ކޯޗު މަރެސްކާ ގެންނަން ޗެލްސީން 10 މިލިއަން ޑޮލަރު ހަރަދުކުރާނެ

May 28, 2024, 10:59 AM
ކޯޗު މަރެސްކާ ގެންނަން ޗެލްސީން 10 މިލިއަން ޑޮލަރު ހަރަދުކުރާނެ

ލަންޑަން (މެއި 28) - ލެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާގެ ޑީލް ނިންމަން ޗެލްސީން 10 މިލިއަން ޑޮލަރު ހަރަދުކުރާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ ސީޒަނުގައި ލެސްޓާ ސިޓީ އަށް އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިދިން ކޯޗު މަރެސްކާ ގެންނަން ޗެލްސީން އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެ ގޮތުން، ލެސްޓާއާ އެކު، މަރެސްކާ ހަދާފައިވާ އެއްބަސްވުން އުވާލަން ދައްކަން ޖެހޭ 10 މިލިއަން ޑޮލަރު ދޭން ޗެލްސީ ވަނީ އެއްބަސްވެފަ އެވެ.

ޗެލްސީގެ ދެ ސްޕޯޓިން ޑިރެކްޓަރުން ކަމަށްވާ، ޕޯލް ވިންސްޓަންލީ އާއި ލޯރެންސް ސްޓެވާޓް، މި ދެ ދުވަހު، މަރެސްކާ އާއި އޭނާގެ އޭޖެންޓާ އެކު ބައްދަލުވުންތަކެއް ބާއްވާނެ އެވެ.

މަރެސްކާ އަށް ޗެލްސީން ހުށަހަޅަނީ ދެ އަހަރުގެ ކޮންޓްރެކްޓެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ އެއްބަސްވުމުގައި، އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާ ކުރަން ހިމަނާނެ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.

އިޓަލީ އަށް އުފަން މަރެސްކާ, ކޯޗިން ކެރިއަރު ފެށީ މެންޗެސްޓާ ސިޓީންނެވެ. ޕެޕް ގާޑިއޯލާގެ ކޯޗިން ސްޓާފުންގެ ތެރޭގައި މަަަސައްކަތްކުރުމަށް ފަހު މަރެސްކާ ވަނީ 2021 ވަނަ އަހަރު ޕާމާ އަށް ކޯޗުކޮށްދީފަ އެވެ. އޭނާ, މިހާރުގެ ކްލަބް ލެސްޓާއާ ހަވާލުވީ, މިދިޔަ އަހަރު އެވެ. އެއީ, ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

މަރެސްކާ ވެގެންދާނީ, ޗެލްސީ ހިންގުމާ ޓޮޑް ބޯލީ ހަވާލުވި ފަހުން އެ ޓީމަށް އިރުޝާދުދޭނެ ހަ ވަނަ ކޯޗަށެވެ. އެ ގޮތުން، ބޯލީ ހަވާލުވިއިރު، ހުރި ޖަރުމަނުގެ ކޯޗު ތޯމަސް ޓުޗެލް ވަކިކޮށް، އޭނާ ވަނީ ބްރައިޓަންގެ ކޯޗަކަށް ހުރި ގްރަހަމް ޕޮޓާ ގެނެސްފަ އެވެ. އެ ފަހުން، ޕޮޓާ ވަކިކުރުމަށް ފަހު، ވަގުތީ ގޮތުން ޗެލްސީ އަށް ބްރޫނޯ ސޯލްޓާ އާއި ފްރޭންކް ލަމްޕާޑް ކޯޗުކޮށްދިނެވެ.

މި ސީޒަން ފެއްޓުމުގެ ކުރިން ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ޗެލްސީއާ ހަވާލުވި މައުރީސިއޯ ޕޮޗެޓީނޯ ވަނީ އެއް އަހަރަށް ފަހު އެ ޓީމު ދޫކޮށްލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox