މޮރީނިއޯ ބޭނުންވަނީ ފެނަބާޗޭގެ ތާރީހުން ހާއްސަ ޖާގައެއް

Jun 3, 2024, 5:09 AM
މޮރީނިއޯ ބޭނުންވަނީ ފެނަބާޗޭގެ ތާރީހުން ހާއްސަ ޖާގައެއް

އިސްތަންބޫލް، ތުރުކީ (ޖޫން 3) - އޭނާ ވާނީ ފެނަބާޗޭ ތަމްސީލުުކުރާ އެންމެންގެ ކޯޗަކަށް ކަމަށާއި އެ ޓީމުގައި ތާރީހީ މަސައްކަތެއް ކުރަން ބޭނުންވާ ކަމަށް ފެނަބާޗޭގެ ކޯޗުކަމާ ހަވާލުވި ހޯސޭ މޮރީނިއޯ ބުނެފި އެވެ.

މިދިޔަ ޖެނުއަރީ މަހު ރޯމާގެ ކޯޗުކަމުން ވަކިކުރި މޮރީނިއޯ، 61، ވަނީ ތުރުކީގެ ގަދަބާރު ފެނަބާޗޭއާ އެކު، ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ.

ފެނަބާޗޭގެ ކޯޗެއްގެ ގޮތުގައި މޮރީނިއޯ ތައާރަފްކުރަން، ބޭއްވި އިވެންޓަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑަށް ގޮސްފަ އެވެ. މޮރީނިއޯ ބުނީ، އާންމު ގޮތެއްގައި ކޯޗަކަށް ސަޕޯޓަރުންގެ ލޯބި އެހާ ބޮޑަށް ލިބިގެންދަނީ، ކާމިޔާބީތަކެއް ހޯދުމުން ކަމަށެވެ. އެހެން ނަމަވެސް، ފެނަބާޗޭގެ ސަޕޯޓަރުން، އޭނާ އަށް ފުރަތަމަ ދުވަހު ވެސް އެ ލޯބި ދިނުމުން ވަރަށް ބޮޑަށް ހިތްހަމަޖެހި، މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ބޮޑުވެފައިވާ ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.

"މި ވަގުތުން ފެށިގެން އަހަރެން ވައުދުވަން. އަހަރެން ނިސްބަތްވަނީ މި ކްލަބްގެ މި އާއިލާ އަށް. މި ކްލަބްގެ ޖޯޒީ އަކީ އަހަރެންގެ ގައިގެ ހަންގަނޑު. ފުޓްބޯޅައިގެ ޕެޝަން ނެތި ކުރިއަށް ނުދެވޭނެ. މި ކްލަބްގައި މި އޮތް ޕެޝަނާ އެއްވަރުގެ އެހެން ތަނެއް ނެތް. އަހަރެން ބޭނުންވަނީ މުޅި ކްލަބްގެ ކޯޗަކަށް ވާން، ތި އެންމެންގެ ކޯޗަކަށް ވާން،" މޮރީނިއޯ ބުންޏެވެ.

މީގެ ކުރިން މޮރީނިއޯ ވަނީ ޔޫރަޕްގެ ހަތަރު ގައުމެއްގައި ކޯޗިންގެ މަސައްކަތްކޮށްފަ އެވެ. ޕޯޗުގަލްގައި ޕޯޓޯއާ އެކު ފެނުުނުއިރު، އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް އަދި ޓޮޓެންހަމް އަށް ކޯޗުކޮށްދިނެވެ. ސްޕެއިނުގެ ރެއާލް މެޑްރިޑާއި އިޓަލީގެ އިންޓަ މިލާނަށް ވެސް މޮރީނިއޯ ވަނީ ކޯޗުކަން ކޮށްދީފަ އެވެ. ފެނަބާޗޭ އަށް ބަދަލުވެއްޖެނަމަ، ތުރުކީ ވެގެންދާނީ، ޕްރޮފެޝަނަލް ކޯޗިންގައި މޮރީނިއޯ މަސައްކަތްކުރާނެ ފަސް ވަނަ ގައުމަށެވެ.

"ތުރުކީ ފުޓްބޯޅަ އަށް އެހީތެރިވާން އަހަރެން ބޭނުން. އެކަމަކު، އެންމެ މުހިންމު ކަމަކީ، ފެނަބާޗޭ އަށް ކާމިޔާބު ހޯދައިދިނުން. އަހަރެން ފެނަބާޗޭގެ ކޮންޓްރެކްޓްގައި ސޮއިކުރުމާ އެކު، ތި އެންމެންގެ ހުވަފެނަކީ އަހަރެންގެ ވެސް ހުވަފެން،" މޮރީނިއޯ ބުންޏެވެ.

ތުރުކީގެ ޗެމްޕިއަންކަން 19 ފަހަރު ހޯދާފައިވާ ފެނަބާޗޭ އިން އެންމެ ފަހުން ލީިގު ކާމިޔާބުކުރީ، މީގެ 10 އަހަރު ކުރިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox