މާޝިއާލް ޔުނައިޓެޑަށް އަލްވަދާއު ކިޔައިފި

May 29, 2024, 9:35 AM
މާޝިއާލް ޔުނައިޓެޑަށް އަލްވަދާއު ކިޔައިފި

މެންޗެސްޓާ (މެއި 29) - މެންޗެސްޓާ ޔުނައިޓެޑްގައި ނުވަ ސީޒަން ހޭދަކުރުމަށް ފަހު، ފްރާންސްގެ ފޯވާޑް އެންތަނީ މާޝިއާލް އެ ކްލަބަށް އަލްވަދާއު ކިޔައިފި އެވެ.

މާޝިއާލް، 28، ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓުރެކްޓް އޮތީ މި ސީޒަންގެ ނިޔަލަށެވެ. ޔުނައިޓެޑުން އޭނާ ކޮންޓުރެކްޓް އާކުރަން ބޭނުމެއްނުވި އެވެ.

ފްރާންސްގެ މޮނާކޯ އިން 2015 ވަނަ އަހަރު 36 މިލިއަން ޕައުންޑް (56 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގައި ޔުނައިޓެޑަށް ބަދަލުވި މާޝިއާލްއާ މެދު ޔުނައިޓެޑުން ފޮނި އުންމީދުތަކެއް ކުރިއެވެ.

އެކަމަކު، އަނިޔާ އާއި ފޯމުގެ މައްސަލަތަކާ ގުޅިގެން ޔުނައިޓެޑް އިން އުންމީދުކުރި ފެންވަރަށް އޭނާ އަކަށް ނުދެވުނެވެ.

ޖެނުއަރީގައި ވެސް ސާޖަރީއެއްހެދި މާޝިއާލް އެންމެ ފަހުން ޔުނައިޓެޑަށް މެޗެއް ކުޅުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅެވެ.

މާޝިއާލް ވަނީ ޔުނައިޓެޑަށް އަލްވަދާއު ކިޔުމަށް އޭނާގެ ސޯޝަލް މީޑިއާގެ އެކައުންޓްތަކުން އިއްޔެ އަސަރުގަދަ މެސެޖެއް ޔުނައިޓަޑެޢި އެ ޓީމުގެ ސަޕޯޓަރުންނަށް ދީފައެވެ.

މާޝިއާލް ބުނީ ޔުނައިޓެޑާ ދުރަށް ދިއުމަކީ އޭނާ އަށް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށެވެ.

"މެންޗެސްޓާ ޔުނައިޓެޑްގައި ތިބީ އެންމެ ރަނގަޅު ސަޕޯޓަރުން. އަހަރެންގެ ހިތުގައި ޔުނައިޓަޑަށް އަބަދުވެސް ޖާގަ އޮންނާނެ،" މާޝިއާލް ބުންޏެވެ،

ޔުނައިޓެޑާ އެކު މާޝިއާލް ވަނީ އެފްއޭ ކަޕް، ޔޫރޮޕާ ލީގު އަދި ލީގު ކަޕް ކާމިޔާބުކޮށްފަ އެވެ. ލޯނު އެއްބަސްވުމެއްގެ ދަށުން 2022 ވަނަ އަހަރު ސެވިއްޔާ އަށް ވެސް އޭނާ ކުޅުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox