އިންތިހާބުގެ ކާމިޔާބާއެކު ފައްޔާޒު މޯދީއަށް މަރުހަބާ ވިދާޅުވެއްޖެ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް : އިންތިހާބުގެ ކާމިޔާބާއެކު މޯދީއަށް ފައްޔާޒު މަރުހަބާ ދަންނަވައިފި - ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް : އިންތިހާބުގެ ކާމިޔާބާއެކު މޯދީއަށް ފައްޔާޒު މަރުހަބާ ދަންނަވައިފި - ފޮޓޯ: އެމްޑީޕީ

އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީ ލީޑުކުރާ އެންޑީއޭ ކޯލިޝަނުން އެ ގައުމުގެ ބަރުލަމާނީ އިންތިހާބު ކާމިޔާބުކޮށް، ނަރެންދުރާ މޯދީ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރެއް ކަށަވަރުކުރެއްވުމުން، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި މިރޭ ކުރެއްވި ޕޯސްޓެއްގައިމޯދީއަށް މަރުހަބާ ވިދާޅުވެ، ފައްޔާޒް ފާހަގަކުރެއްވީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުމެވެ. މޯދީގެ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރުގައި ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ އެކުގައި ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ވެރިކަމުގައި އިންޑިއާއާ ގާތްގުޅުމެއް ބޭއްވި އިރު ފައްޔާޒަކީ އިކޮނޮމިކް މިނިސްޓަރެވެ.

Advertisement

މޯދީ ތިންވަނަ ދައުރަކަށް އިންތިހާބުވި ނަމަވެސް އޭނާގެ ބީޖޭޕީ އަށް ވަނީ ޕާލިމެންޓުގެ ސާފު މެޖޯރިޓީ ގެއްލިފަ އެވެ.

ޕާޓީއަކަށް މެޖޯރިޓީ ލިބޭނީ ލޮކްޝަބާގެ 543 ގޮނޑީގެ ތެރެއިން 272 ގޮނޑި ކާމިޔާބުކޮށްގެންނެވެ. ނާތީޖާ ދައްކާ ގޮތުން މިފަހަރުގެ އިންތިހާބުގައި ބީޖޭޕީއަށް ލިބޭނީ 240 ގޮނޑި އެވެ. ބީޖޭޕީއަށް ލޮކްޝަބާގެ މެޖޯރިޓީ ގެއްލިފައި މިވަނީ ދަހަރެއް ފަހުންނެވެ.

ބީޖޭޕީގެ އިތުރުން ދެން އެ ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކާ އެކު އެންޑީއޭއިން ލޮކްޝަބާގެ 292 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ދަނީ ރިޕޯޓުކުރަމުންނެވެ.

ސާފު މެޖޯރިޓީ ގެއްލުނު ނަމަވެސް، މޯދީ ވަނީ ބީޖޭޕީގެ މައި ހަރުގެއަށް ވަޑައިގެން ޕާޓީގެ އިސްވެރިންނާއެކު އިންތިހާބުގެ ކާމިޔާބީ އިއުލާނުކުރައްވާފަ އެވެ. އެގޮތުން ކާމިޔާބީގެ ހިތާބުގައި މޯދީ ވަނީ އިންޑިއާގެ ރައްޔިތުންގެ އިތުބާރު އޭނާގެ ޕާޓީއަށް އެބައޮތް ކަމަށާއި މިއަދުގެ ނަތީޖާއަކީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox