އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސަކަށް މުސްތަފާ އިންތިހާބުވެވަޑައިގެންފި

May 24, 2024, 9:52 PM
އެތުލެޓިކްސް އެސޯސިއޭޝަންގެ އާ އިންތިހާބީ ބޯޑު.--- ފޮޓޯ: އެތުލެޓިކްސް އެސޯސިއޭޝަން

އެތުލެޓިކްސް އެސޯސިއޭޝަންގެ އާ އިންތިހާބީ ބޯޑު.--- ފޮޓޯ: އެތުލެޓިކްސް އެސޯސިއޭޝަން

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް މުސްތަފާ މުހައްމަދު (މުސްތޮ) އިންތިހާބުވެވަޑައިގެންފި އެވެ.

މީރުމާ ހޮޓަލުގައި ރޭ ބޭއްވި އެތުލެޓިކްސް އެސޯސިއޭޝަންގެ އިންތިހާބުގައި، ކޮންމެ މަގާމަކަށް ކުރިމަތިލެއްވީ އެންމެ ފަރާތެކެވެ. އެހެންވެ، ކޮންމެ މަގާމަކަށް ވެސް ނެގި ފެންނަ ނުފެންނަ ވޯޓުގައި ކޮންމެ މެމްބަރަކު ވެސް ހޮވުނީ، ބައިވެރިވި، 15 މެމްބަރުންގެ ވޯޓާ އެކު، ފުރިހަމަ ތާއީދު ލިބިގެންނެވެ.

ކުރިއަށް އޮތް ދައުރަށް، 2024- 2028 އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސަކަށް ހޮވުނު މުސްތަފާ އަކީ، އެތުލެޓިކްސްގެ ހިންގާ ކޮމިޓީގައި ދެ ދައުރެއް ފުރިހަމަކޮށްފައިވާ ފަރާތެކެވެ.

ޔޫތު މިނިސްޓްރީގައި މީގެ ކުރިން ވަޒީފާ އަދާކުރެއްވި މުސްތަފާ އަކީ، މި ފަހުން އެތުލެޓިކްސްގެ އިސް ފަރާތެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން އަންނަ ހިންގާ ކޮމިޓީގެ މެމްބަރެކެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އެންމެ ފަހުން، ބޭއްވި އަހަރީ އާންމު ޖަލްސާގައި އެސޯސިއޭޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މުސްތަފާ އެވެ. ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތަކުގައި މިދިޔަ އަހަރު އެތުލެޓިކްސް އިން ވާދަކުރިއިރު، އެތުލީޓުންނާ ގާތުން މުސްތަފާ ވަނީ މަސައްކަތް ކުރައްވައިފަ އެވެ. އެ ގޮތުން، މަޑަގަސްކަރާގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ޓީމުގެ މެނޭޖަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި އެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްކަން މިދިޔަ 12 ވަރަކަށް އަހަރު ފުރުއްވީ، މިހާރުގެ ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް އެވެ. ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރެއްވުމާ އެކު، ތޮލާލް ވަނީ އެތުލެޓިކްސް ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ތޮލާލް އަށް ފަހު، އެތުލެޓިކްސްގެ ރައީސްގެ ޒިންމާ ނެންގެވީ، މިހާރުގެ ނައިބު ރައީސް، އަހުމަދު އަޒީލް އެވެ. އަޒީލް ވަނީ، ކުރިއަށް އޮތް ދައުރަށް ވެސް ނައިބު ރައީސަކަށް އިންތިހާބުވެފަ އެވެ.

ހިންގާ ކޮމިޓީގެ އެހެން މަގާމުތަކަށް ހޮވިފައިވާ ފަރާތްތަކަށް ބަލާއިރު، ހަޒާންދާރުގެ މަގާމަށް ހަސްނާއު ރަޝީދު ހުސައިން، އާންމު މެންބަރުންގެ ގޮތުގައި މިހާރު ވެސް އެ މަގާމު ފުރުއްވަމުން އަންނަ ހުސެއިން އަމީންގެ އިތުރުން، ކުރިން އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވި ދެ މެންބަރުން ކަމަށްވާ މުޙައްމަދު ޝާހިދު (ޝާޑު) އާއި މުޙައްމަދު ޝުޖާއު (ސުޖާ) ވަނީ އިންތިހާބުވެފަ އެވެ. އަދި އަންހެން މެންބަރަކަށް އިންތިހާބުވީ ކުރީގެ އެއް ވަނަ ދުވުންތެރިޔާ، އަދި ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޔަޒުނީ ނަޝީދާ (ޔަޒޫ) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox