ފެނަބާޗޭ އަށް ރޯމާ ކުޅުންތެރިއެއް ގެންދިޔުމުގެ ޝައުގެއް ނެތް: މޮރީނިއޯ

Jun 3, 2024, 1:31 PM
ފެނަބާޗޭ އަށް ރޯމާ ކުޅުންތެރިއެއް ގެންދިޔުމުގެ ޝައުގެއް ނެތް: މޮރީނިއޯ

އިސްތަންބޫލް (ޖޫން 3) - ތުރުކީގެ ފެނަބާޗޭގެ ކޯޗުކަމާ މި ހަފުތާގައި ހަވާލުވި ހޯސޭ މޮރީނިއޯ އެ ކުލަބަށް އޭނާގެ ކުރީގެ ކުލަބް ރޯމާ އިން އެއްވެސް ކުޅުންތެރިއެއް ގެނައުމުގެ ޝައުގެއް ނެތް ކަމަށް ބުނެފި އެވެ.

އިޓަލީގެ ރޯމާގެ ކޯޗުކަމުން މޮރީނިއޯ ވަކިކުރީ މިދިޔަ ޖެނުއަރީ މަހުގަ އެވެ. އޭނާ ރޯމާގެ ކޯޗުކަމުން ވަކިކުރުމުން އެ ކުލަބްގެ ބައެއް ސަޕޯޓަރުން ވަނީ އެކަމަށް ފާޑުވެސް ކިޔައިފަ އެވެ. ފެނަބާޗޭ އަށް މޮރީނިއޯ ބަދަލުވިއިރު, ދާދި ފަހުން، ބެސިކްޓާސްގެ ނައިބު ރައީސް، ހުސެއިން ޔުޝެލް ވަނީ މޮރީނިއޯ އެ ކުލަބަށް ގެންދިޔުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން ސައުދީގެ ކުލަބުތަކުން ވެސް ވަނީ މޮރީނިއޯ ގެންދިޔުމަށް ބޮޑެތި ހުށަހެޅުންތައް ހުށަހަޅާފަ އެވެ.

ފެނަބާޗޭ އަށް ބަދަލުވުމަށްފަހު ދިން އިންޓަވިއުއެއްގައި މޮރީނިއޯއާ އަމާޒުވި އެއް ސުވާލަކީ އޭނާގެ ކުރީގެ ކުލަބް ރޯމާގެ ބައެއް ކުޅުންތެރިން ފެނަބާޗޭ އަށް ގެންދިޔުމަށް އެ ކުލަބުން ނިނާމާފައިވޭތޯ އެވެ. އެ ސުވާލަށް ޖަވާބު ދެމުން މޮރީނިއޯ ބުނީ, އޭނާގެ ކުރީގެ ކުލަބުން ކުޅުންތެެރިއަކު ފެނަބާޗޭ އަށް ގެންދިޔުމުގެ ޝައުގެއް އޭނާގެ ނެތް ކަމަށެވެ.

"އަހަރެން ރޯމާގެ ކުޅުންތެރި އެއް ފެނަބާޗޭ އަށް ގެނައުމުގެ ޝައުގުވެރިކަމެއް ނެތް. ޓްރާންސްފާ މާކެޓުގައި އަދި ވަރަށް ދުވަސް އެބައޮތް. ރަނގަޅު ކުޅުންތެރިން ފެނަބާޗޭއާ ގުޅޭނެ ކަމުގެ ޔަގީންކަން އަހަރެން އަށް އެބައޮތް" މޮރީނިއޯ ބުންޏެވެ.

މީގެ ކުރިން މޮރީނިއޯ ވަނީ ޔޫރަޕްގެ ހަތަރު ގައުމެއްގައި ކޯޗިންގެ މަސައްކަތްކޮށްފަ އެވެ. ޕޯޗުގަލްގައި ޕޯޓޯއާ އެކު ފެނުުނުއިރު، އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް އަދި ޓޮޓެންހަމް އަށް ކޯޗުކޮށްދިނެވެ. ސްޕެއިނުގެ ރެއާލް މެޑްރިޑާއި އިޓަލީގެ އިންޓަ މިލާނަށް ވެސް މޮރީނިއޯ ވަނީ ކޯޗުކަން ކޮށްދީފަ އެވެ. ތުރުކީ ވެގެންދާނީ، ޕްރޮފެޝަނަލް ކޯޗިންގައި މޮރީނިއޯ މަސައްކަތްކުރާނެ ފަސް ވަނަ ގައުމަށެވެ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox