މި އަހަރު ގެވެށި އަނިޔާގެ 194 މައްސަލަ ރިޕޯޓުކުރި

މި އަހަރު ގެވެށި އަނިޔާގެ 194 މައްސަލަ ރިޕޯޓުކުރި

މި އަހަރު ގެވެށި އަނިޔާގެ 194 މައްސަލައެއް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އަށް ރިޕޯޓުކޮށްފައިވާ ކަމަށް އެ އޮތޯރިޓީން މިއަދު ބުނެފި އެވެ.

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެފްޕީއޭގެ ސީއީއޯ އައިމިނަތު ޝިރާނީ ވިދާޅުވީ ގެވެށި އަނިޔާގައި އަންހެނުން ޝާމިލުވާ 194 މައްސަލައިގެ ތެރޭގައި ފިރިހެނުންގެ ފަރާތުން އަނިޔާ ލިބޭ 33 މައްސަލަ ހިމެނޭ ކަމަށެވެ.

ފިރިހެނުން ޝާމިލުވާ 84 މައްސަލަ އެފްޕީއޭއަށް ހުށަހަޅާފައިވާއިރު، އަނިޔާކުރާ އަންހެނުންގެ ނިސްބަތް ވަރަށް މަދު ކަމަށް ވެސް ޝިރާނީ ވިދާޅުވި އެވެ.

"މި ހަ މަސް ދުވަސް ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ހަތަރު ފަރާތެއްގެ މައްސަލަ ހުށަހެޅިފައި އެބަހުރި. ކައިވެނިކޮށްގެން ނޫނީ އިނދެވަރިކޮށްފައިވާ ފަރާތްތަކުގެ 123 މައްސަލައެއް އެބައުޅޭ. މައިންބަފައިން ނޫނިއްޔާ ބަލަދުވެރިން އަދި ބެލެނިވެރިން ހިމެނޭ 92 މައްސަލައެއް އެބަ އުޅޭ. ކައިވެނީގެ ގޮތުން ގުޅިފައިވާ މީހުންގެ 84 މައްސަލަ ހިމެނޭ،" ޝިރާނީ ބުންޏެވެ.

ކުރިއާ ހިލާފަށް ނަފްސާނީ ގޮތުން ކުރެވޭ އަދި އަނގަބަހުން ކުރެވޭ އަނިޔާ އިތުރުކަން ފާހަގަކުރައްވާ ޝިރާނީ ވިދާޅުވީ އެފަދަ 162 މައްސަލަ ފާހަގަވެފައިވާ ކަމަށާއި، ޖިސްމާނީ އަނިޔާގެ 148 މައްސަލަ ހުށަހަޅާފައިވާއިރު، ކުޑަކުދިން ކުރިމަތީގައި ކުރާ ގެވެށި އަނިޔާގެ 87 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އޭގެއިތުރުން ކުރިއާ ހިލާފަށް ސައިބާ ކްރައިމް ހިމެނޭ މައްސަލަތައް ވެސް އިތުރުވާ ކަމަށާއި، އެގޮތުން މެސެޖު ފޮނުވައި، ބްލެއިކްމެއިލްކޮށް އަދި ލީކްކުރުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިރާނީ ވިދާޅުވީ އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް ހިފަހައްޓައި ނަހަމަކޮށް ދަރިން ބޭނުންކުރާ މައްސަލަ ވެސް ފާހަގަވަމުންދާ ކަމަށެވެ.

ކުދިން ކުރިމަތީގައި ގެވެށި އަނިޔާކުރުން އިތުރުވާކަމަށާއި، އޭގެ ސަބަބުން އެކުދިން ކުށުގެ ވެށިން ބޮޑެތިވެގެން އަންނައިރު އަނިޔާކުރާ ބަޔަކަށް ބަދަލުވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަނިޔާ ކުރާ ފަރާތްތަކުގެ ޓްރެންޑަށް ބަލާއިރުގައި ޝާމިލުވާ ގިނަ ފަރާތްތަކަކީ މަސްތުވާތަކެތި ނަގާ ފަރާތްތަކުގެ ގޮތުގައި އަޅުގަނޑުމެންނަށް ހުރީ ފާހަގަކުރެވިފައި. އަދި އޭގެ އިތުރުން ނަފްސާނީ ބަލިތައް ހިމެނޭ ފަރާތްތައް ވެސް ޕާޕަޓްރޭޓާސް ގޮތުގައި ފާހަގަކުރެވެމުންދޭ،" ޝިރާނީ ބުންޏެވެ.

ގެވެށި އަނިޔާއާ ގުޅިގެން ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް 2022 އިން ފެށިގެން އެފްޕީއޭއިން އެ އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު، ޝިރާނީ ވިދާޅުވީ މިހާތަނަށް 164 އެހީތެރިވި ކަމަށާއި، މި އަހަރު ވެސް 33 ފަރާތަކަށް އެ އެހީތެރިކަން ދީފައިވާ ކަމަށެވެ.

ގެވެށި އަނިޔާގެ ގާނޫނަށް 12 އަހަރުވެފައިވުމާއެކު ގާނޫނުގައި އާ ޓްރެންޑުތަކާއެކު ހުރަސްތަކެއް ހުރި ކަމަށާއި، އެކަންކަން ފާހަގަކޮށް ހައްލު ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޝިރާނީ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox