ކުރިން ނުދައްކާ ފައިސާއާއެކު ޔޫރޯ މުބާރާތް ދައްކަން ޕީއެސްއެމްއިން 11.8 މިލިއަން ހޭދަކުރަން ޖެހިއްޖެ

ޕީއެސްއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ޕީއެސްއެމް

ޕީއެސްއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ޕީއެސްއެމް

ކުރިން ނުދައްކާ ހުރި ފައިސާއާއެކު ޖޫން 14، ގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތް ދައްކަން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން 11.8 މިލިއަން ރުފިޔާ ހޭދަކުރަން ޖެހިއްޖެ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ޕީއެސްއެމްއިން ޔޫރޯ ދައްކަން ބޭނުންވާ ރައިޓްސް އިންޑިއާގެ "ސޮނީ" ކުންފުނިން ގަނެފައި ވަނީ 250،000 ޑޮލަރު (3.8 މިލިއަން ރުފިޔާ) އަށެވެ.

ޕީއެސްއެމްއިން ބޭއްވި ނޫސްވެރިންގެ އެ ކުންފުނީގެ އެމްޑީ ޒީނާ ޒާހިރު ވިދާޅުވީ އެ ކުންފުނިން ސޮނީއަށް އޮތީ އަށް މިލިއަން ރުފިޔާއިން ދަރާފައި ކަމަށާއި، ޕޭމަންޓް ޕްލޭނެއްގެ ދަށުން އެ ފައިސާ ދެއްކުން ކުރިއަށް ގެންދާނެ ކަމަށެވެ.

އެހެންކަމުން، ޔޫރޯ ދައްކަން ބޭނުންވާ ރައިޓްސް ގަންނަ 3.8 މިލިއަން ރުފިޔާ އާއި ކުރީގެ މެނޭޖްމަންޓުން ނުދައްކާ އަށް މިލިއަން ރުފިޔާއާއެކު ޖުމްލަ 11.8 މިލިއަން ރުފިޔާ ސޮނީއަށް ދައްކަން ޖެހޭނެ އެވެ.

"ޔޫރޯ ގެނެސްދިނުމަށް އަޅުގަނޑުމެންނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ޔޫރޯގެ ރައިޓްސް މިފަހަރު ދޫކުރާ އިންޑިއާގެ ސޮނީ ޗެނަލްއަށް އަޅުގަނޑުމެން ހުރީ އަށް މިލިއަން ރުފިޔާ ދަރާފައި،" ޒީނާ ބުންޏެވެ.

މިކަމާ ގުޅޭގޮތުން ޕީއެސްއެމްގެ ތަރުޖަމާން ޒީކް އަހުމަދު ރިޒާ "އަދަދު" އަށް ވިދާޅުވީ އެ އަށް މިލިއަން ރުފިޔާ ޕީއެސްއެމްއިން ސޮނީއަށް ދައްކަން އެ ކުންފުންޏާއެކު އެއްބަސްވެފައި ވަނީ އެއް އަހަރު ދުވަހުގެ ޕްލޭނެއްގެ ދަށުން ކަމަށެވެ.

"ގާތްގަނޑަކަށް އަޅުގަނޑުމެންނަށް ސަޕޯޓު އެބަ ލިބޭ އެރައުންޑް 10 ވަރަކަށް ކުންފުނިން. އެސްއޯއީތަކުން ސަޕޯޓު ލިބިފައި އޮތީ،" ޒީކް ވިދާޅުވި އެވެ.

ޕީއެސްއެމްގެ ޔޫރޯ ލޯންޗިން އަންނަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ލޯންޗިންގައި ޔޫރޯ ދައްކަން ޕީއެސްއެމްއަށް އެހީވި ކުންފުނިތައް ހާމަކުރާނެ ކަމަށް ޒީނާ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox