ހެލިކޮޕްޓަރު އޮޕަރޭޓްކުރާނެ ބަޔަކު ވަރަށް އަަވަހަށް ލިބޭނެ: އަމީން

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ކެބިނެޓް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ. އޭނާއަކީ ކުރިން ޕައިލޮޓެއް. ފޮޓޯ: ރައީސް އޮފީސް

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ކެބިނެޓް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ. އޭނާއަކީ ކުރިން ޕައިލޮޓެއް. ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް އަލުން ފެށުމަށް ޓަކައި ތައްޔާރުކުރަން ޖެހޭ އާރްއެފްޕީއައި ( ރިލަޔަބިލިޓީ، އެވެއިލަބިލިޓީ، މެއިންޓެއިނަބިލިޓީ އެންޑް ސޭފްޓީ އިންޑިކޭޓާ) އެކުލަވައިލުމުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފައި ކަަމަށާއި އެ އުސޫލު ގެޒެޓް ކުރުމުން، ހެލިކޮޕްޓަރު އޮޕަރޭޓްކުރާނެ ބަޔަކު ވަރަށް އަވަހަށް ލިބޭނެ ކަަމަށް ސަރުކާރުން ބުނެފި އެެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އާރްއެފްޕީީއައިގެ މަސައްކަތް ލަސްވީ އެެކަމަށް ޓަކައި ފިނޭންސް މިނިސްޓްރީން ކުރަން ޖެހޭ ކަމެއް ނުނިމި އޮތުމުން ކަމަށެވެ. އޭޖީގެ ލަފަޔާ އެކު ފިނޭންސުން އެ މަސަައްކަތް ކުރަމުން އެބަ ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް މިހާރު މައުލޫމާތު ލިބިފައި އޮތް މައުލޫމާތު ގޯސްކަަމަށް ނުވާ ނަމަ އިރާދަކުރެއްވިއްޔާ މިހަފުތާ ނޫނީ ލަސްވެގެން މިއަންނަ ހަފުތާގެ މެދުތެރެއަށް ދާއިރު ފިނޭންސް މިނިސްޓްރީން އެކަންތައް ނިންމަވާނެ. ނިންމެވުމާ އެކީ އަޅުގަނޑުމެން އާރްއެފްޕީއައި ސަރުކާރުގެ ގެޒެޓްގަޔާ އިންޓަނޭޝަނަލް ޕްލެޓްފޯމްތަކުގައި ޝާއިއުކުރާނަން،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާރްއެފްޕީއައި ޝާއިއުކުރުމާ އެކީ ގާބިލު ބަޔަކު ގެނެވޭނެ ކަން ޔަގީންވަނީ ރާއްޖޭގައި ވިޔަފާރި އޮތް ގޮތާއި އެ ނޫން ވެސް ކަންތައްތަކަށް ބަލައިގެންނެވެ. ހެލިކޮޕްޓަރު އޮޕަރޭޓްކުރުުމުގައި ހިމެނޭ އެންމެ މުހިއްމު ބަޔަކީ ރައީސް ޑރ.،މުހައްމަދު މުއިއްޒުގެ ވައުދެއް ކަމަށްވާ އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުން ކަމަށް ވެސް ވިދާޅުވި އެވެ.

"އާރްއެފްޕީއައި ސާކިއުލޭޓްކުރީމާ އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަން އެބަ އޮތް ރާއްޖޭގައި މިހާރު މި ވިޔަފާރި [ވައިގެ ދަތުރުގެ ވިޔަފާރި] އޮތް ގޮތާ މިހުރިހާ ކަމަކަށް ބަލާއިރު ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގެ ގާބިލިއްޔަތު ހުރި ޕްރޮޕޯނަންޓެއް ދިވެހިރާއްޖެއަށް ގެނެވޭނެކަމަށް،" އަމީން ވިދާޅުވި އެވެ.

ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރާނެ ބަަޔަކު ހޯދަން ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށް ސަރުކާރުން ބުނީ މިދިޔަ ޖެނުއަރީ މަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox