އިޒްރޭލު ރައްޔިތުން ރާއްޖެ ދޫކޮށް ދިޔުމަށް އެ ގައުމުން އިލްތިމާސްކޮށްފި

ރާއްޖޭގައި އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން ގޮވާލައި އިއްޔެ ކުރިއަށްގެންދިޔަ މުޒާހަރާގެ ބައިވެރިޔަކު އިޒްރޭލް ޕާސްޕޯޓު މަނާކުރަން ލިޔެފައިވާ ބޯޑެއް ހިފަހައްޓައިގެން.  -- ފޮޓޯ؛ މުހައްމަދު ޝަހުޒާން / އަދަދު

ރާއްޖޭގައި އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން ގޮވާލައި އިއްޔެ ކުރިއަށްގެންދިޔަ މުޒާހަރާގެ ބައިވެރިޔަކު އިޒްރޭލް ޕާސްޕޯޓު މަނާކުރަން ލިޔެފައިވާ ބޯޑެއް ހިފަހައްޓައިގެން. -- ފޮޓޯ؛ މުހައްމަދު ޝަހުޒާން / އަދަދު

އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށްޓަކައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިއްޔެ ނިންމުމާއެކު، މި ވަގުތު ރާއްޖޭގައި ތިބި އިޒްރޭލުގެ އެންމެން މިތަން ދޫކޮށް ދިޔުމަށާއި، ރާއްޖެއަށް ޒިޔާރަތް ނުކުރުމަށް އެ ގައުމުން އިލްތިމާސްކޮށްފި އެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ ދަ ޓައިމްސް އޮފް އިޒްރޭލްގައި ބުނެފައި ވަނީ މި ވަގުތު ރާއްޖޭގައި ތިބި އިޒްރޭލު މީހުން ފުރައިގެން ދިޔުމަށް އެދެނީ ނުރައްކަލެއް ކުރިމަތިވެދާނެ ހާލަތެއްގައި އެހީތެރިވުމަށް ދަތިވާނެތީ ކަމަށެވެ.

ނިމިގެން ދިޔަ 2023 ވަނަ އަހަރު އިޒްރޭލުން ގާތްގަނޑަކަށް 10،966 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރި އެވެ. އެއީ ރާއްޖެ ޒިޔާރަތްކުރި ޖުމުލަ ޓޫރިސްޓުންގެ 0.58 ޕަސެންޓެވެ. މި އަހަރުގެ ފުރަތަމަ ހަތަރު މަހު 500 އަށް ވުރެ ގިނަ ޓޫރިސްޓުން އެ ގައުމުން ރާއްޖެއަށް ޒިޔާރަތް ކުރި އެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން ރާއްޖޭން ނިންމުމާއެކު އިޒްރޭލުން އިލްތިމާސްކޮށްފައި ވަނީ، އެހެން ގައުމެއްގެ ޕާސްޕޯޓު އޮންނަ އިޒްރޭލްގެ ރައްޔިތަކު ވިޔަސް ރާއްޖެ އަށް ޒިޔާރާތް ނުކުރުމަށެވެ.

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާ ކުރަން ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމީ އިއްޔެ އެވެ. އެ މަރުހަލާ ކުރިއަށް ގެންދަން ވަޒީރުންގެ މަޖިލީހުން ވަނީ ކޮމިޓީއެއް އެކުލަވައިލާފަ އެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ގޮވާލައި 19 ވަނަ ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސް ކޮށްފައި ވާއިރު، އަލަށް ހުވާކުރި 20 ވަނަ މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވަނީ އިމިގްރޭޝަން ގާނޫނު އިސްލާހުކޮށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން ބިލެއް ހުށަހަޅުއްވާފަ އެވެ.

އެ ބިލަށް ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ތާއިދު ކުރާކަން ބުނެފައެއް ނެތެވެ.

އޮކްޓޯބަރު 7، 2023، ގައި އިޒްރޭލުން ފެށި ގަތުލުއާންމުގައި 36،000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ވަނީ މަރާލައިފަ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. މި ގަތުލުއާންމާ ގުޅިގެން އިޒްރޭލް ޕާސްޕޯޓު މަނާކުރަން ދިވެހިން ދަނީ ގޮވަމުންނެވެ.

އިސްރޭލުގެ ޕާސްޕޯޓް މަނާކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އަލްޖީރިއާ، ބަންގްލަދޭޝް، ބްރޫނާއީ، އީރާން، އިރާގު، ކުވައިތު، ލުބުނާން، ލީބިޔާ، ޕާކިސްތާން، ސައުދީ އަރަބިއްޔާ، ސީރިއާ، އަދި ޔަމަން ހިމެނެ އެވެ.

ރާއްޖެއަށް ޒިޔާރަތް ކުރި އިޒްރޭލް ޓޫރިސްޓުންގެ އަދަދު

  • 2004 - 747 ޓޫރިސްޓުން
  • 2005 - 567 ޓޫރިސްޓުން
  • 2006 - 846 ޓޫރިސްޓުން
  • 2007 - 1308 ޓޫރިސްޓުން
  • 2008 - 1588 ޓޫރިސްޓުން
  • 2009 - 1380 ޓޫރިސްޓުން
  • 2010 - 2113 ޓޫރިސްޓުން
  • 2011 - 2433 ޓޫރިސްޓުން
  • 2012 - 2569 ޓޫރިސްޓުން
  • 2013 - 3253 ޓޫރިސްޓުން
  • 2014 - 3299 ޓޫރިސްޓުން
  • 2015 - 3567 ޓޫރިސްޓުން
  • 2016 - 5072 ޓޫރިސްޓުން
  • 2017 - 5949 ޓޫރިސްޓުން
  • 2018 - 7748 ޓޫރިސްޓުން
  • 2019 - 10424 ޓޫރިސްޓުން
  • 2020 - 1782 ޓޫރިސްޓުން
  • 2021 - 10785 ޓޫރިސްޓުން
  • 2022 - 15748 ޓޫރިސްޓުން
  • 2023 - 10966 ޓޫރިސްޓުން

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox