ސީޒަން ފެށުން ފަސްކުރަން ރަސްމީކޮށް އެއްވެސް ކްލަބަކުން އެދިފައެއްނުވޭ

މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އަދަދު

މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އަދަދު

އަންނަ މަހު 15 ވަނަ ދުވަހު ފަށަން ނިންމާފައިވާ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން ފަސްކުރަން ރަސްމީކޮށް އެއްވެސް ކްލަބަކުން އެދިފައިނުވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހާމަކޮށްފި އެވެ.

ކްލަބްތަކާ މަޝްވަރާކުރުމަށް ފަހު، އެފްއޭއެމް އިން ފުޓްބޯޅަ ސީޒަނުގެ ކަލަންޑަރު ފައިނަލް ކުރިއިރު، އަންނަ މަހުގެ 15 ވަނަ ދުވަހު ސީޒަން ހުޅުވާ ޗެރިޓީ ޝީލްޑް މެޗު ކުޅެން ވަނީ ޝެޑިއުލްކޮށްފަ އެވެ.

Advertisement

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބް އީގަލްސްއާ، މި ފަހަރު ވެސް ޗެރިޓީ ޝީލްޑް މެޗުގައި ވާދަކުރާއިރު، އެ ދެ ޓީމުގެ އިތުރުން އަދި އެއްވެސް ޓީމެއް ފުރަތަމަ ޑިވިޝަނަށް ޕްރެކްޓިސް ފަށާފައިނުވެ އެވެ.

މި ފަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ކުރިން ޓްރާންސްފާ ބާޒާރުގެ ކަންކަން ވެސް ފެންނަނީ އެހެން ސީޒަނަށް ވުރެ ދަށްކޮށެވެ. އެނގިފައިވާ ގޮތުގައި، މިދިޔަ ސީޒަނުގައި ޓީމުތަކަށް ލިބެން ޖެހޭ ފައިސާގެ ކަންކަން ހަމަނުޖެހޭތީ، ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާން ގިނަ ޓީމުތަކުގައި ފައިސާއެއް ނެތެވެ.

މި ހާލަތުގައި ފުޓްބޯޅައިގެ ކަންކަން އޮތްއިރު، އެފްއޭއެމް އިން މި މަހުގެ 10 ވަނަ ދުވަހު، "އަދަދު" އިން ކުރި ސުވާލެއްގެ ޖަވާބުގައި ބުނެފައިވަނީ، ސީޒަން ފަށަން ކަނޑައެޅި ތާރީހުގައި އެކަން ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަދަދު" އިން މިއަދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ، ޖައުޝަން ޝަރީފް (ޖައު) ވިދާޅުވީ، ފުޓްބޯޅަ ސީޒަން ފެށުން ފަސްކުރަން އެއްވެސް ކްލަބެއްގެ ފަރާތުން ރަސްމީކޮށް ހުށަހެޅުން ލިބިފައިނުވާ ކަމަށެވެ.

ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކުން އަންނަނީ ޓްރަޔަލްތައް ބާއްވައިގެން، 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕަށް ތައްޔާރުވާން މަސައްކަތް ކުރަމުންނެވެ. އެ މުބާރާތް ފަށަން އެންމެ ފުރަތަމަ ތާވަލުކޮށްފައި އޮތީ، މި މަހު 20 ވަނަ ދުވަހު އެވެ.

މިހާރު ޝެޑިއުލްކޮށްފައި އޮތްގޮތުން ފުރަތަަމަ ޑިވިޝަން ކްލަބްތަަށް އޮތް ފުރަތަމަ މުބާރާތަކީ، ޕްރެޒިޑެންޓްސް ކަޕް އެވެ. އެ މުބާރާތް ފަށަން ކަނޑައަޅާފައި އޮތް ތާރީހަކީ، ޖޫން 22 އެވެ. ދިވެހި ޕްރިމިއާ ލީގު ފަށަން ތާވަލުކޮށްފައި އޮތީ، އޮގަސްޓް އެއް ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox