އެމްބާޕޭއާ ހެދި ރެއާލްގެ ކުޅުންތެރިންގެ މެދުގައި މައްސަލަ ޖެހޭނެ

Jun 5, 2024, 11:53 AM
އެމްބާޕޭއާ ހެދި ރެއާލްގެ ކުޅުންތެރިންގެ މެދުގައި މައްސަލަ ޖެހޭނެ

ބާސެލޯނާ (ޖޫން 5) - ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ އައުމާ އެކު, ރެއާލްގެ ކުޅުންތެރިންގެ މެދުގައި މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށާއި, އޭގެ ފައިދާ ކުރާނީ ބާސެލޯނާ އަށް ކަމަށް އެ ކުލަބްގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

ބާސެލޯނާގެ ރައީސް ލަޕޯޓާ ވިދާޅުވީ, އެ ކުލަބުން މި ޓްރާންސްފާ މާކެޓުގައި އަގުބޮޑު ކުޅުންތެރިއެއް ހޯދުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި ކުލަބްގެ މިސްރާބު މިހާރު ހުރީ ހަރަދުތައް ކުޑަކޮށް, މާލީ ފައިދާ ހޯދާނެ މަގުތައް ހޯދުމަށް ކަމަށްވެސް ލަޕޯޓާ ވިދާޅުވި އެވެ.

ބާސެލޯނާގެ ވާދަވެރި ކުލަބް ރެއާލުން އަންނަނީ ކުލަބްގެ ސްކޮޑު އިތުރަށް ވަރުގަދަ ކުރަން މަސައްކަތް ކުރަމުންނެވެ. އެ ގޮތުން އެމްބާޕޭގެ ސޮއި ހޯދާފައިވާކަން ރެއާލުން އިއުލާން ކޮށްފައިވާއިރު, ލަޕޯޓާ ދެކޭ ގޮތުގައި އެއީ ބާސާ އަށް އޮތް އެޑުވާންޓޭޖެކެވެ.

"އަހަރެން ދެކެނީ އެއީ އެޑުވާންޓޭޖެއްގެ ގޮތުގައި. ރެއާލްގައި އެބަތިބި އެއް ފެންވަރެއްގެ ކުޅުންތެރިން. ކޮންމެ ކުޅުންތެރިއަކުވެސް ބޭނުންވާނެ ފުރަތަމަ އެގާރައިގައި ކުޅެން. އެ ފުރުސަތު އެ ކުލަބުގައި ނުލިބޭނެ. ފެންނާނީ މައްސަލަ ޖެހޭތަން. އެއީ ބާސާ އަށް ލިބޭނެ އެޑްވާންޓޭޖެއް" ލަޕޯޓާ ބުންޏެވެ.

ރެއާލުން އެމްބާޕޭއާ އެކު ހަދާފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އެމްބާޕޭ ހޯދަން ރެއާލުން މިދިޔަ ތިން އަހަރު ވެސް މަސައްކަތް ކޮށްފައިވެ އެވެ.

ޕީއެސްޖީ އަށް ކުޅެދިން 306 މެޗުގައި އެމްބާޕޭ ވަނީ 256 ގޯލު ޖަހާ 96 ގޯލު ޖަހަން އެހީތެރިވެދީފަ އެވެ. އަދި ޕީއެސްޖީއާ އެކު ހަތް ފަހަރު ފްރެންޗް ލީގު ވަނީ ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުގައި އޭނާ އެންމެ ބޭނުންވީ ޗެމްޕިއަންސް ލީގެއް ކާމިޔާބު ކުރާށެވެ. އެކަމަކު، އެކަން ހާސިލްނުވެ، އެމްބާޕޭ މި ސޮއިކުރި ރެއާލް އަކީ، ޗެމްޕިއަންސް ލީގު 15 ފަހަރު ކާމިޔާބުކޮށްފައިވާ، އެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox