ހަވާލުވީ އަސާސީ ގަވާއިދާ އެއްގޮތަށް އެސޯސިއޭޝަން ހިންގަން: މޫސަ

May 23, 2024, 9:36 AM
ހަވާލުވީ އަސާސީ ގަވާއިދާ އެއްގޮތަށް އެސޯސިއޭޝަން ހިންގަން: މޫސަ

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ރައީސްގެ މަގާމާ ހަވާލުވީ، އެސޯސިއޭޝަންގެ އަސާސީ ގަވާއިދާ އެއްގޮތަށް، އެސޯސިއޭޝަން ހިންގުމަށް ކަމަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު (މޫސަ) ވިދާޅުވެއްޖެ އެވެ.

މޫސަ މި ގޮތަށް ވިދާޅުވީ، ޕްރޮސެކިއުޓާ ޖެނެެރަލް އޮފީހާ ދެކޮޅަށް، އޭނާ ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ވާހަކަ ދައްކަވަމުންނެވެ.

ބެޑްމިންޓަން އެސޯސިއޭޝަން ހިންގާ ފަރާތްތަކުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެ އެސޯސިއޭޝަންގެ ރައީސް މޫސަގެ މަސްލަހަތު ހިމެނޭ، ސްޕޯޓްސް ސާމާނު ވިއްކާ ފިހާރަ، އަސްކަނި ސްޕޯޓްސް އާއި އޭނާއާ ގުޅުން ހުރި އެހެން ތަންތަން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި މައްސަލައާ ގުޅިގެން ދައުލަތާ ދެކޮޅަށް މޫސަ ވަނީ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

އޭސީސީން ކޮރަޕްޝަންގެ ތަހުގީގެއް ކުރާތީ، ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބު ވެސް ފަސްކުރަން ވަނީ އަންގައިފަ އެވެ.

ހައި ކޯޓުގައި ހިނގާ މައްސަލައިގެ އަޑުއެހުން އިއްޔެ ބޭއްވިއިރު، ހައިކޯޓުގެ އިސްފަނޑިޔާރު ހުސެއިން ޝަހީދު ސުވާލުކުރެއްވީ، ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގެ ހައިސިއްޔަތުން އަދާކުރައްވަނީ ކޮން ފަރާތެއްގެ މަސްއޫލިއްޔަތެއްތޯ އާއި އެއީ ކިހިނެއް އައި މަސްއޫލިއްޔަތު ތަކެއްތޯ އެވެ.

މޫސަ ވިދާޅުވީ، އޭނާގެ މައިގަނޑު ޒިންމާ އަކީ ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ގަވާއިދާ އެއްގޮތުގެ މަތިން އެސޯސިއޭޝަން ހިންގުން ކަމަށެެވެ.

އިސްފަނޑިޔާރު ހުސެއިން ޝަހީދު، ދެން، ސުވާލުކުރެއްވީ، ހިންގާ ގަވާއިދު އެކުލަވާލެއްވީ ކޮން އެއްޗެއްގެ ދަށުންތޯ އެވެ. ޖަވާބުގައި މޫސަ އަނެއްކާ ވެސް ވިދާޅުވީ، ކުޅިވަރު ގާނޫނުގެ ދަށުން ކަމަށެވެ.

ދެން، އިސްފަނޑިޔާރު ހުސެއިން ޝަހީދު، ސުވާލުކުރެއްވީ ދައުލަތުގެ ފަރާތުން ވަކީލުން ފާހަކުރެއްވި، އެސޯސިއޭޝަންގެ މާލީ ކަންކަން އެޕްރޫވްކުރުމާއި އެ ފަދަ ކަންކަން، ވެސް ޒިންމާގެ ތެރޭގައި ހިމެނޭތޯ އެވެ.

"ހިންގާ ގަވާއިދުގައި ހިމެނިފައިވާ ކަންކަން އެއީ އަޅުގަނޑުގެ ޒިންމާ،" ތިން ވަނަ ދައުރަކަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަން ކުރައްވަމުން އަންނަ، މޫސަ ދެއްވި ޖަވާބު ނިންމާލަމުން ވިދާޅުވި އެވެ.

އިއްޔެގެ އަޑުއެހުމުގައި މޫސަގެ ފަރާތުން ވަކާލާތު ކުރެއްވި ވަކީލު، އަލީ ސައީދު، މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ ކަަމަކީ، ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި މޫސަ ހުންނެވިޔަސް، ދައުލަތުން އެއްވެސް އުޖޫރައެއް ނުނަގާ ކަމަށާއި އަދި އިންތިހާބު ކުރެވޭ މި ފަދަ މަގާމެއްގައި ހުރުމުން، މޫސަ އަކީ ދައުލަތުގެ މުވައްޒަފެއްގެ ގޮތުގައި ބެލެވޭނެ ހަމައެއް ގާނޫނުން ފެންނަން ނެތް ކަމަށެވެ.

އަދި ކްރިމިނަލް ކޯޓުން މޫސައާ ދެކޮޅަށް ނެރުނު އަމުރުތަކުގައި، އެންޓި ކޮރަޕްޝަން ކޮމިޝަން އަށް ދީފައިވަނީ، ގާނޫނުގައި އެ ފަރާތަށް ދެވެން ނެތް ބާރުތަކެއް ކަމަށް ވެސް، ސައީދު ފާހަގަކޮށްފައިވެ އެވެ.

ދައުލަތުގެ ވަކީލުންގެ ގޮތުގައި، ޝަރީއަތުގައި ވަކާލާތު ކުރެއްވި އީނާ މޫސާ އާއި ހުސެއިން ސާމީ، ފާހަގަކުރި މުހިންުމު ކަންކަމަށް ބަލާއިރު، ބެޑްމިންޓަން އެސޯސިއޭޝަނަކީ ކުޅިވަރު ގާނޫނާ އެއްގޮތަށް އަމަލުކުރަމުން އަންނަ، ދައުލަތުން ބަޖެޓް ދީގެން، ހިންގާ އެސޯސިއޭޝަނެއް ކަމަށެވެ. އެ ފަދަ ޖަމިއްޔާއެއްގައި، ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ކުރާކަމަށް ތުހުމަތުކުރެވޭނަމަ އެކަން ތަހުގީގު ކުރުމަށްޓަކައި، ފުރިހަމަ ކުރަން ޖެހޭ ކަންކަން ކުރުމަށް، މައްސަލައިގެ ބާވަތުން، އެންޓި ކޮރަޕްޝަން ކޮމިޝަނަށް ބާރު ލިބޭ ކަމަށެވެ.

އަދި ދައުލަތުން ދެން ފާހަގަކުރެއްވީ، އެންޓި ކޮރަޕްޝަން ކޮމިޝަނުން މި މައްސަލައިގައި، ކްރިމިނަލް ކޯޓުން ނެރުނު އަމުރާ އެއްގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ.

އޭސީސީން ބަލަމުންދާ ބެޑްމިންޓަން އެސޯސިއޭޝަންގެ ކޮރަޕްޝަން، މައްސަލަތަކަކާ ގުޅިގެން މޫސައާ ދެކޮޅަށް ތިން އަމުރެއް ކްރިމިނަލް ކޯޓުން ނެރުނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އެއީ، ތަންތަނާއި ތަކެތި ބަލައި ފާސްކުރުމުގެ ދެ އަމުރަކާއި މީހުން ހުއްޓުވައި ބަލައި ފާސްކުރުމުގެ އަމުރެކެވެ.

ދައުލަތުން ފާހަގަކޮށްފައިވާ މުހިންމު އަނެއް ކަމަކީ، މި މައްސަލައިގައި، މޫސައާ ތުހުމަތުތައް އަމާޒުވަނީ، ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގެ ހައިސިއްޔަތުން ކަމަށެވެ.

ހައި ކޯޓުގައި ކުރިއަށްދާ މައްސަލައިގެ އަޑުއެހުން އިއްޔެ ނިންމާލަމުން އިސްފަނޑިޔާރު ހުސެއިން ޝަހީދު، ވަނީ މައްސަލައިގެ އަޑުއެހުމަށް ހާޒިރުވާން ކޯޓުން ދޭ ޗިޓާ ހަވާލުވާން މޫސަ އިންކާރު ކުރިކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަން އެ ގޮތަށް ނުކުރުމަށް ނަސޭހަތްތެރިވެފަ އެވެ.

އިސްތިއުފާނު އަޑުއެހުން އިއްޔެ ނިންމާލައިފައިވާއިރު، އިތުރަށް ސާފުކުރަން ޖެހޭ ކަމެއް ނެތްނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަން އިއުލާނުކޮށްފަ އެވެ.

ބީއޭއެމްގައި ހުރި މައްސަލަތަކެއްގެ ސަބަބުން އެ އެސޯސިއޭޝަންގެ އިންތިހާބު މަޑުޖެހިފައިވާއިރު، 20 ދުވަހުގެ ތެރޭގައި ކަނޑައެޅިގެންވާ އުސޫލުގެ ތެރެއިން އިންތިހާބެއް ބޭއްވުމަށް ކޮމިޝަނާ އޮފް ސްޕޯޓްސް އިން ދިން މުހުލަތު ވަނީ ހަމަވެފަ އެވެ.

ކުރިއަށް އޮތް ބެޑްމިންޓަން އިންތިހާބުގައި މޫސަ ނަން ހުށަހަޅާފައިވަނީ، ނައިބު ރައީސަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox