެ ފަހަރެއްގެ މަތިން އިތުރުކޮށްދިން މުއްދަތު ވެސް ވަނީ ހަމަވެފަ އެވެ .

ޝަމީމް ވަނީ ކުޅިވަރަށް ސަރުކާރުން ކުރާ ހޭދައާ އެއްވަރުގެ ނަތީޖާއެއް ނުނިކުންނަ ނަމަ އޭގެ ސަބަބުތައް ހޯދައި، ކަންކަން ރަނގަޅުކުރުމަކީ ސަރުކާރުގެ އެކި ފަރާތްތަކުން ކުރަންޖެހޭނެކަމެއް ކަމަށް ވިދާޅުވެފަ އެވެ.

"ބެޑްމިންޓަން ކޯޓު ދިއްލަންކުރާ ޚަރަދަކީ، ބެޑްމިންޓަން އެސޯސިއޭޝަނަށް ސަރުކާރުން ދޭ "ފައިސާ"އެވެ. އެ ފައިސާ، އެސޯސިއޭޝަންގެ ބަޖެޓުން ފެނި، އޭގެން ނެރެވުނު ނަތީޖާވެސް އެނގެންވާނެ އެވެ،" ޝަމީމް ވިދާޅުވި އެވެ.

އކުޅިވަރު ޖަމްޢިއްޔާތަަކަކީ ގާނޫނީ ގޮތުން މިނިވަން ތަނެއް ކަމަށް ޝަމީމް ވެސް ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް، އޭގެ މާނަ އަކީ ސަރުކާރުން ކުރާ ޚަރަދާ އެއްވަރުގެ ބަދަލެއް ނުދޭނަމޭ ބުނުމެއް ނޫން ކަމަށް ޝަމީމްގެ ވާހަކައިގައި ފާހަަގަކުރެއްވި އެވެ.

"ފައިސާ ދޭނަމަ، އެފައިސާއިން ނެރެދޭންޖެހޭ ނަތީޖާއެއް އޮންނާނެއެވެ. އެއީ މިނިވަންކަން ގެއްލުމެއް ނޫނެވެ. 'މިނިވަން' ކަން އެ ގޮތަށް ބޭނުންވާނަމަ، ކުޅިވަރުކުޅެން ދޫކޮށްފައި ހުރި ބިންތަކަށް މާކެޓް ރޭޓުގައި ކުލިވެސް ވާނީ ދައްކާށެވެ." ޝަމީމް ވިދާޅުވި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އަންނަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ވެސް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox