ކްރޫސްގެ ނިންމުމާ އެކު ރެއާލުން މޮޑްރިޗްގެ ކޮންޓްރެކްޓް އާ ކުރަނީ

May 23, 2024, 8:38 AM
ކްރޫސްގެ ނިންމުމާ އެކު ރެއާލުން މޮޑްރިޗްގެ ކޮންޓްރެކްޓް އާ ކުރަނީ

މެޑްރިޑް (މެއި 23) - ޓޯނީ ކްރޫސް މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ރިޓަޔާކުރަން ނިންމާފައިވުމާ އެކު، އޭނާ ކުޅެމުން އަންނަ ރެއާލް މެޑްރިޑުން އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު، ލޫކަ މޮޑްރިޗްގެ ކޮންޓްރެކްޓް އާ ކުރަން ނިންމައިފި އެވެ.

ރެއާލުން ވަނީ ކްރޫސްގެ ކޮންޓްރެކްޓް އަންނަ ސީޒަނަށް އާ ކޮށްފަ އެވެ. އެކަމަކު، މިހާތަނަށް މޮޑްރިޗް، 38، ގެ ކޮންޓްރެކްޓް އާ ކުރުމުގެ ވާހަކަ ދެކެވިފައިނުވާއިރު، އޭނާ އެ ޓީމު ދޫކޮށްލާނެ ކަމަށް އޮތީ ބެލެވިފަ އެވެ.

އެކަމަކު، ކްރޫސް ރިޓަޔާކުރަން ނިންމުމާ އެކު، ރެއާލުން އަވަސްވެ، މިހާރު ވަނީ މޮޑްރިޗަށް އާ ކޮންޓްރެކްޓެއް ދޭން ނިންމައިފަ އެވެ.

އަންނަ ސެޕްޓެމްބަރު މަހު 39 އަހަރު ފުރޭ މޮޑްރިޗް، ރެއާލާ އެކު، އާ ކޮންޓްރެކްޓެއްގައި ސޮއިކޮށްފިނަމަ، އޭނާ އަށް އެ ކްލަބްގެ ރެކޯޑެއް މުގުރާލުމުގެ ފުރުސަތު ލިބޭނެ އެެވެ. އެއީ، ރެއާލަށް ކުޅޭ އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑެެވެ. ރެއާލްގެ ތާރީހުގައި، އެ ޓީމަށް ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިއަކީ، ފެރެންކް ޕުސްކަސް އެވެ.

ޕުސްކަސް، 1966 ވަނަ އަހަރު ރެއާލަށް ކުޅުނުއިރު އުމުރަކީ 39 އަހަރާއި އެއް މަސް ދުވަހެވެ.

ދާދި ފަހުން މޮޑްރިޗް ދިން އިންޓަވިއުއެއްގައި ވަނީ އެ ކްލަބްގައި މަޑުކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. ރެއާލުން މޮޑްރިޗަށް ދޭން މަޝްވަރާ ކުރަނީ، އެއް އަހަރުގެ ކޮންޓްރެކްޓެކެވެ.

ކްރޫސް ނެތްތަނަށް ރެއާލުން ހޯދަން މަސައްކަތްކުރާ އެއް މިޑްފީލްޑަރަކީ، ލިވަޕޫލަށް ކުޅޭ އާޖެންޓީނާގެ އަލެކްސިސް މެކް އަލިސްޓާ އެވެ.

ޓޮޓެންހަމް ހޮޓްސްޕާސް ދޫކޮށް، 35 މިލިއަން ޑޮލަރުގެ ފީ އަކަށް، މޮޑްރިޗް، 2012 ވަނަ އަހަރު ރެއާލަށް ސޮއިކުރިއިރު، އޭނާ އަކީ އެ ކްލަބާ އެކު، އެންމެ ގިނަ މުބާރާތް ކާމިޔާބުކުރި އެއް ކުޅުންތެރިޔާ އެވެ. މޮޑްރިޗް ވަނީ ރެއާލާ އެކު، 25 ތަށި އުފުލާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox