މި ވަގުތު ބާސެލޯނާއާ ދުރުވުން ޒަވީ އަށް ރަނގަޅުވާނެ: އަންޗެލޮޓީ

May 31, 2024, 5:49 AM
މި ވަގުތު ބާސެލޯނާއާ ދުރުވުން ޒަވީ އަށް ރަނގަޅުވާނެ: އަންޗެލޮޓީ

މެޑްރިޑް (މެއި 31) - މި ވަގުތު ބާސެލޯނާއާ ދުރުވުމަކީ ކޯޗު ޒަވީ ހެނާންޑޭޒަށް ރަނގަޅަށް ދިމާވި ކަމެއް ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

މިދިޔަ ޖެނުއަރީ މަހު ޒަވީ، ވަނީ މި ސީޒަން ނިމުމުން ބާސެލޯނާގެ ކޯޗުކަން ދޫކޮށްލާނެކަން އިއުލާނުކޮށްފަ އެވެ. އެކަމަކު، ތަކުރާރުކޮށް ބާސެލޯނާ އިން ކުރިއަށްގެންދިޔަ މަޝްވަރާތަކަށް ފަހު، ޒަވީ އެ ނިންމުން ބަދަލުކުރި އެވެ. މީގެ މަހެއްހާ ދުވަސްކުރިން ޒަވީ، އިއުލާނުކުރީ އިތުރު އެއް އަހަރު ބާސެލޯނާގައި މަޑުކުރަން އެއްބަސްވެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް، ޒަވީ، ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކި ވާހަކަތަކެއްގެ ސަބަބުން އޭނާ ވަކިކުރަން ބާސެލޯނާގެ ބޯޑު މެމްބަރުން ވަނީ ހުށަހަޅައިފަ އެވެ. އެއާ އެކު، ބާސެލޯނާ އިން ޒަވީ މަގާމުން ވަކިކުރި އެވެ.

ޒަވީއާ މެދު ބާސެލޯނާ އިން ކަންތައް ކުރީ އިހުތިރާމްކުޑަކޮށް ކަމަށް ސްޕެއިނުގެ ގިނަ ކޯޗުން އަންނަނީ ބުނަމުންނެވެ. އެ ސުވާލު، ރެއާލްގެ ކޯޗު އަންޗެލޮޓީއާ އަމާޒުވުމުން، އޭނާ ބުނީ މިއީ ޒަވީ އަށް ފައިދާކުރާނެ ކަމެއް ކަމަށެވެ.

"މިއީ ކޯޗުންގެ ވަޒީފާގައި ހިމެނޭ ބައެއް. ޒަވީ އަށް ވެސް އެކަން ވިސްނޭނެ. ކްލަބާ (މެނޭޖްމަންޓް) އާއި ކޯޗާ މެދު އެންމެ ރަނގަޅު ގުޅުމެއް ނެތިއްޔާ، އެންމެ ރަނގަޅު ހައްލަކީ ވަކިވުން. އަހަރެން އެކަން ތަޖުރިބާކުރިން، ނަޕޯލީ، ބަޔާން އަދި ޗެލްސީގައި. ބާސެލޯނާއާ މި ވަގުތު ވަކިވުމަކީ ޒަވީ އަށް ވެސް ކްލަބަށް ވެސް ރަނގަޅެއް،" އަންޗެލޮޓީ ބުންޏެވެ.

އަންޗެލޮޓީ ބުނީ، ބާސެލޯނާ އިން ގެނައި އާ ކޯޗު ހަންސީ ފްލިކާ އެކު، ކަންކަން ރަނގަޅުވެގެންދާނެ ކަމަށް ބެެލެވޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox