ތަޖުރިބާކާރު ކޯޗަކާ އެކު ގައުމީ ބީޗް ހޭންޑްބޯޅަ ޓީމު ޕްލޭނެއްގެ ދަށުން ކުރިއަށް

Dec 19, 2024, 7:45 AM
ބީޗްހޭންޑްބޯޅަ ގައުމީ ޓީމުގެ ކޯޗު އާސިމް: އޭނާ އަންނަނީ ސިލެކްޝަން މަސައްކަތް ކުޅުދުއްފުށީގައި ކުރަމުން.--- ފޮޓޯ: ނަވާޒް އައްސަަދު

ބީޗްހޭންޑްބޯޅަ ގައުމީ ޓީމުގެ ކޯޗު އާސިމް: އޭނާ އަންނަނީ ސިލެކްޝަން މަސައްކަތް ކުޅުދުއްފުށީގައި ކުރަމުން.--- ފޮޓޯ: ނަވާޒް އައްސަަދު

ޕާކިސްތާންގެ ތަޖުރިބާކާރު ކޯޗު އާސިމް ރަޝީދުއާ އެކު، ގައުމީ ބީޗް ހޭންޑްބޯޅަ ޓީމުގެ ޕްރެކްޓިސްތައް ފެށިގެން ކުރިއަށްދާއިރު، މިހާރު ވެސް ކަންކަން ރޭވިފައި އޮތީ ޓާގެޓްތަކެއް އޮތް ޕްލޭނެއްގެ ދަށުން ކަމަށް ހޭންޑްބޯލް މޯލްޑިވްސް އިން ބުނެފި އެވެ.

އަންނަ އަހަރުގެ ފެބްރުއަރީ 18 އިން 23 އަށް ޕާކިސްތާންގެ ކަރާޗީގައި އޮތް ހޭންޑްބޯޅައިގެ ކޮމަންވެލްތު ބީޗްގޭމްސް އަށް ހދ. ކުޅުއްދުއްފުށީގައި 38 ކުޅުންތެރިންނާ އެކު ގައުމީ ބީޗް ހޭންބޯޅަ ސްކޮޑު އެކުލަވާލުމުގެ މަސައްކަތް މި މަހުގެ 15 އިން ފެށިގެން އަންނަނީ ކުރިއަށްދަމުންނެވެ.

އެ ގޮތުން، މި މަސައްކަތަށް ހޭންޑްބޯލް މޯލްޑިވްސް އިން ހަމަޖައްސާފައިވަނީ، ތަޖުރިބާކާރު އަދި ކާމިޔާބު ކޯޗު އާސިމް ރަޝީދު އެވެ. ޕާކިސްތާނަށް ބީޗްހޭންޑްބޯޅައިން ގިނަ މެޑަލްތަކެއް ހޯދައިދީފައިވާ، އާސިމް އަކީ އިންޓަނޭޝަނަލް ހޭންޑްބޯޅަ ފެޑެރޭޝަން (އައިއެޗްއެފް) އާއި އޭޝިއަން ހޭންޑްބޯޅަ ފެޑެރޭޝަނުގައި ޓެކްނިކަލް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތެކެވެ. އަދި އޭޝިއަން ހޭންޑްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ކޮމިޓީގައި ވެސް މުހިންމު މަސައްކަތްކެއް ކުރި އާސިމް ވަނީ، އޭޝިއާގެ މުބާރާތްތަކުގައި އިސް ޓެކްނިކަލް އޮފިޝަލެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި، ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ، ޕާކިސްތާން ހޭންޑްބޯޅަ ފެޑެރޭޝަނުން އެ ގައުމުގެ ބީޗްހޭންޑްބޯޅައިގެ އެންމެ ރަނގަޅު ކޯޗު ރާއްޖެ އަށް ހަމަޖައްސައިދިނުމުން އެކަން ފާހަގަކުރާ ކަމަށެވެ. އަދި މިހާރުން ފެށިގެން ޕްލޭން ހަދަމުން އަންނަނީ، ފެބްރުއަރީ މަހު އޮތް ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތަށް އެކަނި ނޫން ކަމަށާއި އެ އަށް ވުރެ ދުރަށް ވިސްނައި މެޑަލް ޓާގެޓެއް ވެސް އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ލެވަލްގެ ރަނގަޅު ކޯޗެއް ލިިބިފައި ހުރީމަ ލޯންގް ޓާމްކޮށް މި ވިސްނަނީ، މިހާރު މި ކޯޗު މި ހަމައެކަނި ސިލެކްޝަނެއް ނޫން މި ހަދަނީ، ބީޗްހޭންޑްބޯޅަ އުނގަނައިދީ، މީގެ ކުޅުންތެރިން ޑިވެލޮޕްކުރަމުން މޮޅުކުރަމުން، އޭނާގެ ޕްލޭނަށް ބޭނުންވާ ސިލެކްޝަނެއް މި ހަދަނީ، ދެން، އޭނަ (އާސިމް) ކައިރީގައި ދިވެހި ރަނގަޅު ކޯޗެއް ވެސް ޑިވެލޮޕް އެބަކުރަން، އެއީ މުސްތަގުބަލަށް ވިސްނާފައި،" މުޖޭ ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ކުރިއަށްދާ ގައުމީ ބީޗްހޭންޑްބޯޅަ ޓީމުގެ ސިލެކްޝަނުގެ ތެރެއިން.--- ފޮޓޯ: ނަވާޒް އައްސަދު

"ހުދު ކަރުދާހެއްގައި ކަޅުކުލައިން ލިޔެގެން ސާފުކޮށް ފެންނަ ގޮތަށް، ޕްލޭނެއް ހެދިގެން މި މަސައްކަތް ކުރަނީ. އަޅުގަނޑުމެން މިހާރު މި ހުރި ކޯޗުގެ އެހީގައި، ރަނގަޅު ދިވެހި ކޯޗެއް އެބަ ތަމްރީނުކުރަން، ދެން، މީގެ ޓާގެޓަކީ، އަންނަ އަހަރު މި އޮތް ސައުތު އޭޝިއަން ގޭމްސްގައި، ބީޗް ހޭންޑްބޯޅައިން މެޑަލަކަށް ޓާގެޓްކުރުން،"

ގައުމީ ބީޗްހޭންޑްބޯޅަ ޓީމު ޕްރެކްޓިސް އަށް ހުޅުވާލުމުން 44 ކުޅުންތެރިއަކު ފޯމު ހުށަހެޅި އެވެ. އެކަމަކު، ޕްރެކްޓިސް ފެށީ 38 ކުޅުންތެރިންނާ އެކު އެވެ. ކުޅުދުއްފުށިން 31 ކުޅުންތެރިއަކު މި ސިލެކްޝަންގައި ބައިވެރިވާއިރު، ބާކީ ކުޅުންތެރިން އައިސްފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކުން ކަމަށް ހޭންޑްބޯޅަ މޯލްޑިވްސް ހާމަކޮށްފައިވެ އެވެ.

ދިހަ ދުވަސްވަންދެން ދުވާލަކު ދެއިރު ޕްރެކްޓިސް ކުރުމަށް ފަހު، 16 ކުޅުންތެރިންގެ ސިލެކްޝަނެއް ހަދައި، ސްކޮޑު ފައިނަލް ކުރާނީ މުބާރާތާ ގާތްކޮށްފަ އެވެ. މުޖޭ ވިދާޅުވީ، ސިލެކްޝަނާއި ސްކޮޑު ފައިނަލް ކުރުމުގެ ހުރިހާ ކަމެއް ދާނީ ކޯޗު އާސިމްގެ އިރުޝާދުގެ ދަށުން ކަމަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox