ސައުދީ އަރަބިއްޔާއަށް ފޮނުވަން ރުހުން ދިން ސަފީރު ޕާކިސްތާނަށް ބަދަލުކޮށްފި

ޕާކިސްތާނުގައި ހުންނަވާ ސަފީރުކަމަށް އައްޔަން ކުރަން ނިންމާފައިވާ މުހައްމަދު ތޯހާ، ރައީސް ފުރަތަމަ ނިންމެވީ ސައުދީއަރަބިއްޔާގައި ހުންނަވާ ސަފީރުކަމަށް އޭނާ އައްޔަންކުރައްވަން. އެކަމަށް މަޖިލީހުން ރުހުން ވެސް ދިން. ފޮޓޯ:ސޯޝަލް މީޑިއާ

ޕާކިސްތާނުގައި ހުންނަވާ ސަފީރުކަމަށް އައްޔަން ކުރަން ނިންމާފައިވާ މުހައްމަދު ތޯހާ، ރައީސް ފުރަތަމަ ނިންމެވީ ސައުދީއަރަބިއްޔާގައި ހުންނަވާ ސަފީރުކަމަށް އޭނާ އައްޔަންކުރައްވަން. އެކަމަށް މަޖިލީހުން ރުހުން ވެސް ދިން. ފޮޓޯ:ސޯޝަލް މީޑިއާ

ރާއްޖޭގެ ފަރާތުން ސައުދީ އަރަބިއްޔާގައި ހުންނަވާ ސަފީރުކަަމަށް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، މަޖިލީހުން ރުހުން ވެސް ދީފައިވާ ނ. ހޮޅުދޫ، އުފަންވެލި، ތޯހާ މުހައްމަދު ޕާކިސްތާނަށް ބަދަލުކުރަން ނިންމަވައި ރުހުން ހޯދަން މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ސައުދީ އަރަބިއްޔާގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމަށް ތޯހާ އައްޔަން މަޖިލީހުގެ ރުހުން އޮތް ކަމަށް މަޖިލީހުން ފާސްކުރީ މެއި، 6 ގަ އެވެ. އެހައިތަނަށް ރުހުން ލިބުނު ސަފީރުންނަށް މެއި 7، ގައި ރައީސް ފަތްކޮޅު ދެއްވި އިރު އޭނާއަށް ފަތްކޮޅެއް ނުދެއްވަ އެވެ.

ތޯހާއަށް ރުުހުންދޭން މަޖިލީހުން އޭރު ފާސްކުރި އިރު މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އޭނާއަށް ރުހުންދޭން ފެންނަ ކަމަށް މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓްގައި ކަނޑައެޅީ އިންޓަވިއު ވެސް ނުކޮށެވެ.

އެހެން އެކަން އޮއްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ އަށް ރައީސް މިއަދު ފޮނުއްވި ސިޓީއެއްގައި އެދިވަޑައިގެންނެވީ ސައުދީ އަރަބިއްޔާގެ ބަދަލުގައި ޕާކިސްތާނުގައި ހުންނަވާ ސަފީރުކަމަށް ތޯހާ އައްޔަންކުރުމާ މެދު މަޖިލީހަށް ފެންނަ ގޮތެއް ބައްލަވައިދެއްވުމަށެވެ.

ތުރުކީގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް (ރިޓަޔާޑް) އަބްދުއް ރަހީމް އަބްދުއް ލަތީފު އައްޔަން ކުރުމާ މެދު މަޖިލީހަށް ފެންނަ ގޮތެއް ބައްލަވައިދެއްވަން ވެސް އެސިޓީގައި ރައީސް އެދިވަޑައިގެންނެވި އެވެ.

ރައީސް މިގޮތަށް ނިންމެވި ސަބަބެއް އަދި ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox