19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް އަންނަ މަހު ފަށަނީ

2022 ވަނަ އަހަރު ބޭއްވި ޔޫތު ޗެމްޕިއަންޝިޕްގެ ތެރެއިން.-- ފޮޓޯ: އަދަދު ފައިލް ފޮޓޯ

2022 ވަނަ އަހަރު ބޭއްވި ޔޫތު ޗެމްޕިއަންޝިޕްގެ ތެރެއިން.-- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ނަވާރަ އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް އަންނަ މަހުގެ ފަށަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

އެފްއޭއެމް އިން ބުނީ، މިހާރު ރޭވިފައި އޮތްގޮތުން، އަންނަ މަހުގެ ނުވަ ވަނަ ދުވަހު ޔޫތު ޗެމްޕިއަންޝިޕް ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ގޮތުން، އެފްއޭއެމް އިން ހާމަކުރީ މި ފަހަރުގެ މުބާރާތުގައި ކްލަބް ވެލެންސިއާ އާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ނޫން، ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބް ބައިވެރިވެފައިވާ ކަމަށެވެ. އެ ގޮތުން، އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް އީގަލްސް އާއި ރަނަރަޕް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ އިތުރުން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ބުރު ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ޓީސީ ސްޕޯޓްސް ކްލަބް އަދި ޔުނައިޓެޑް ވިކްޓަރީ އެވެ.

Advertisement

މުބާރާތުގެ ފޯމެޓް ރޭވިފައި އޮތީ ދެ ގްރޫޕަށް ބަހާލައިގެން ކުޅުމަށް ފަހު، ކޮންމެ ގްރޫޕަކުން ދެ ޓީމެއް ސެމީ އަށް ދަތުރުކޮށް، އެ އަށް ފަހު ފައިނަލް ކުޅޭ ގޮތަށެވެ.

މިިއީ، އެފްއޭއެމް އިން 19 އަހަރުން ދަށަށް ހާއްސަކޮށް މުބާރާތެއް ބާއްވާ ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ 2018 ވަނަ އަހަރު ބޭއްވި މުބާރާތް ކްލަބް ގްރީން ސްޓްރީޓްސް އިން ކާމިޔާބުކުރިއިރު، އޭގެ ފަހުން، 2022 ވަނަ އަހަރު ބޭއްވި މުބާރާތް ކާމިޔާބުކުރީ އީގަލްސް އިންނެވެ. އީގަލްސް އިން އެ ފަހަރު ތަށި އުފުލާލީ، ފ. ނިލަންދޫ ޓާފް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި، ސަސް އަތުން 1-0 އިން މޮޅުވެގެންނެވެ.

އީގަލްސް އާއި ބުރު ސްޕޯޓްސް ކްލަބަށް ކޯޗުކޮށްދީފައިވާ ނިމާ: އޭނާ ވަނީ ޔޫތު ޗެމްޕިއަންޝިޕް ފަސްކުރަން ޖެހޭތީ ކަންބޮޑުވުންފާޅުކޮށްފައި.-- ފޮޓޯ: އަދަދު ފައިލް ފޮޓޯ

މުބާރާތް ފަސްކުރަން ޖެހޭތީ ކޯޗުންގެ ކަންބޮޑުވުން

މި ފަަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ބާއްވަން ފުރަތަމަ ޝެޑިއުލްކުރީ މި މަހުގެ 20 ވަނަ ދުވަހަށެވެ. އެ އަށް ފަހު، އަންނަ މަހުގެ އެއް ވަނަ ދުވަހު ބާއްވަން ތާވަލުކުރުމަށް ފަހު، އަނެއްކާ ވެސް މި ވަނީ ނުވަ ވަނަ ދުވަހަށް ފަސްކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި، މުބާރާތް ފަސްކުރަން ޖެހިފައިވަނީ، ގަލޮޅު ދަނޑުގެ ލައިޓްގެ މަސައްކަތް އެއްކޮށް ނިމެންދެނެވެ. ގަލޮޅު ދަނޑުގެ ލައިޓްތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރަން، ސިފައިންގެ ވެލްފެއާ ޕްރައިވެޓް ލިމިޓެޑް (ސިވެކް)އާ ހަވާލުކޮށްފައިވަނީ، ޖެނުއަރީ މަހު ފަހުކޮޅުގަ އެވެ.

އެ ގޮތުން، 3.9 މިލިއަން ރުފިޔާ އަށް، ސިވެކްއާ ހަވާލުކުރި މި މަސައްކަތް، ފަށާތާ 30 ދުވަހުގެ ތެރޭގައި ނިންމަން އޭރު ވަނީ ހާވަލުކޮށްފަ އެވެ.

މިދިޔަ އާދިއްތަ ދުވަހު، ސްޕޯޓްސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އަންނަ މަހުގެ ކުރީކޮޅު މަސައްކަތް ނިންމާލެވޭނެ އެވެ.

އެންމެ ފަހުން މި މުބާރާތް ބޭއްވި ފަހަރު އީގަލްސް އަށް ތަށި ހޯދައިދިން ކޯޗު، އަހުމަދު ނިމާދު (ނިމާ) ވަނީ މުބާރާތް ފަސްވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ގޮތުން، ނިމާ ބުނީ، އެފްއޭއެމް އިން ރާވާ ހިންގާ މުބާރާތްތަކަށް ސަރުކާރުން އަހައްމިއްޔަތުކަން ދޭން ޖެހޭ ވަރަށް ނުދޭ ކަމަށެވެ. އަދި މި ކަމުގެ ގެއްލުން ލިބެނީ، މުބާރާތުގައި ބައިވެރިވާ ކްލަބްތަކާއި އެ ކްލަބްތަކުގައި ތިބި ކުޅުންތެރިން ކަމަށް ނިމާ ބުނެފައިވެ އެވެ.

"މިހެން މުބާރާތް ވާނުވާ ނޭނގި ދިގުލައިގެންދާ ކޮންމެ ފަހަރަކު އެތައް ހަރަދެއް ބޮޑުވޭ. އަދި ކުުޅުންތެރިންނަށް ވެސް އެތައް ދަތިތަކެއް ކުރިމަތިވޭ. މިހެން ކިޔާނެ ކަމެއް ނެތް، މިއީ ވަރަށް ވާހަކަ. ތި ބަޔަކު ހިތުން ތިކުރަނީ އެފްއޭއެމް އަށް ޖެއްސުން، އެކަމަކު ހަނާވަނީ ކްލަބްތަކާއި މި ގައުމުގެ ޒުވާނުން، ޝުކުރިއްޔާ،" ޒުވާން ކުޅުންތެރިން ފުޓްބޯޅަ އަށް ނެރުމުގައި ހިންގުންތެރި މަސައްކަތްތަކެއް ކުރަމުން އަންނަ ނިމާ، އޭނާގެ ފޭސްބުކް އެކައުންޓް މެދުވެރިކޮށް، ހާމަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox