އަނިޔާއާ ހެދި ކުއާޓާގެ ކުރިން ޖޮކޮވިޗް ފްރެންޗް އޯޕަން އިން ވަކިވެއްޖެ

Jun 4, 2024, 4:03 PM
އަނިޔާއާ ހެދި ކުއާޓާގެ ކުރިން ޖޮކޮވިޗް ފްރެންޗް އޯޕަން އިން ވަކިވެއްޖެ

ޕެރިސް (ޖޫން 4) - މިހާރު ކުރިއަށްދާ ފްރެންޗް އޯޕަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިފައިވީ ނަމަވެސް، އަނިޔާއާ ހެދި އިތުރަށް ކުރިއަށް ދެވެން ނެތުމުން، ދުނިޔޭގެ އެއް ވަނަ ނޮވަކް ޖޮކޮވިޗް މުބާރާތުން ވަކިވެއްޖެ އެވެ.

ކަނާތު ކަކުލަށް ލިބިފައިވާ އަނިޔާއާ އެކު ވެސް ޖޮކޮވިޗް، 37، ވަނީ، ފްރެންޗް އޯޕަންގެ ހަތަރު ވަނަ ބުރުގައި، ފަހަތުން އަރައި، ހިތްވަރުގަދަ ކުޅުމެއް ދައްކައި، އާޖެންޓީނާގެ ފްރަންސިސްކޯ ސެރުންޑޯލޯ އަތުން މޮޅުވެފަ އެވެ. އެ މެޗުގައި ޖޮކޮވިޗް ކުޅުނީ ކަކުލުގައި ޓޭޕްކޮށްގެންނެވެ.

މެޗަށް ފަހު، ޖޮކޮވިޗް ވަނީ، މުބާރާތުގައި އިތުރަށް ކުރިއަށް ނުދެވިދާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. މިއަދު، ހެދި ސްކޭންތަކަށް ފަހު އެނގުނީ، ޖޮކޮވިޗްގެ ކަނާތު ކަކުލުގެ މެނިސްކަސް އިރައިގެން ގޮސްފައިވާ ކަމެވެ. އެހެންވެ، އޭނާ މެޑިކަލް ޓީމާ މަޝްވަރާ ކުރުމަށް ފަހު ނިންމާފައިވަނީ އިތުރަށް ކުރިއަށްނުދިއުމަށެވެ. އަދި ބުދަ ދުވަހު، ނޯވޭގެ ކެސްޕާ ރޫޑާ ދެކޮޮޅަށް ކުޅެން އޮތް ކުއާޓާ ފައިނަލް މެޗު، ޖޮކޮވިޗް ވަނީ ދޫކޮށްލައިފަ އެވެ.

ފްރެންޗް އޯޕަންގެ މި ހިސާބުން ވަކިވުމުން، ޖޮކޮވިޗަށް ދުނިޔޭގެ ރޭންކިންގެ އެއް ވަނަ ގެއްލޭނެ އެވެ. އެއް ވަނަ އަށް ދެން އަރާނީ އިޓަލީގެ އެއް ވަނަ ތަރި، ޖަނިކް ސިނާ އެވެ.

ޖޮކޮވިޗަށް ލިބިފައިވާ މި އަނިޔާއިން ރަނގަޅުވެ، އަންނަ މަހުގެ އެއް ވަނަ ދުވަހު ފަށާ ވިމްބަލްޑަން ޓެނިސް މުބާރާތަށް އޭނާ އެކަށީގެންވާ މިންވަރަށް ފިޓްވެދާނެތޯ ސުވާލު އުފެދެ އެވެ. ޖޮކޮވިޗް ވަނީ އެ މުބާރާތް ހަތް ފަހަރު ކާމިޔާބުކޮށްފަ އެވެ.

އެކަަމަކު، ރިޕޯޓްތައް ބުނާގޮތުން، ޖޮކޮވިޗްގެ ވިސްނުމަކަށްވާނީ، ވިމްބަލްޑަން އަށް އެއްކޮށް ފިޓްނުވާނަމަ އެ މުބާރާތް ދޫކޮށްލުމަށް ފަހު، އަންނަ މަހު 26 ގައި ފްރާންސްގެ ޕެރިހުގައި ފަށާ އޮލިމްޕިކްސް އަށް ފިޓްވުމެވެ. ގްރޭންޑް ސްލޭމް ޓެނިސްގެ 24 ތަށި ހޯދައިގެން ރެކޯޑެއް ގާއިމްކޮށްފައި އޮތް ޖޮކޮވިޗްގެ ކާމިޔާބު ކެރިއަރުގައި މަދުވަނީ، އޮލިމްޕިކްގެ ޓެނިސް އިވެންޓުން ރަން މެޑަލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox