ސައުދީގައި މި ހުރީ ފައިސާއާ ހެދިއެއް ނޫން: ޖެރާޑް

Jun 4, 2024, 2:01 AM
ސައުދީގައި މި ހުރީ ފައިސާއާ ހެދިއެއް ނޫން: ޖެރާޑް

ރިޔާދު، ސައުދީ އަރަބިއްޔާ (ޖޫން 4) - ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގުގެ ކްލަބް އަލް އިއްތިފާގުގެ ކޯޗަކަށް އޭނާ ހުރީ ހަމައެކަނި ފައިސާ ބޭނުންވާތީ ނޫން ކަމަށް އެ ޓީމާ ހަވާލުވެހުރި އިނގިރޭސި ކޯޗު ސްޓީވެން ޖެރާޑް ބުނެފި އެވެ.

ޖެރާޑް، 43، ޕްރޮފެޝަނަލް ކޯޗިން ކެރިއަރު ފެށީ، 2018 ވަނަ އަހަރު ސްކޮޓްލެންޑްގެ ރޭންޖާސް އިންނެވެ. އެ ޓީމާ އެކު ސްކޮޓްލެންޑްގެ ޕްރިމިއާ ލީގު ކާމިޔާބުކުރި ޖެރާޑް، ވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު، އިނގިރޭސި ޕްރިމިއާ ލީގުގެ އެސްޓަން ވިލާއާ ހަވާލުވެފަ އެވެ. އެ ޓީމުގެ ކޯޗުކަމުން، 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ވަކިކުރި ޖެރާޑް ވަނީ، މިދިޔަ އަހަރު ޖުލައި، މަހު އަލް އިއްތިފާގުގެ ކޯޗުކަމާ ހަވާލުވެފަ އެެވެ.

"މާލީ ގޮތުން އަހަންނަށް ލިބެންޖެހޭ ފައިސާއާ ދިރިއުޅުން ހަމަޖެހިލައިގެން އުޅެވޭ ވަރު ވިތާ ވަރަށް ގިނަ އަހަރުތަކެއްވެއްޖެ،" ޖެރާޑް، ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުންޏެވެ. "ސައުދީ އަށް އައީ ފައިސާގެ ކަންކަން ރަނގަޅުވުމުންތަ؟ އެއީ އެ ކަމުގެ އެއްބައި. އެކަމަކު، ސައުދީ އަށް އައި ހަމައެކަނި ފައިސާއާ ހެދިއެއް ނޫން. އެތައް މިލިއަން ފަހަރަކު އެހިޔަސް އެއީ ހަގީގަތެއް ނޫން،"

މިދިޔަ ޖެނުއަރީ މަހު، ޖެރާޑް ވަނީ އަލް އިއްތިފާގާ އެކު ހަދާފައިވާ ކޮންޓްރެކްޓް، 2027ގެ ސީޒަނުގެ ނިޔަލަށް އާކޮށްފަ އެވެ. ޖެރާޑް ބުނީ ދާދި ފަހުން ވެސް އޭނާ އަށް ޕްރިމިއާ ލީގުގެ ކްލަބްތަކުން ހުށަހެޅުން ލިބުނު ކަމަށާއި އެކަމަކު، ސައުދީގައި ކުރިއަށްގެންދާ ޕްރޮޖެކްޓް މެދުތެރެއިން ދޫކޮށްލައިފައިދާން ބޭނުންނުވީ ކަމަށެވެ.

"ސައުދީގައި މި ހުރީ ފައިސާއާ ހެދިއެއް ނޫން. ޝައުގުވެރިވާ މަސައްކަތްތަކެއް ކުރަން،" ލިވަޕޫލް އެކެޑަމީގައި ކޯޗިންގެ މަސައްކަތް ފެށި ޖެރާޑް ބުންޏެވެ.

ޖެރާޑް ބުނީ، އެސްޓަން ވިލާގެ ތަޖުރިބާ އަށް ފަހު، އަލުން ޕްރިމިއާ ލީގަށް އެނބުރި އަންނާނީ ވަރަށް ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox