ގާޒާގައި ޔޫއެން އިން ހިންގާ ސްކޫލަކަށް އިޒްރޭލުން ހަމަލާދީ 32 މީހުން މަރާލައިފި

ގާޒާގެ ނުސައިރަތު ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ހަމަލާދިނުން: ނުސައިރަތު ރެފިއުޖީ ކޭމްޕުގެ ސްކޫލަކަށް އިޒްރޭލުން ވަނީ ހަމަލާދީ 32 މީހުން މަރާލާފައި -- ފޮޓޯ: އޭޕީ

ގާޒާގެ ނުސައިރަތު ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ހަމަލާދިނުން: ނުސައިރަތު ރެފިއުޖީ ކޭމްޕުގެ ސްކޫލަކަށް އިޒްރޭލުން ވަނީ ހަމަލާދީ 32 މީހުން މަރާލާފައި -- ފޮޓޯ: އޭޕީ

ފަލަސްތީނުގެ ގާޒާގައި ނުސައިރަތު ރެފިއުޖީ ކޭމްޕުގައި ޔޫއެން އިން ހިންގާ ސްކޫލަކަށް އިޒްރޭލުން ހަމަލާދީ، އެތަނުގައި ހިޔާވަހިކަން ހޯދަމުން އައި މީހުންގެ ތެރެއިން 32 މީހުން މަރާލައިފި އެވެ.

އަލްޖަޒީރާއިން ރިޕޯޓްކުރި ގޮތުގައި އެތައް ހާސް މީހުންނެއް ހިޔާވެހިކަން ހޯދަމުންއައި ރެފިއުޖީ ކޭމްޕުގެ ސްކޫލަށް ދިން އެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އެ ހަމަލާ އިޒްރޭލުން ދީފައި ވަނީ ހަނގުރާމަ މަތީ މަތިންދާ ބޯޓު ބޭނުންކޮށްގެން ބޮން އަޅައިގެންނެވެ.

ހަމަލާގައި ޒަހަމްވި ގިނަ އަދަދެއްގެ މީހުން ވަނީ އަލްއަގްސާ ހޮސްޕިޓަލަށް ފަރުވާއަށް ގެންގޮސްފަ އެވެ. އަދި މަރުވި މީހުން ވެސް ގެންދިޔައީ އެ ހޮސްޕިޓަލަށެވެ.

އިޒްރޭލުން ބުނީ މި ހަމަލާ ދިނީ ހަމާސްގެ ހަނގުރާމަވެރިން އެތަނުގެ ތެރޭގައި ތިބުމުން، އެމީހުންނަށް އަމާޒުކޮށް ކަމަށެވެ. މިއީ މީގެ ކުރިން ވެސް އިޒްރޭލުން ގާޒާގެ އާއްމުންނަށް ހަމަލާ ދޭ ކޮންމެ ފަހަރަކު ހަދަމުން އަންނަ ދޮގެކެވެ.

ނަމަވެސް ގާޒާ ފަލަސްތީނުގެ މީޑިއާ އޮފީހުގެ ތަރުޖަމާން ވަނީ އިޒްރޭލުގެ ތުހުމަތުތައް ދޮގުކޮށް، ނުސައިރަތު ކޭމްޕުގައި ހަމާސްގެ އެއްވެސް މީހަކު ނެތް ކަމަށް ވިދާޅުވެފަ އެވެ.

އޮކްޓޯބަރު 7، އިން ފެށިގެން ފަލަސްތީނަށް އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 36،000 އަށްވުރެ ވަނީ އިތުރުވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހަނދަށް ކުރި ދަތުރުގެ ސޮފްޓްވެއާ އިންޖިނިއަރު މަރުވެއްޖެ

ނާސާގެ އެޕޯލޯ މިޝަންތަކުގެ ސޮފްޓްވެއާ އިންޖިނިއަރިން ޓީމު އިސްވެ ބަލަހައްޓަވައި، ހަނދަށް އިންސާނުން ފޮނުވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި މާގްރެޓް ހެމިލްޓަން އުމުރުން 90 އަހަރުގައި މަރުވެއްޖެއެވެ. އޭނާއަކީ "ސޮފްޓްވެއާ އިންޖިނިއަރިން" މި ލަފުޒު އުފެއްދެވި، އަދި އެޕޯލޯ 11 ހަނދަށް ތިރިކުރި ވަގުތު ދިމާވި ކޮމްޕިއުޓަރު މައްސަލަ ހައްލުކުރުމުގައި އެންމެ އިސްކޮށް ހުންނެވި ސައިންޓިސްޓެވެ. އޭނާގެ މި ތާރީޚީ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެމެރިކާގެ އެންމެ މަތީ މަދަނީ ޝަރަފު ކަމަށްވާ "ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް" ވެސް ވަނީ ލިބިވަޑައިގެންފައެވެ.

އިންސާނިއްޔަތާ ހިލާފު ޖަރީމާ ހިންގި މީހަކަށް އެމެރިކާގެ އެހީ

އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ހިންގާފައިވާ ސީރިޔާގެ ކުރީގެ ޖެނެރަލް ބައްސާމް އަލް ހަސަންއަށް، އެމެރިކާ އާއި ލުބުނާނުން ޚަރަދުކޮށް ހިމާޔަތް ދެމުންދާކަން ތަހުގީގަކުން ވަނީ ފަޅާއަރާފައެވެ. އޭނާއަށް މި ހިމާޔަތް ދެނީ ވަގަށް ނަގާފައިވާ އެމެރިކާގެ ނޫސްވެރިޔާ އޮސްޓިން ޓައިސްއާ ގުޅޭ ޖާސޫސީ މައުލޫމާތު ފޯރުކޮށްދިނުމަށް އެއްބަސްވުމުން ކަމަށްވާއިރު، ސީރިޔާގެ އާ ސަރުކާރުން ދަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ބޯހިޔާވަހިކަމުގެ މައްސަލައިގެ ރަމްޒަކަށްވި މީހާ މަރުވެއްޖެ

ސްޕެއިންގެ ބޯހިޔާވަހިކަމުގެ މައްސަލައިގެ ރަމްޒަކަށްވި އުމުރުން 87 އަހަރުގެ މަރީކާމެން އަބަސްކަލް، އޭނާ 70 އަހަރު އުޅުނު ގެއިން މަޖުބޫރުން ބޭރުކޮށްލާފައި ވަނިކޮށް މަރުވެއްޖެއެވެ. އޭނާގެ މަރާ ގުޅިގެން ގައުމުގެ ބޯހިޔާވަހިކަމުގެ ނިޒާމަށް ފާޑުކިޔުންތައް އަމާޒުވެ، ގިނަ ބަޔަކު ދަނީ އޭނާގެ ހަނދާނުގައި މުޒާހަރާކޮށް އިހުތިރާމް އަދާކުރަމުންނެވެ.

ކެންޔާގެ ފުރަތަމަ އެބޯލާ ކޭސްއާ އެކު މީހުން އެކަހެރިކުރަނީ

ކެންޔާއިން ފުރަތަމަ ފަހަރަށް އެބޯލާ ޖެހިފައިވާ މީހަކު ފެނި، އެ ބަލީގައި އޭނާ މަރުވުމާ ގުޅިގެން އެ ގައުމުގައި ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ. ޑީއާރު ކޮންގޯއިން ދަތުރުކުރި މި މީހާއާ ބައްދަލުވި 10 މީހަކު މިހާރު އެކަހެރިކޮށްފައިވާއިރު، އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ގައުމުތަކުގެ ބޯޑަރުތަކުގައި ބަލި ދެނެގަތުމަށް ގާއިމުކޮށްފައިވާ ނިޒާމުގެ ފެންވަރާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

އެންމެ ގިނަ ޕެންގުއިން އުޅޭ ރަށުން އާބާދީގެ ބޮޑުބައެއް ނެތިގޮސްފި

ދުނިޔޭގައި އެންމެ ގިނައިން ޕެންގުއިން އުޅޭ ޒަވޮޑޮވްސްކީ އައިލެންޑުގެ "ޗިންސްޓްރެޕް" ޕެންގުއިންގެ އާބާދީ 63 އިންސައްތަ މަދުވެފައިވާކަން އާ ދިރާސާއަކުން ދައްކައިފިއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކާނާ ލިބުން ދަތިވެ، މި ބާވަތުގެ ޕެންގުއިން ނެތިދިއުމުގެ ބިރު އޮތްއިރު، އެ ރަށުގައި އުޅޭ "މެކަރޯނީ" ޕެންގުއިންގެ އާބާދީ ދަނީ އިތުރުވަމުންނެވެ.

އިންޑިއާ މުޒާހަރާ ހޫނުވެ ރާހުލް ގާންދީ ގަދަކަމުން ގެންދަން އުޅެފި

އިންޑިއާގެ އިލެކްޝަން ކޮމިޝަނުން ވޯޓުލާ މީހުންގެ ދަފުތަރަށް ބަދަލު ގެންނަ ކަމަށް ބުނެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ އިސްވެ ހުންނަވައި ކުރި މުޒާހަރާ ފުލުހުން ހުއްޓުވައި، އޭނާ ގަދަކަމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ނިއު ދިއްލީގެ މަސްލަހަތު ގޯސްވެފައިވާއިރު، އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ އިލެކްޝަން ކޮމިޝަނުން އަމަލުކުރަނީ ވެރިކަންކުރާ ބީޖޭޕީއަށް ފައިދާވާ ގޮތަށް ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox