ގޭގައި ގެންގުޅޭ މަސައްކަތު އަންހެނަކު ތިން އަހަރުގެ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މާލޭގައި ކަމަށެވެ. މި މައްސަލަ އެ ހިދުމަތަށް ރިޕޯޓުކުރީ އިއްޔެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ކުއްޖާއަށް އަނިޔާކުރި ކަމަށް ބެލެވެނީ ނޭޕާލް އަންހެނެއް ކަމަށާއި މިހާތަނަށް މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް އެ ހިދުމަތުން ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.
އާންމު އުސޫލުގެ ދަށުން ކުޑަކުދިން ޝާމިލުވާ މައްސަލަތަކުގެ ތަފުސީލެއް ފުލުހުން ނުދެ އެވެ. ނަމަވެސް މައްސަލަ އަދިވެސް ތަހުގީގުކުރަމުންދާ ކަމަށްވެ އެވެ.
ސޯޝަލް މީޑިއާގައި އަޑުފެތުރިފައިވާ ގޮތުން މި މައްސަލާގައި އަނިޔާ ލިބިފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށެވެ.














