އެކުގައި މަސައްކަތް ކޮށްގެން ކޮންމެ ޓާގެޓަކަށް ވެސް ވާސިލްވެވޭނެ: މުސްތަފާ

އެތުލެޓިކްސްގެ އާ ރައީސް މުސްތަފާ.--- ފޮޓޯ: އެތުުލެޓިކްސް އެސޯސިއޭޝަން/އިމޭޖަސް.އެމްވީ

އެތުލެޓިކްސްގެ އާ ރައީސް މުސްތަފާ.--- ފޮޓޯ: އެތުުލެޓިކްސް އެސޯސިއޭޝަން/އިމޭޖަސް.އެމްވީ

އެކުގައި ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެން، ކޮންމެ ޓާގެޓަކަށް ވެސް ވާސިލްވެވޭނެ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަންގެ އާ ރައީސް، މުސްތަފާ މުހައްމަދު (މުސްތޮ) ވިދާޅުވެއްޖެ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްކަމަށް މުސްތަފާ، އިންތިހާބުވެވަޑައިގަތީ، ވާދަވެރިއަކު ނެތުމުން، ނެގި ފެންނަ ނުފެންނަ ވޯޓުގެ ވެސް ބައިވެރިވި ހުރިހާ މެމްބަރުންގެ ފުރިހަމަ ތާއީދާ އެކު އެވެ.

މުސްތަފާއާ އެކު، އެތުލެޓިކްސް ހިންގާ ކޮމިޓީގައި ހިމެނޭ ކޮންމެ މަގާމަކަށް ވެސް މެމްބަރުން އިންތިހާބުވީ ވާދަވެރިއަކު ނެތި އެވެ.

ރައީސްގެ މަގާމަށް އިންތިހާބު ވުމަށް ފަހު ދިން އިންޓަވިއުގައި، މުސްތަފާ ވިދާޅުވީ އެތުލެޓިކްސް އެސޯސިއޭޝަންގެ އެކްސްކޯ (ހިންގާ ކޮމިޓީ) ތެރޭގައި އުޅުނު 12 ވަރަކަށް އަހަރުތެރޭ އޭނާގެ މަސައްކަތް މީހުން ބަލައިގަނެފައިވާ ކަމަށެވެ.

"އެތުލެޓިކްސްގައި މި އުޅެވުނު ދުވަސްތަކުގެ ތެރޭގައި، ފާހަގަވާ ކަމަކީ، އިންޑިވިޖުއަލް މީހަކަށް ވުރެ ބޮޑަށް އޭޒް އަ ޓީމު އެތުލެޓިކްސްގައި މި މަސައްކަތް ކުރެވެނީ، މުބާރާތެއް ބޭއްވިޔަސް، ޓްރެއިން ކުރިޔަސް، ކުރިއަށް އޮތްތަނުގައި ވެސް އެ ޓީމު ބްރޭކް ނުކޮށް އިތުރަށް ވަރުގަަދަ ކުރެވޭތޯ މި ބަލަނީ،" މުސްތަފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެތުލެޓިކްސް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގައި އުޅެނީ، ވަރަށް އެކުވެރިކޮށް އުޅޭ ފަރާތްތަކެއް ކަމަށާއި އޭގެ ފައިދާ ވެސް އެބައޮތް ކަމަށެވެ.

"އެއްކޮށް އުޅޭ ބައެއް މި އުޅެނީ މީގެ ތެރޭގައި، އެސްކޯގައި ވިޔަސް، އެކްސްކޯ އިން ބޭރުގައި ވިޔަސް. ގާތްގަނޑަކަށް ހަމަ ފެމިލީއެއް ގޮތަށް މި މަސައްކަތް ކުރެވެނީ ހަމަ. ކޮންމެ ޓާގެޓެއް އެޗީވްކުރަން ވެސް އެންމެން އެއްކޮށް މި މަސައްކަތް ކުރެވެނީ. އެހެންވީމަ ފުދޭ ވަރަަކަށް ޔަގީންކަން އެބައޮތް. އެންމެ އުނދަގޫވާ ގަޑީގައި ވެސް. އެންމެންގެ ބެކިން (އެއްބާރުލުން) ލިބޭނެކަން،" މުސްތަފާ ވިދާޅުވި އެވެ.

"(ރައީސް ކަމަށް) ކުރިމަތިލި އެއް ސަބަބަކީ ވެސް ހަގީގަތުގައި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާތީވެ،"

ޔޫތު މިނިސްޓްރީގައި މީގެ ކުރިން ވަޒީފާ އަދާކުރެއްވި މުސްތަފާ އަކީ، މި ފަހުން އެތުލެޓިކްސްގެ އިސް ފަރާތެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން އަންނަ ހިންގާ ކޮމިޓީގެ މެމްބަރެކެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އެންމެ ފަހުން، ބޭއްވި އަހަރީ އާންމު ޖަލްސާގައި އެސޯސިއޭޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މުސްތަފާ އެވެ. ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތަކުގައި މިދިޔަ އަހަރު އެތުލެޓިކްސް އިން ވާދަކުރިއިރު، އެތުލީޓުންނާ ގާތުން މުސްތަފާ ވަނީ މަސައްކަތް ކުރައްވައިފަ އެވެ. އެ ގޮތުން، މަޑަގަސްކަރާގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ޓީމުގެ މެނޭޖަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި އެވެ.

މުސްތަފާ ވިދާޅުވީ، ކޮންމެ ކުޅިވަރެއްގައި ވެސް ތަރައްގީ ކުރެވޭނެ ކަންތައްތަކެއް ހުންނަ ގޮތަށް އެތުލެޓިކްސް ތެރޭގައި ވެސް ކުރެވޭނެ މުހިންމު ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެ ގޮތުން، މުބާރާތްތައް މިހާރަށް ވުރެ ފުޅާކޮށް ފެންވަރު ރަނގަޅުކޮށް ބޭއްވުމަކީ މުސްތަފާގެ އަމާޒެކެވެ.

"މުބާރާތްތައް ވެސް މި ބޭއްވިގެންދަނީ ވަކި ސަރަހައްދުތަކެއްގައި އަދި. އެ މުބާރާތްތައް މުޅި ރާއްޖެ އަށް ފުޅާކުރެވޭތޯ މަސައްކަތް ކުރާނަން. އެ ކަންތައްތަކަށް ވިސްނާއިރު ގޮންޖެހުންތަކެއް ވެސް އެބަހުރި. ކެޕޭސިޓީ އިތުރުކުރަން، ފައިނޭންޝިއަލީ ޕްލަސް، މީހުން ވެސް ތަރައްގީ ކުރެވެން އެބަޖެހޭ. އެ ކަންތައްތަކާ އެއްކޮށް ދިގު މުއްދަތެއްގެ ތެރޭގައި ވިޔަސް، އިންޓަނޭޝަނަލީ ރަނގަޅު ހިސާބަކަށް ދިއުން، މުޅި އެސޯސިއޭޝަންގެ ވެސް އުންމީދަކީ،" މުސްތަފާ ވިދާޅުވި އެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްކަން މިދިޔަ 12 ވަރަކަށް އަހަރު ފުރުއްވި މުހައްމަދު ތޮލާލް އަކީ، މިހާރު ކޮމިޝަނާ އޮފް ސްޕޯޓްސް އެވެ. ތޮލާލް، އެ މަގާމުގެ ޒިންމާއާ ހަވާލުވާން އެތުލެޓިކްސް ރައީސް ކަމުން އިސްތިއުފާ ދެއްވުމުން، މިދިޔަ ފަސް ވަރަކަށް މަހު އެތުލެޓިކްސް ރައީސްގެ ޒިންމާ ނެންގެވީ، ނައިބު ރައީސް، އަހުމަދު އަޒީލް އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox