ރިސޯޓު ތަރައްގީ ކުރަން 12 ރަށަކާއި ފަސް ފަޅު ކުއްޔަށް ދޫކުރަން ހުޅުވާލައިފި

ބ. އަތޮޅު މަތިން ނަގާފައިވާ މަންޒަރެއް: -- ފޮޓޯ/ސީ ފްރޮމް ދަ ސްކައި

ބ. އަތޮޅު މަތިން ނަގާފައިވާ މަންޒަރެއް: -- ފޮޓޯ/ސީ ފްރޮމް ދަ ސްކައި

ޖުމުލަ 12 ރަށަކާއި ފަސް ފަޅެއްގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް މިއަދު ސަރުކާރުން އިއުލާނުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ކުއްޔަށް ދޫކުރުމަށް ކަނޑައެޅުމަށް ބޭނުންވާ ރަށްތަކާއި ފަޅުތަކުގެ ދަށުން 17 ތަނެއް ކުއްޔަށް ދޫކުރަން ހުޅުވާލާފައިވާ ކަމަށެވެ.

ކުއްޔަށް ދޫކުރާ ރަށްތަކާއި ފަޅުތަކުގެ ތަފްސީލާއި އެކުއިޒިޝަން އަގުތައް:

  1. ހދ. ވައިކަރަމުރައިދޫ (15 ހެކްޓަރު) - 1.8 މިލިއަން ޑޮލަރަށް
  2. ށ. ކުޑަޅައިމެންދޫ (13.11 ހެކްޓަރު) - 1.96 މިލިއަން ޑޮލަރަށް
  3. ރ. ދިއްކުރެއްދޫ (4.83 ހެކްޓަރު) - 2.62 މިލިއަން ޑޮލަރަށް
  4. ޅ. ދިއްފުށި އަދި ޅ. މައިދޫ (20.99+15.17 ހެކްޓަރު) - 18.58 މިލިއަން ޑޮލަރަށް
  5. ޅ. ވިހަފަރުފިނޮޅު (0.28 ހެކްޓަރު - 640،000 ޑޮލަރަށް
  6. ކ. ހިއްމިއްޔާ ފަޅު (712 ހެކްޓަރު) - 23.51 މިލިއަން ޑޮލަރަށް
  7. ކ. އަތޮޅު ފަޅެއް (46 ހެކްޓަރު) - 10.99 މިލިއަން ޑޮލަރަށް
  8. އަލިކޮއިރަށް (1.47 ހެކްޓަރު - 1.29 މިލިއަން ޑޮލަރަށް
  9. ވ. އަތޮޅު ފަޅެއް (0.62 ހެކްޓަރު) - 729،000 ޑޮލަރަށް
  10. ތ. ގާލީ ފަޅު އެތަނުގައި އޮތް ރަށާއެކު (7.16 ހެކްޓަރު) - 2.04 މިލިއަން ޑޮލަރު
  11. ތ. ރުއްތިބިރަށް (8.41 ހެކްޓަރު) - 2.35 މިލިއަން ޑޮލަރު
  12. ތ. ކަނިމީދޫ (10 ހެކްޓަރު) - 2.75 މިލިއަން ޑޮލަރު
  13. ލ. ކާށިދޫ (3.11 ހެކްޓަރު) - 466،500 ޑޮލަރު
  14. ލ. ބޮޑުމުންޏަފުށި (3.14 ހެކްޓަރު) - 471،000 ޑޮލަރު
  15. ލ. ހަންހުނި (2.81 ހެކްޓަރު) - 421،000 ޑޮލަރު
  16. ގއ. ބޭރުމައުޑޫ (3.08 ހެކްޓަރު) - 385،000 ޑޮލަރު
  17. ގދ. ކަޅުހުއްޓާ (7.61 ހެކްޓަރު) - 951،250 ޑޮލަރު

މީީގެކުރިން މިދިޔަ ސަރުކާރުގައި ވެސް ވަނީ ރަށްތަކާއި، ފަޅުތައް ކުއްޔަށް ދޫކުރުމަށް އިއުލާންކޮށްފަ އެވެ. އަދި އޭރު އަގުވެސް ކުޑަކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox