ކިތަންމެ ނިވާ ތަނެއްގައިވެސް 'ނަސީބުގެ ބައްތި' ނިވިދާނޭ!

ކިތަންމެ ނިވާ ތަނެއްގައިވެސް 'ނަސީބުގެ ބައްތި' ނިވިދާނޭ!

"އެތައް ސައްތަ އަހަރެއްވީ ރޯމަނުންގެ ވެރިކަމާއި، އެ ހަޟާރަތު އުވިދާކަށް އެމީހުންނެއް ނުރާވާ. ފާރިސީ ކިއްލާތައް ރޫޅި، ކުރިބޯށިތައް ވެއްޓި، އެ ވަރުގަދަ ވެރިކަން ރޫޅޭނޭކަމަކަށް ދުވަހަކުވެސް އެމީހުން ހިއެއް ނުކުރޭ. އިނގިރޭސި ދައުލަތުގެ ދިދައަށް އިރުއޮއްސުމެއް ނެތި މުޅި ދުނިޔެއަށް އެމީހުންގެ ވެރިކަން ހިނގި. އެކަންވެސް ނިމެއްޖެ. ތާ އަބަދުގެ ހިމާޔަތްކަމުގައި ހިޓުލަރު ބިނާކުރި ކިއްލާއިން އޭނާ ފައްސާ ނަގާލެވުނު. އޭނާގެ ބާރުގަދަ ވެރިކަމަށްވެސް އާހިރުގައި އައީ ނިމުން."

ރާއްޖޭގައި ސިޔާސީ ހަރަކާތް ހިންގުން ދެތިން އަހަރު ދުވަހަށް ޒާތަކަށް މަނާވެފައި އޮތުމަށްފަހު، އެ ޖާގަ ދިން ފުރަތަމަ ދުވަހު، ސެޕްޓެމްބަރު 9، 2018 ގައި އޭރުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސާލިހުގެ ސްޕީޗުގައި ވިދާޅުވި މި ޖުމުލަތަކަކީ އަޅުގަނޑުގެ ހިތުގައި ބިންވަޅު ނެގުނު ޖުމުލަތަކެކެވެ. އަތުރާލާފައި ހުރި ގޮތުގެ ފަށުވިކަމާއެކު، އެ ވާހަކަތަކުގައި ހިމެނޭ ހަގީގަތުގެ ބޮޑުކަމުންނެވެ. އެ ތަގުރީރުގެ ފުރަތަމަ ދެތިން މިނެޓު ހާއްސަކުރެވުނީ އިންސާނީ ދިރިއުޅުމުގައި އެއްކަމެއް އަބަދު އެއްގޮތަކަށް ނުއޮތުމާއި، ބަދަލުވަމުން ދިއުމުގެ ފިތުރަތުގެ މައްޗަށެވެ. އެއީ އަޅުގަނޑުމެންނަށް ދުރުނުކުރެވޭނޭ، އަދި ހުރަސް ނޭޅޭނޭ ހަގީގަތެއްކަން ބުނެދިނުމުގެ މައްޗަށެވެ.

ބަދަލުވުމެއްނެތް އިލާހީ މި ގާނޫނުގެ ހަގީގަތް އެނގިތިބެމެ، ވިސްނުމާއި ފިކުރު އެ ހަގީގަތުން ދުރުކޮށްލެވޭކަމީވެސް ވަރަށް ގިނަ ފަހަރުގެ ހަގީގަތެވެ. ލިބޭ ނަސީބާއި މޮޅަކީ ނެތި ދިއުމެއްނެތް ނިއުމަތެއް، އަދި ހައްގުވެގެންވީ ނަސްރެއް ކަމުގައި ދެކި، އެ ޝަރަފުގެ މައްޗަށް ހިތުގައި ހިނގާ ފަހުރުވެރިކަމުގެ އުފާވެރި އިހުސާސުން ލޮލާއި ހިތްތައް ކަނުކޮށް، ދާއިމީ އުފަލުގެ މަންޒިލަށް ވާސިލުވާން ނަފުސު ދީލާލެވެނީ ވަގުތީ ފާލަމެއްގެ މޯހިރުގަ އެވެ. ދުވެލި މަޑުޖެހިލާއިރަށް އެ މޯހިރު ގެއްލޭނޭކަން ސިކުނޑިއަށް އެނގުނަސް، ހިތުގެ ލޯ އެ ހަގީގަތަށް ކަނު ވެ އެވެ.

ބަދަލުވި ސިޔާސީ އޮއިވަރުގައި ވަރަށް ގިނަ ބަޔަކަށް ހީވެސް ނުކުރާކަހަލަ ނަސީބުތައް ލައްވާލައިފި އެވެ. ރީނދުލުގެ ނަސީބު އައި ފަދައިންނެވެ. ލިބުނު މޮޅު ވަޒީފާގައި އޮފީހަށް ވަދެވުނު ފުރަތަމަ ދުވަހު އިށީންނަން ދެއްކި ގޮނޑިއާއި، ބޭނުންކުރަން ދިން މޭޒާއި ކޮޓަރިކޮޅާއި، ވަސީލަތްތައް 'މަގޭ' ތަކެއްޗަށް ވެ ނިިމުނީ މަސައްކަތުގެ ފުރަތަމަ 24 ގަޑިއިރު ތެރޭގަ އެވެ. މަގޭ މޭޒާއި، މަގޭ ގޮނޑިއާއި މަގޭ ކޮޓަރިއޭ ކިޔަމުން ކިޔަމުން ގޮސް، އެއީ ހަމަ 'މަގޭ ތަކެތި' ކަމަށް ސިކުނޑިއަށް ގަބޫލުކުރެވެ އެވެ. އެއީ ވަޒީފާގެ މުއްދަތުގައި ބޭނުންކުރާން ދީފައި ހުރި ބަންޑާރަ ތަކެތިކަން ސިކުނޑި ހަނދާން ނައްތާލަ އެވެ. ދުރަށް ދައްކާ އަވާމެންދުރުގެ ދަޅައިން ހަގީގަތުގެ މޫނު ފުސްކޮށްލާތީ ވާ ގޮތެކެވެ.

ބަދަލުވި ސިޔާސީ އޮއިވަރުގައި ނަސީބު ލައްވާލި މީހުންގެ އަދަދު މާގިނައީ އެވެ. ސިޔާސީ މަގާމުތަކާއި، ކުންފުނިތަކުގެ މަސައްކަތްތައްވެސް ދީފައި ނުވަތަ ދޭންޖެހިފައި އޮތީ ދައުލަތުގެ މާލިއްޔަތަށް ނުތަކާ ވަރަށެވެ. ދައުލަތުގެ ނޯކިރީތަކަށް ދިޔަ މީހުންގެ ސިޔާސީ ތާއީދު ލިބޭން އޮތީ އެމީހުންގެ މުހުތާދުތައްވެސް ފުއްދައިދީގެންނެވެ. އެ ވަގުތުގެ އަޖަލުގައި ދައުލަތުގެ ވަލިއްޔުލްއަމުރުގެ 'އަތް އަނބުރާލައިގެން' ހޯދައިގަތް ނަސީބުތަކަކީ ދާއިމަށް ނުވަތަ ދިގު މުއްދަތަކަށް ދޫކޮށްލެވޭ ކަމެއް ނޫންކަން ވަލިއްޔުލްއަމުރު ދެނަހުއްޓެވެ. އެ ހިނދުކޮޅުގައި ކުރާންޖެހޭ ކަންކަން ކޮށްލުމަކީ ސިޔާސީންގެ ތަބީއަތަށް ވާތީ އެކަން ކޮށްލީ އެވެ.

ވަލިއްޔުލްއަމުރު ކަންކުރި ގޮތް ރަނގަޅޭ ދަންނަވަނީކީ ނޫނެވެ. އެހެންނަމަވެސް ގޯހެއްވެސް ނޫނެވެ. ކެންޑިޑޭޓުންނާއި، ވަޒީރުންނާއި ނުފޫޒު ގަދަ ބޭފުޅުން މެދުވެރިކޮށްގެން ވަލިއްޔުލްއަމުރަށް ބާރުއަޅައިގެންނާއި، ބޮޑާ ހާކައިގެން ދައުލަތުން ބަނޑުހަނޑޫ ލިބޭނޭ އިންތިޒާމު ރޭވިއިރު، ހަޒާނާ ސަލާމަތްކުރެވޭނޭ މަންތިރިއެއް ނުހަދައި ވަލިއްޔުލްއަމުރު ހުންނަވަފާނޭ ކަމަށް ހިތުމަކީ އެ ބައެއްގެ ގޮފަޅުކަމެވެ. އެ ނިންމުންތައް ނިންމަން މަޖުބޫރުވީ ސަބަބު ފިލައި ގޮސްފި އެވެ. އޭރު ނިންމި ނިންމުންތަކުގެ ނަތީޖާވެސް ރަނގަޅެވެ. އެހެންވީމާ، އެ ނިންމުންތަކުން ރުޖޫއަވާކަށްވެސް ވަލިއްޔުލްއަމުރަށް ހުރަހެއް ނެތެވެ.

މި ޖޫންޖުލައިގެ ގަދައިގައި ލައްކަ ބައެއްގެ އުއްމީދުތައް ވިއްސިވިހާލިވާނެ އެވެ. އެހެން ނަމަވެސް އެއީ އަޒަލުގެ ނިޔާ އެވެ. އެކަން ވާން ކަނޑައެޅިފައި އޮތް ގޮތެވެ. އެ ހަޅައިގައި ގެއްލިދާ 'ނަސީބުތަކަކީ' ތިމާގެ ބަދު ނަސީބުކަމަށް ނުދެކެއްޗެވެ. އެއީ ހެޔޮ ނަސީބުކަމަށްވުން ދުރެއް ނޫނެވެ. ހިތަށް އަރުވާށެވެ. އަންނާން މިއުޅޭ ކޮޅިގަނޑުން ސަލާމަތް ވެއްޖިއްޔާ ރަނގަޅެވެ. ނުވެއްޖިއްޔާ އަދި މާ ރަނގަޅެވެ. ދަންނާށެވެ. އަދި އިތުބާރު ކުރާށެވެ. އެއް މުރިނގަށް ގޮސް އޮސްފުހުމަކީ ގެއްލުމެއް ނޫނެވެ. އެއީ އަނެއް މުރިނގުން އުދަވުމެވެ. ބަންދުކުރެވޭ ކޮންމެ ދޮރަކަށް އަނެއް ދޮރު ހުޅުވޭނެ އެވެ. އެ ދޮރުތަކުގައި ފުރުސަތު ޓަކި ދޭއިރު އަޑުއަހައި އެއަށް ޖާގަދީ މަރުހަބާ ކިޔައިފި ބަޔަކަށް، ގެއްލުނު ނަސީބަށްވުރެ ހެޔޮ ނަސީބެއް ފަހިވެދާ ހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox